ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާ އަށް ގޮސް، އެގައުމަށް އެތެރެ ވާން އުޅެނިކޮށް ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކްރިމިނަލް ކޯޓުން މިނިވަން ކޮށްފިއެވެ.

ކޯޓުން އަދީބު މިނިވަން ކުރީ ފުލުހުންގެ ބަންދުގައި ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތު ޖަހަން އެދުމުންނެވެ. ކްރިމިނަލް ކޯޓުން ނިންމީ އަދީބު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ބަންދުގެ މުއްދަތު ޖެހުމަށް ތިން ގަޑިއިރަށް ކުރިއަށް ގެންދިޔަ މުއްދަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ގާޒީ އަލީ ރަޝީދެވެ.

ގާޒީ އަދީބުގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން ވަކާލާތުކުރި ޕީޖީއާއި ފުލުހުންވެސް، އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އިއުތިރާފްވުމާ ގުޅިގެންނެވެ.

މުއްދަތުގެ މަޖިލިސްގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބު ހައްޔަރު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ. މުއްދަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދީބު ހައްޔަރުކުރަން ނެރުނު އަމުރުގެ ބާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުހިނގާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ އަދީބު ހައްޔަރުކުރި ސަރަހައްދަށް ރާއްޖޭގެ ގާނޫނާ ގަވާއިދުތައް ނުހިނގާނެ ކަމަށެވެ. އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުގެ ވަކީލުންގެ އިތުރުން ފުލުހުންވެސް އިއުތިރާފްވެއެވެ. ޕީޖީގެ ވަކީލާއިން ފުލުހުންވެސް ވިދާޅުވީ އަދީބު ހައްޔަރުކުރީ އިންޑިއާގެ ދިދަޖެހި ބޯޓަކުން ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެހާލަތުގައި އެ އުޅަނދަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިނގާނީ އުޅަނދުގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ އިންޑިއާގެ ގާނޫނު ކަމަށެވެ.

އަދީބު މިނިވަންކުރަން އަމުރުކުރަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދީބު ހައްޔަރުުކުރީ ގާނޫނާއި ހިލާފަށް ކަމަށް ޕީޖީއާއި ފުލުހުންވެސް ވިދާޅުވާއިރު، ބަންދުގެ މުއްދަތު އިތުރު ނުކުރުމާމެދު ސުވާލެއް ނެތް ކަމަށެވެ.

ފުލުހުން އަދީބު ކޯޓަށް ހާޒިރު ކުރުމަށްފަހު މުއްދަތު ޖަހައިދިނުމަށް އެދުނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ރާއްޖެއިން ބޭރަށް ދިޔުމުންނާއި، ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފްވެ، ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ފިލިކަމަށް ބުނެއެވެ.

އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޮހޮދޭ

    މީ ކުޅޭ ކުޅޭ ގޭމެއްތަ؟ކިހާދެރަކަމެއް.ނޫނީ ދިވެހި ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށް ކުޅެމުންދާ ޑުރާމާއެއްތަ؟މިސަރުކާރު ވެރިކަމަށް އައީ ޝަރުއީ ނިޒާމް ވަރުގަދަކޮށް މިނިވަންކުރަން..އެކަމަކު އަދި އެއްވެސް ކަމެއް ފެނިގެންނުދޭ.ކިހިނެއްމިވަނީ.

    60
    1
  2. އަދީބު

    މީ މަ ހަމަ ވައިވީމަ ކޮއްލާ ކަންކަން. ގައުމު ބީ ބިޒީ. އަދީބު ބީ ފްރީ. ޗިއަރސް.

    29
    1
  3. ތާޅަފިލި

    މާކުރިންވެސް އެނގޭ، ތީނަ ހައްޔަރުކޮށްފިއްޔާ ރައީސް ޔާމީން އާއި ދެކޮޅަށް ދޭންޖެހޭ އެންމެ މުހިންމު ހެކިވެރިޔާ ގެއްލި ސަރުކާރަށް ރައީސް ޔާމީން ޖަލުކުރަން އުޅޭ ރޭވުން ފެއިލް ވާނެކަން. ފުލުހުންނަށް އިޖުރާއަތްތަކާ އެއްގޮތަށްވެސް އެކަން ކުރެވޭނެ ރާއްޖޭގެ ސަރަހައްދަށް ބޯޓް ވަނުމުން.

    31
    58
  4. ލިއުޝާ

    ސަޅި ތީތި!

    18
    2
  5. ރާސްޓަސް

    ހުސް ގޭމް

    39
    1
  6. ޔެސް

    ބަރާބަރު. ވަރަށް ފުރިހަމަ ނިންމުމެއް. އުފާވެރި ދުވަހެއް. ދެން ވަނީ ރަނގަޅު.

    9
    34
  7. ނަސްރީނާ

    ބޮޑު އީދު އަޮތީ ކުރިޔަށް، މީހުންތައް ހޭބޯނާރާ ޗުއްޓީއައްދާން ތެޅިފޮޅި ނަގަނީ. އެކަމު ސަރުކާރުގެ ގިނަ މުއައްޒަފުންނައް އަދިވެސް މުސާރަޖަމާ ނުވެ، ގައުމު އޮތީ ކުއްލިހާލަތައް ވެއްޓިފަ. ޖައްސަން އުޅެ އެއްވެސް ޑްރާމާއެއް އެއްގޮތަކައްވެސް އަތައް ނުގޮވާ ނިމޭގޮތެއްނުވެ. ގުދައް ބައްވައިގެންވެސް ބަޔާން ނަގަނީ، މަގުމަތިންވެސް އިންޒާރު، އޮފީހައްގޮސްގެން ވެސް އިންޒާރު، ބުނާގޮތައް ބަޔާންނުދީފިއްޔާ އަނބިދަރިންވެސް ސަލާމަތެއް ވާކައްނެތް. ކިތަންމެ އަންތަރީސްވިޔަސް މިހުރިހާ ކަމެއް ކިހިނެއް އޮބި އަޅައިގެން އަބަދު ތިބޭނީ.

    5
    2
    • ޙަމްދޫން

      ތިބުނާ ބުނުމަށް ހެކި ކޮބާ

  8. ޢަހުމަދު މުހައްމަދު

    ޢަދީބް ނުފިލާކަމަށް ވާނެތަ؟؟؟؟؟

  9. އަލީރާޖާ

    ޔާމީނު ބޭނުންވެގެން ޝުމްބާ ހައްޔަރުކޮށްގެން ގެނައީ ރާއްޖޭގެ ސަރަހައްދުން ކަމަށް ވެގެންތޯ 2 އަހަރުވަންދެން ވާނުވާ ޖަހާފައި ޖަލުގައި ބަހައްޓާފައި ހުރީ؟؟ އަދީބު ދިވެހި ރާއްޖޭގެ ކަސްޓަމް އަދި އިމިގްރޭޝަން ގާނޫނުތަކާއި ޚިލާފަށް ފުރުން އެއީ ކުށެއް ނޫން؟ ސުޕްރީމް ކޯޓުން ޕާސްޕޯޓު ހިފަހައްޓާ ފުރައިގެން ނުދާން އަމުރުކޮށްފައި އޮއްވާ ފިލުން އެއީ ކުށެއް ނޫން؟ މިއީ އަޅެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރި ބައެއް ނޫނޭ!!

  10. ދޯދިޔާ

    މީ އަޅެ ކޮންވައްތަރައްގެ ގޭމެއްކުޅޭ ސަރުކާރެއްތަ މިހާރުމިގަންނަ ގަނޑު އެންމެ ކުޑަކުއްޖާއައްވެސް އެނގޭވަރައް ތިލަވަމުން މިދަނީ

  11. ދިދަ ދަނޑި

    މާކަ ގިނަ ވާހަކަ ދައްކާކަށް ނެތިން “އަދީބަކީ މި ދީބުގެ ހަލާކު”

  12. މަލިކާ

    ދެން ކީކުރަން ދަމާކޫޔާފަމިގެނައީ.

  13. ނުރަބޯ

    މިކަލޭގެ އަތުން ލާރިގަނޑެއް ދަމައިގެންފަ މިކަލޭގެ ފިލަން ފުރުސަތުދިނީ ރީނދޫސަރުކާރުންކަން މިކަމުންވެސް އެނގޭ.

    3
    1
  14. މައިނާ

    މީނާ ކޯޓަށް ގެންދަނެކަމެއްނެތް މީނާ، ރަނގަޅު ވާނީ މަޖިލީހަށް ގެނަދިޔައްޔާ އެއީ އެތާތިބޭނެ ޝަރިޔަށްތައް ވަރަށްމޮޅަށް ކުރަންއެނގޭ ބަޔަކު މީޤައުމުގެ ހަލާކު

  15. މަންތިރި

    މައްސަލައެއްގައި ހެކި ދިނުމަށް އެއްބަސް ކުރުވައި ޝަރުތު ކޮށް އެގްރީމެންޓެއްގައި ސޮއި ކުރުވުމަށްވުރެ ބޮޑަށް ނުފޫޒު ފޯރުވައި ބާރުގެ ބޭނުން ކުރެވޭނެ ދެވަނަ އެހެން ގޮތެއް އަޅެ ފަހެ އޮންނާނީ ކިބޫ ރާއްޖޭގަ ކަން ހަމަ ޔަޤީން. ނޫނޭ ވާ ފަނޑިޔާރުގެ އިސްލާހު ކުރާ ގޮތް ސަޅި

    4
    2