ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއްކަން ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޖުލައި މަހުގެ 25 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 463 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު 2018 ވަނަ އަހަރު ފެށިގެން އެހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 307.7 މިލިއަން ރުފިޔާ އެވެ. ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 372 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން ރައީސް ޞާލިހްގެ ސަރުކާރު ހަވާލުވި ފަހުން ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 64.3 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މިއަހަރު ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 385.4 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 449.7 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރަށް ފާއިތުވެގެން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 527.3 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން މިނިސްޓަރ ޝާހިދު ވިދާޅުވި އަދަދަށް ވުރެ ސަރުކާރަށް ލިބުނު ހިލޭ އެހީ 1.3 ބިލިއަން ރުފިޔާ މަދެވެ. މިނިސްޓަރ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ކަމަށްވާނަމަ ދައުލަތައް ލިބުނު ހިލޭ އެހީގެ ތެރެއިން 1.3 ބިލިއަން ރުފިޔާ މިވަނީ ގެއްލިފައެވެ.

ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަ ކުރަން މާޗް މަހު ފަހުކޮޅު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިސަރުކާރު ފެށުނު ފަހުން މިއަހަރު މިހާތަނަށް (މާޗް މަސް ނިމުމާއި ހަމައަށް) ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ އޭރު ރަސްމީ ހިސާބުތަކުން ދެއްކި އަދަދަށް ވުރެ 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިނިސްޓަރ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައި ވާއިރު ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނެ އޭނާގެ މައްސަލައެއް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖުންޖުލާގަދަ ކުރިމަތިވަނީ

    އިންސާފު ފެންނާނެ، ކެތްކޮށްލާ. ރީނދޫ ޓައީ އެޅި މީހުން އަނގައިން ފުޅަ ނުކުތަސް އެވާނީ ޖަވާހިރަށް. ފައިސާ ޖަހާ މެޝިނަކުން ފައިސާ ޕްރިންޓްވުމުން. ރީނދޫ ޓައީ އެޅި މީހުން ނުރުހޭ މީހަކު އަނގައިން ބޭރުވާ ކޮންމެ ބަހަކީ ބޭކާރު އެއްޗެހި.. ދިވެހިން އެދިގެން އުޅުނު ގޮއްރީނދޫ ކުލައިގެ (އަލިފާނުގެ) އިންސާފު މިދަނީ ލިބެމުން.

    101
  2. ކައްޒާބު

    އިރު އޮއްސުނީމަ ރަންރީދޫ ކުލަ ފިލާހެން ފިލުވާނެ ކަމަށް ބުނި މީހާ އެހެރީ ރީނދޫވެފަ. ދެން ހެދޭނީ ދޮގު. މުޅި ދުނިޔެ ވަށާ ބުރުޖެހުން ކަމަކީ.

    96
  3. އަސްމާ

    ތަފާސަ ހިސާބު ކަލޭމެންނައް ލިޔާކައް ނޭނގުނު.. ފުރަތަމަވެސް މި ލިޔަނީ މިސަރުކާރައް މިއަހަރު މިހާތަނައް ލިބުނީ 463 މިލިޔަނޭ. ދެން މި ބުނަނީ މިދިޔަ 8 މަސް ދުވަސް ތެރޭ ސަރުކާރައް ލިބުނީ 527.3 މިލިޔަނޭ. އެހެން ވާނީ ކިހިނަކުންތަ.؟ ކަލޭމެން ހިސާބު ކިޔެވީ އަދުރޭ ކާރީންތަ. މި ޒަމާނުގަ އެކްސެލް ސީޓެއްގަ ކޮލަމެއްގަ ޖަހާލިނަމަވެސް ހިސާބު ދިމާކޮއްލެވޭނެ. އެވަރުވެސް ހަމަ ނުވަނީތަ ވަގުތުގަ ތިބޭ ބުއްދިވެރީންނައް.

    9
    88
    • ހީދް

      ހަބަރު އަލުން ކިޔާލަންވީ ނޫންތޯ ؟؟؟؟

      31
    • ކެކެކެ

      އޭ ހުޅުމާލެ ފްލެޓްތަކުގަ ދިިރިއުޅޭނެ މީހުންގެ އަދަދު ހިސާބުކުރި ޝަހީމު ލައްވާ ޝަހިމެޓިކްސް ފޯމިއުލާ އަށް ހިސާބު ހަދާލާފަ ނިކަން ފޮނުވާލަދީބަލަ.

      3
      13
    • އަދޫ

      މިއަހަރު 463 މިލިޔަން. އެއީ ޖުލައި 25 އާ ހަމައަށޭ އެބައިން ބުނެފަ. މިދިޔަ އަހަރު މިސަރުކާރަށް 64.3 މިލިޔަން. މިދޭތި އެއްކޮށްލަން އެކްސެލް ޝީޓެއްގަ ޖަހާބަލަ ހިސާބު ދިމާނުވޭތޯ؟ ތަންކޮޅެއް ގަމާރުވީމަ އެކްސެލް ޝީޓްގަ ޖަހައިގެން އެވަރު ހިސާބެއް ހަދަން ތިޔާ ޖެހެނީ...

  4. މާބޮޑަށް އެނގޭ

    އަަސްމާ އަށް ނޭނގުނު ދޯ ޚަބަރުގައި އޮތީ މިއަހަރު މިހާތަނަށް ލިބުނު 463 ރުފިޔާ (ޖަނަވަރީ އިން ޖުލައި ގެ ނިޔަލަށް) އަދި މިދިޔަ އަހަރުގެ ނޮވެމްބަރ ޑިސެމްބަރުގައި ލިބުނު 64.3 އެއް ކުރީމަ ކަމެއް 527.3 ވަނީކީ. ލޮލް

    71
    1
    • ކެކެކެ

      އަސްމާ އަކީ ޝަހިމެޓިކްސް ފޯމިއުލާއަށް ހިސާބު ޖަހާ، ވަރަށް މަތީ ފެންވަރުގެ ހިސާބު އިލްމުވެރިއެއް. އެކްސެލް ޝީޓްގަ އޭނަ ހަދާލާނީވެސް. ގަދަ ގޮލައެކޭ.

      27
  5. އަން

    ޝާހިދު ދޮގެއް ނަހަދާ. އެހާވަރަށް ލިބުނު. ފައިސާ ހިފާގެން ރާއްޖެ އަންނަނިކޮށް ދަތުރުމަތީ ކިބޫ ފައިސާކޮޅު ކާލީ. ވަގު ކިބޫ

    41
  6. އަބުޅޯ

    އަސްމާ ތިހުރީ ރަނގަޅަށް އެކްސެލް ޝީޓުގައި ހިސާބު ހަދަން ދަސްވެ ނިމިފައި. އެއީވެސް ރީނދޫ ޕްރިޕެއިޑް ޝާހިދު ކައިރިން. ހެހެހެ.

    27
  7. ބަރުގޮނު

    މަޖްލިސް ގެ ރައީސް ގެ ސަމާލުކަމަށް މިކަން އައިބާ..؟؟ ތިލަފަތުގެ ދެކޮޅު... އެންމެން ހަމަހަމަ .ޢަދުލު އިންސާފު... މަޖްލިސަށް ދޮގު މަޢުލޫމާތު ދިނީމާ ހަދާގޮތް... އޮންނާނެތާ!!!!.

    37
  8. މިގޭ

    ލިބުނު ލާރިގަނޑު ދިރުވާލީ .މީނާ މިހާރު ރަށްރަށުގައި ގެސްޓް ހައުސް ތައް އެބަހަދަމުންގެންދޭ. ކޮންތާކުންހޯދި ލާރިއެއްތޯ. ކުރިންވެސް ހަދަންވީނޫންތޯ.

    31
  9. ކަނބާ

    ޢަބްދުﷲ ޝާހިދު ނޫނީ އިބޫ ހެދީ ދޮގެވެ. ޝާހިދު މަޖްލިސްގައި ދޮގުހެދިޔަސް ތަޙުޤީޤު ކުރަން ފޮނުވާކަށް ނުކެރޭނެ އެވެ. މިތަނުން އެކަކު ދޮގުހަދައިފިކަން ޔަޤީންވެ. ދޮގުހެދީ ކާކުކަން ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން ކެރޭނެހެއްޔެވެ؟

    45
  10. އަސީ

    ދެން މިވެރިން ނިންމާނެ މަޖުލިސް ޗެންބަރުގަ ދޮގުހެދޭނެކަމައް ކޮމިޓީގަ ދޮގުހެދީމަޔޭ މައްސަލަ ޕޮލިހައްފޮނުވާނީ.

  11. މޮހަދު

    ގިނައިން ހޯދާ ހިލޭ އެހީ ތިނުކެވިގެން ބިހުތާދޮގު ހަދާ ރައިއްޔަތުން އޮޅުވާލާ ކާފޫރައްވެގެން ތިތިބީ ރަގަޅަށް ބަގުޑިބެއްދޭތޯބަލާ މާގިނައިން އަނގަނުތަޅާ

  12. Anonymous

    ބޯ ހަލާކު. ގިނަ ރައްޔިތުން ވެސް ހަމަ މޮޔައީތަ އެހާވަރަށް. ބަޔަކަށް ސަޕޯޓް ކުރިޔަސް ވިސްނެން އެބަ ޖެހޭ. އެންމެ ތަންދޮރު ނުދަންނަ ސަރުކާރު މިއީ. ހެެހެހެހެހެހެހެހެހެހެހެހެހެހެހެ.

  13. ދޮގުވެރިޔާ

    ދޮގުގެ އަހުލުވެރިންނަކައް ދުވަހަކުވެސް ތެދެއްނުހެދޭނެ ތީހަމަދޮގުގެއަހުލުވެރިންތިޔަބައިމީހުން ތެދެއްހެދެންއޮތަސްހަދާނީ ދޮގު އެއީ ތެދު ޙަޤީޤަތް ގިނަމީހުންނައްޤަބޫލުނުކުރެވޭތީ ދޮގުހަދާ މަކަރު ހަދާ އޮޅުވާލައިފިއްޔާ ގިނަމީހުންަޤަބޫލުކުރާނެ އެއީތެދެއްކަމައް އެއީ އެފަދަވާހަކަތަކުގަ ހުންނަ އޮމާންކަމެއްގެސަބަބުން

  14. ބޮލި މުލައް

    ޔަގީން ކާލީ

    10
  15. ސަންތިމަރިޔަބު

    އެއީ ސިއްދީގެއް އިތުރުފުޅެއް ނުހަށްދަވާނެ ތިމަދުވާބާއި އެވާނީ ކަދުރު ރުކަކަށް އަރާއިވަޑާއިގެން ހުންނަވާ ހިބަރު ވަދެއް ގާއި ލަށްވާފާއި ދޫކޮށް ލެއްވީކަމަށް ޒީރޯ ޓޮލަރަންސްގެ ދަށުން ހަމަހިނިއަންނަނީ