ތެލެސީމިއާ ހުންނާތީ ބޯންމެރޯ ހަދާފައިވާ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެނެކެވެ.

ނިޔާވި ޒުވާނާ އަކީ ކައިވެންޏެއް ވެސް ކޮށްގެން އުޅޭ މީހެކެވެ. އޭނާ ބޯން މެރޯ ހަދާފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ހަދަން ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ.

ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ތެލެސީމިއާ ހުންނަ ހަތް މީހުން ނިޔާވެފައި ވެއެވެ.

ރޭ ވަނީ މާމިގިލިން ވަނީ ތެލެސީމިއާ ހުންނަ 17 އަހަރު ކުއްޖަކު ނިޔާ ވެފައެވެ. މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، ބޯންމެރޯ ހެދުމަށް ފަހު ފަރުވާދެމުން އަންނަނިކޮށް ފަސް އަހަރުގެ ކުއްޖަކު ނިޔާވެފައި ވާއިރު، ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށް ޖުލައި 23 ވަނަ ދުވަހު ނުވަ އަހަރުގެ ތެލެސީމިއާ ކުއްޖަކު ނިޔާވިއެވެ. އަދި އެމަހުގެ 14 ވަނަ ދުވަހުވެސް ތެލެސީމިއާ ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ. ނަމަވެސް ފަހަކަށް އައިސް މި ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަކަށް އަމަލު ކުރަން ފެށިއެވެ. އެ ޤާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮންމެ ކުއްޖެއްގެ ވެސް ތެލެސީމިއާ ޓެސްޓް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް މަޖުބޫރު ކަމެކެވެ. ކުރީބައިގައި ތެލެސީމިއާ އަށް ޓެސްޓް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އަދިވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މައްސަލަ

  ފޭކް ބޭސް ރާއްޖެއަށް އެތެރެކުރުން ހުއްޓުވައިގެން ނޫނީ ހައްލެއް ނެތް. ހަމަ އެހެންމެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހާލަތު ބަލައި ވަރުގަދަ އޮޑިޓެއް ހަދައި ކޮރަޕްޓް އެންމެން ނެރެންޖެހޭ.

  31
  1
 2. ހިތާމަ

  އެކަން ކުރެވޭނެ ނިޒާމެއް ރާއްޖޭގެ ނިކަމެތި ރަށްތަކުގައި ޤާއިމްކުރެވިފައެއްނުވޭ!

  15
  1
 3. ހާސިނާ

  މިހާރު އަބަދު އިވޭ އަޑަކީ ތެލަސީމިޔާ ކުދިން ނިޔާވާ ވާހަކަ އާއި އެޑްމިޓްކޮށްގެން ފަރުވާ ދޭ ވާހަކަ. މިކަން ވާ ސަބަބު ހޯދިއްޖެ ބާ؟ އެކުދިންނަކީ ދިފާއީ ނިޒާމް އަދި އެހެނިހެން ގޮތްގޮތުން ވެސް ބަލިކަށި ކުދިން ތަކެއް. އަޑު އެހިން، އެކުދިން ރޯގާ އިން ދުރުވާން އިންޖެކްޝަން ޖަހަން އެދުމުން، އެކަން ވާނީ އެޑްމިޓް ކުރީމައި ކަމަށް ބުނެފައިވޭ. ސަރުކާރުން ތިޔަ ކުރާ ބޭކާރު ހަރަދު ތައް ނުކޮށް މި ކުދިންނަށް އިންސާނިއްޔަތަށް ޓަކައި ވިޔަސް ލުއި ގޮތްތަކެއް ހޯދައި ދީބަލަ. ޝުކުރިއްޔާ

  26
  1
 4. Anonymous

  ސިހުރުވެރިން މަރާބަލަ މިހުރިހާ މޫސުމެއް ނެތި ހި ގައިދާނެ

  7
  1