އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިންޒާރު ދެއްވި ކަމުގެ ތުހުމަތު ކުރެވުމުން އިމްރާން އަންތަރީސް ވެފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާޢު ރައްދު ދެއްވައިފިއެވެ.

ޕީއެންސީގެ ނައިބު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޝުޖާޢު ވިދާޅުވީ ޒިންމާ އަދާކުރަމުންދާ މިނިވަން މުއައްސަސާއެއްގެ ވެރިއެއް "ހަމަ ކުއްލިއަކަށް" އޮފީހަށް ވަޑައިނުގެން ޤާނޫނީ މަސައްކަތުން ބާރީއަ ވެވަޑައިގެން "ހަމަ ކުއްލިއަކަށް" މަގާމުން އިސްތިއުފާ ދިނުމަކީ ދިވެހި ރައްޔިތުން "ހަމަ ކުއްލިއަކަށް" މިއަދު އަޖައިބުވެ އަންތަރީސްވީ ކަމެއް ކަމަށެވެ.

ލުޠުފީ އަށް އިންޒާރުދިން ވާހަކަ ރަހުމަތްތެރިޔަކާއި އެކު ލުތުފީ ދައްކަވާ ފޯން ކޯލެއްގެ އޯޑިއޯ މީސްމީޑީއާގައި އާއްމުވުމާއި ގުޅިގެން "ސަންގު ޓީވީ" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އޭނާ އަށް އިންޒާރު ދެއްވި ކަމަށެވެ.

"އަޅުގަނޑަށް އިންޒާރު ދިން. އިންޒާރު ދިން ވާހަކަ އަޅުގަނޑު އެ ކޯލްގައި (ލީކުވި ރެކޯޑިންގ) ގައި ދައްކާފައި އެއޮތީ. އަޅުގަނޑަށް އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.

ލުޠުފީ ވިދާޅުވީ، ފްރޭމްކޮށްގެން ވެސް ހައްޔަރުކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން އޭނާއަށް ދެއްވި ކަމަށެވެ.

"އާދެ އާދެ އަޅުގަނޑަށް ފްރޭމް ކޮށްގެންވެސް ތިމަންނައަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާއަށް ބުނި. ތިމަންނަ ބޭނުން ކަމަށް ވެއްޖިއްޔާ ފްރޭމް ކޮށްގެންވެސް ކަލޭ ހައްޔަރުކުރެވިދާނޭ، ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަދެއްކީ. ވާހަކަ ދައްކާފައި އިންޒާރުދިން އަޅުގަނޑަށް." ލުޠުފީ ވިދާޅުވިއެވެ.

ލުތުފީގެ ވާހަކަތަކާއި ގުޅިގެން ފޭސްޕާމް އިމޯޖީއަކާ އެކު އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ އަކީ އިންޒާރުދީ ބިރުދައްކާ މިންވަރަށް ގަމާރު މީހެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސް ވެއްޖެ ކަމަށެވެ.

"މަގުމަތިންދާ މީހެއްގެ ކަރުގައި ހިފައި ބިރުދައްކައި، އޭނާގެ އޮފީހަށް ވަދެ އިންޒާރުދީ ބިރުދައްކާ މިންވަރަށް އަޅުގަނޑު ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސް ވެއްޖެ،" އިމްރާން ވިދާޅުވިއެވެ.

ލުތުފީ އަށް އިމްރާން އިންޒާރު ދެއްވި ކަމަށް ތުހުމަތު ކުރެވިފައިވާއިރު ލުތުފީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން ދައުވާގައި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޗާލު

    ދެންތިބުނީ ލުތުފީއަކީ ގަމާރެކޭތަ. ބަލަ އަމިއްލަ އެދުމަށް މީހުން މޮޔަވެސްވެދާނެ. ޔާމީނު ޖަލަށް ލުމަށްޓަކައި ކަލޭމެން ކޮށްފަނުކުރާނެ ކަމެއް ނޯންނާނެ. އިމްރާނުކޮށްފާނެ. މޭޑޭގަ ދެއްކިހާ ދޮގު ވާހަކަތަކުންވެސް އެކަން ސާބިތުވޭ. އަދި ދޮގުހަދައިގެން ޖަލުހުކުމެއް އައިސްފަ ހުރިމީހެއް އިމްރާނަކީ. ޔާމީނު ރޮލާ ކެވެންޏާއެކަންވެސް އިމްރާނުކުރާނެ. ޒާތީ ހަސަދަ ފިލުވާލަންވެސް.

    25
    1
    • ކެކެކެ

      ފަހަރި ީ ީ ީ ގަމާރެއް ނޫނޭ. ބޮޑު ޣައްދާރެކޭ، ބޮޑު ވަގެކޭ، ބޮޑު މަލްއޫނެކޭ، ބޮޑު ދެންވެސް އޮތްހާ އެއްޗެކޭ.

      7
      1
    • ފަހަރި

      އެހެންވެގެންތަ އެމްޑީޕީ މީހުން ފަހަރިއޭ ކިޔަނީ؟ ގަމާރު ކަމުންތަ؟

  2. އިބްރާހިމް

    ކުދިންނޭވެ. ޑިމޮކްރަސީ އޮވެގެން ކުރިޔަށްދަނީއެވެ. އޭގައި ހިފެހެއްޓޭނީ ވ ވ ހިތްވަރުގަދަ

    44
    2
  3. އަނެއް

    އިމުރާނަކީ 100 ޕަސެންޓު ގަމާރު މީހެއްކަމަށް ވަރަށްރަގަޅަށް ރައްޔަތު ދަންނާނެ އިމުރާނު ގަމާރު ނުވާނީ އެންމެކަމަކަށް އެއީ ދެއަނބި ގެންގުޅުމަށް.

    66
    3
    • މަޑޭ

      އަވަހައް އިންނާނެ މީހަކު ހޯދާ ތިޔައުޅޭ ހާލް ވަރައްރަނގަޅަށް އަނބިގޮއްޔެ ކިޔައިދިން.

  4. ޕަދްމާވަތް

    އަޅުގަޑު ޕަދްމާވަތް ބަލަން އިނީ

    40
    1
  5. ޖުހާ

    މަތިންދިޔަ މީހެއްގެ ކަރުގައި ހިފައި ބިރުދައްކައި، އޭނާގެ އޮފީހަށް ވަދެ އިންޒާރުދީ ބިރުދެއްކިކަމަށް ބުނެ ހުށައެޅި މަސްސަލާގާ ދައުވާ އުފުލިފަރާތުގެ ބަސްފިޔަވާ އިތުރު އެހެން އެއްވެސް ހެތްކެއް ދައުވާ އުފުލިފަރާތަށް ދެއްކިފަ ނެތުމުން ސަރީޔަތުގެ މަޖިލީހަށް މި މަސްސަލަ ބަލާގަނެވޭކަށެއްނެތް.

    26
    7
  6. ޢަހްމަދު

    މީހުން މީހުންނަށް އިންޒާރު ދެނީކީ ގަމާރުވެގެނެއް ނޫނޭ. ހިސާބަށްވުރެ ނުލަފާވެއްޖިއްޔާ އިންޒާރުވެސްދޭނެ އަދި ވަޅިވެސްހަރާފާނެ.

    20
  7. އިއްބެ

    ތިޔައީބޮޑުގަމާރެއް ލާދީނީމީހެއް ދޮގުހަދާ ސޭކެއް މުނާފިގެއް ތިކަހަލަގެ ދޮގުހަދާ މީހުންކުރީގަދައްކާފަހުރިވާހަކަތައް މިހާރުވެސް ޓީވީތަކުންއެގެންނަނީ ކަލޭގެއަގައިން ދެއްކިވާހަކަތައް އަދިވެސްދޮގުތިހަދަނީ ކޮބާތަ ޗައިނާނީހުން ގައްތަންތަން ލަދެއްނުގަނޭ މިޔައީވަރައްގޮއްކުޑަ ސޭކެއް

    17
  8. ޢީމް

    އިމްރާން އިންޒާރު ދިންވާހަކަ ލުތުފީ ބުނީ މަގުމަތިން ކަރުގައި ހިފީ އިމްރާނެކޭ ނުބުނެ. އިންޒާރު ދިންކަން ސީދާ ދޮގުނުކުރީ ކީއްވެބާ؟>

    19
  9. ނައިސް

    މީގެ ކުރިން ރައްޔިތުން އެއްކޮއް ﷲގަންދީ ހުވާކޮއްފަ އިމްރާނާ އިލްޔާސް ދައްކާފަހުރި ވާހަކަތަކުން އަދި ޖެހިގެން އައިދުވަހު އެއްކަލަ މީހާއަތުގަ ހިފައިގެން ނުކުމެ އިއްޔެ ބުނިއެއްޗެއް މިހާރު ހަދާނެއްނެތޭ ބުނެފަތިބި މީހުން އަންތަރީސް ވިޔަސް ރައްޔިތުންނައް ބުޅާގޯނިން ބޭރުވާން އުޅޭ ބޮޑުމަންޒަރު ވަރައްރީއްޗައް އެބަފެނެ. ލަސްތަކެއްނުވެ ރައްޔިތުން އަތްޖެހޭ ހިސާބައް ތިއެންމެން އަންނާނެ، އެދުވަސް ދެންމާ ދުރުހެނެއް ހިޔެއްނުވެ.

    20
  10. މައުލޫމާތު

    ވަރައްރަނގަޅު ވާހަކައެއް އިމްރާނު އެވިދާޅުވީ. ކުރިމައްޗައްއަރާ މިސޮރަކައްނުކެރޭނެ. ފޯނުން މިކަހަލަ ވާހަކަ ދައްކަން ކެރޭނީ ދެއްތޯ. މީ ވަރައް ވާހަކަ... މިއައް ވިސްނައިގެން ނޫސްވެރިން އެސޮރާ ސުވާލުކޮއްބަލަ.

    5
    4
  11. ޢާބިދާ

    ޢިމްރާނު ހަނދާން އެބަހުރިތަ ވިލާ ޓީވީގައި އަލިފާން ރޯކުރަން އެރޭ ގޭންގު ފޮނުވާ މިހުރިހާ ކަމެއްކުރީ އެމްޑީޕީ ބޮލުގަ އަޅުވަން އިމްރާނުގެ ސީދާ އޯޑަރަށްކަން. ފަޅާނާރާނެކަމަށްދޯ އިމްރާނު ހީކުރީ...

    13
  12. ނުރަބޯ

    ކަލެއަކީ މަގާމާ ޖާހުގެ ބޭނުމުގައި ކޮންމެފަދަ ނުބައިނުލަފާ ކަމެއްވެސް ކޮށްފާނެމީހެއްކަން ނޭނގޭ ބަޔަކު ތިބިކަމަށް ހީކުރާތީވެސް އަޖައިބުވެ އަންތަރީސް ވަން.

    19
  13. ޖޮއްބެ

    ކަލޭ ޝޭޚުގެ ޓެގް ޖަހައިގެން ރީނދޫ ލާދީނީންނަށް ލާދީނީ ޑަސްބިން އުކާދޭތީވެސް އަންތަރީސްވޭ.

    20
  14. ބޮއްބޮ

    ކަލޭ އަމިއްލަ އެދުމަށްޓަކައި ޚުދުމުޚުތާރު ކަމާއެކު،ޢަދާލަތު ޕާޓީ ޙިޞޯރު ކޮށްގެން އުޅޭތީވެސް އަންތަރީސްވޭ.

    18
  15. ވިސްނާ

    އަމިއްލައަށް ވިސްނާ ޖީލެއް އުފެދިގެން ނޫނީ ސަލާމަތުގެ އައްސޭރިއަށް ދެވޭކަށް ނެތް. ވިސްނާ ހިސާބު އަކުރުތަކަކީ ހަގީގަތް ކަން އެގޭވަރަށް ވިސްނުމުގެ ބާރު ފޯރާނީ ކަޑުމަސް ކެއުން މަދުކޮށް ގެރިމަސް ގިނައިން ކޭވަރަކަށް. އައްނި ނަގަން އުޅޭ ޓެކްސް ނަގަނީ މިކަހަލަ ދެބޯގެރި ޖައްސާ ވެރިކަން ކުރާށޭ ކިޔާފާ އެކަކު އަނެކަކަށް ޖައްސާ ޒުވާބުކޮށް ގޯޅިކަންމަތީގެ ޒުވާބަކީ ރައްޔަތުންނަށް ދޭ ޚިދްމަތް ކަމަށް ހެދުމަށް. މިމީހުންއަށް އިންސާނީ ހައިޖާނުން ބޭރުވެ ދުނިޔޭގެ ވަށައިގެންވާ ކަންތަކުގެ މައްޗަ ވިސްނާ ކަންތަ ތަރައްގީ ކުރަން އުޅޭނެ ގާބިލްކަމެއް ނެތް ބަޔަކު ގެ ވަގުތު ހޭދަކުރުމަށް މުސާރަ ދޭން ޓެކްސް ނަގާށޯ އައްނި އުޅެނީ

    13
    1
  16. ނިމާލު

    ކަލެޔަކީ މަޤާމުގެ އަޅެއް!~ ހުރިގޮތަށްހުރި ގަމާރެއް އަދި ދެބަންދިހާރެއް

    16
    1
  17. މޯދީ

    އިމްރާނޫ، މިއަހަރު ނިމުމުގެ ކުރިން އިސްތިއުފާދީ އަވަހަށް ރައްކާވޭ، ދަންތުރަ ޖަހާފަ ބުއްޅަބޭހުރީ! އަގުވައްޓާލާނެ! އޮރިޔާންވެސް ކުރާނެ!

    16
  18. ހަސަންބެ

    އިމްރާނަކީ ކުރިން ރާއްޖޭގެ ވެރިކަންކުރެއްވި ދެ ރައީސަކަށްވެސް އިންޒާރުދީފައިހުރި ޓެރަރިސްޓެއް. މިވެރިކަމުން އޭނާ ބޭރުކުރަން އެބަޖެހޭ.

    15
    1
  19. ގަމާރު

    ކަލޭ ލީޑްކޮށްގެން މުޒާހަރާއެއް ކުރި ހަނދާން އެބަހުރިތަ؟ އެމުޒާހަރާގައި ދިމާވާ ކަންކަމުގައި ފުރިހަމައަށް ޒިންމާވާނެކަމަށްބުނި ހަނދާން އެބަހުރިތަ؟ އެމުޒާހަރާތެރޭ ކަލޭ ދެއްކި ވާހަކަ އަކާ ގުޅިގެން ދެން ކަންހިގައި ދިޔަގޮތް ހަނދާން އެބަހުރިތަ؟ އަދި އެމުޒާހަރާގައި ހިންގި ނޭއްގާނީ ކަންކަމުގެކުށުގައި ކަލޭ ބެދި ދިގުމުއްދަތަކަށް ހުކުމް އައިސް ޖަލުގައި އޮންނަން ޖެހުނު ހަނދާން އެބަހުރިތަ؟
    ދެންބުނެބަލަ ދިވެހި ރައްޔިތުންތަ ގަމާރީ ؟؟؟؟

    14
  20. ދދދދދދ

    ކަލޭ ތިބުނަނީ އަހަރުމެންނަކީ ދިވެހި ރައްޔިިތުން ނޫން ކަމަށްތަ؟ އަހަރުމެން ގަބޫލު ކުރަން ކަލޭ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް. ކަލޭ ގަމާރުތޯ ނޫންތޯ ނިންމާނީ ކަލޭ. "މަށަށް އެބަ ވަސް ދުވާ. މަށަށް އެބަ ފެނޭ. މަށަށް އެބަ ހަނާ އަޅާ" ކިޔާފަ ދެލޯ މަރައިގެން ހުރެ މަލާއިކަތެއް ކަމަށް މީހުންނަށް ވިސްނައިދެވޭތޯ އުޅުނަކަސް ކަލެއަކީ ނުބައި ނުލަފާ މީހެއްކަން އަހަރުމެން ދަންނަމު.

    16
  21. ފަހަރި ގަމާރު

    ތުއަށްވުރެ ބޮޑު ގަމާރެއއ މި ގައުމުގަ ހުންނާނެބާ؟

  22. ދެންދޯ

    ބޮޑުމުސާރަޔާ ހުންނާނެ ގެޔާ ކާރާ ކާބޯތަކެއްޗާ އެކު ވެރިކަން ލިބުނީމަ ހަަމަ ކުއްލިޔަކަށް ހަލާލްނޫން ފައިސާ ގެޔައްވަދެ ބެންކޮކުން ނަގަނީ ހިލޭއަންހެނުން ނޫންކަމަށް ހަމަ ކުއްލިޔަކައް ނިއްމީމާ ރައްޔަތުން ހަމަ ހައިރާން ނުވާނެތޯ؟

    5
    2