ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާ އަށް ގޮސް، އެގައުމަށް އެތެރެ ވާން އުޅެނިކޮށް ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އޭނާ މިރޭ ކޯޓަށް ހާޒިރުކުރަނީ ބަންދުގެ މުއްދަތު ޖެހުމަށެވެ.

"ވާގޯ 9" ނަމަކަށްކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި އަދީބް ރާއްޖެ ދޫކޮށް، އިންޑިއާއަށް ގޮސްފައި ވަނީ އެއްވެސް ސައްހަ ލިޔެކިޔުމެއް ނެތިއެވެ. އެހެންކަމުން އިންޑިއާގެ ތޫތުކުޑީ ބަނދަރުން އޭނާ ވަނީ ހިފަހައްޓާފައެވެ. އެހެން ނަމަވެސް އަދީބު އިންޑިއާއަށް އެތެރެވެފައެއް ނުވެއެވެ. އަދީބުގެ ގާނޫނީ ޓީމުގެ ފަރާތުން އިންޑިއާގެ ހިމާޔަތަށް އެދުނު ނަމަވެސް، އިންޑިއާއިން ނިންމީ ރާއްޖޭގ ފުލުހުންނާ ހަވާލު ކުރުމަށެވެ.

އެ ނިންމުމާއެކު އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އަދީބު ރާއްޖޭގެ ފުލުހުންނާ ހަވާލުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފައިވާއިރު، އެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލާ ޔޫއެންއަށް ވައްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްލާ

    އަދީބު ކޯޓަށް ހާޒިރުކޮށްފި

    34 މިނެޓް ކުރިން ( އޮގަސްޓް 5, 2019 )

    ތީދައްކާ ދަޅައެއް .

  2. ވީލް ބަރޯ

    ޔޮޓެއްގަ ބެޗިނަމަ އަދި ގެރިޔެއްމަތީ އިންދެ ގައިގަ ގެރިގުއި ހައިކައިގެން ހުރިނަމަ ހިމާޔަޠް ވެސް ދިނީސް މަހީ ކުރީ ބަރޯ އަށް އެވަރު އިންގޭނެ ކަމަށް ނުވިތާކު އިންޑިޔާ ސޮރަށް ކޭޝް ކޮޅެއްވެސް ނުދިނުން ތިޔާގަ މަސްއަލަޔަކަށްވީ އަލްޗަޕޯ ބެޗީ ސައިކެއްގަ މިގަފޫރުޗޯ ޓަގެއްގަ ހީވަނީވެސް ޓަގެންހެން ހީހީ ހަލާކް.

  3. ޓަގު ބުރޯ

    ފޮތިގަޑެއްގަ ގެރި ގުއިން ހިމާޔަތަށް އެދި ލިޔުނުނަމަ ހިމާޔަޠް ދިނީސް ޓަގުގަ ގެރި އުފުލިނަމަވެސް ތިކަން ވީސް ޑާކުކަމުން އިންޑިޔާ ސޮރަށް ޑޮލަރުކޮޅެވެސް ނުދިނުމުގެ ނަތީޖާ ތިފެނުނީ ދެން ބުރަކުންވެސް ޑޮލަރު ބަހާތި އޭރުން ކާމިޔާބު ވާނެ

  4. ޑޮލަރު ޓަގު

    ތިވާނީ ޑޮލަރު އުފުލާ ދޭ ޓަގަށް ހުރިހާ ޑޮލަރެއް އުފުލީ ތިޔަ ޓަގުން ކަމަށް ވެދާނެ ހުރިހާ ޑޮލަރަކަށް ފަހު މާ ޑޮލަރު ބޭރުކުރަން އުޅެނިކޮށް އަތައް ގޮވީ ދެން ލަލަލާ ދެން ލަލަލާ ލާ.