ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެއަށް ގެނެސް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތުގައި އަދީބު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިޔަށްގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެމަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަން އެނގިވަޑައިގެންނެވި ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ. ރާއްޖެ ދޫކޮށް ދާން ޖެހުނީ، އެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

"މައުލޫމަތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ޑެސިޝަން ނެނގުނީ،" ރާއްޖެއިން ފުރައިގެންދާން ޖެހުނު ސަބަބު ހާމަކުރައްވާ، ޝަރީޢަތުގައި އަދީބު ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއެކު ކުރިޔަށްގެންދާ ތަހުޤީޤުތަކަށް އެއްބާރުލުން ދެއްވައި މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވަނިކޮށް، އެ މައުލޫމާތު އެހެން ފަރާތްތަކަށް ލިބިގެން އިންޒާރުތައް ލިބެމުން ދިޔަކަމަށް ޝަރީޢަތުގައި އަދީބު ވިދާޅުވެފައި ވާއިރު، އޭނާ ވިދާޅުވީ، ޕީޖީއާއި ޙިއްސާކުރަމުންދިޔަ އެ މަޢުލޫމާތަކީ ކުރިން ތިލަނުވާ މުޙިންމު މަޢުލޫމާތުތަކެއް ކަމަށެވެ.

ސަރުކާރުގެ އިސް ފަރާތްތަކާއި ފަނޑިޔާރުންނާއި މަޖިލީސް މެމްބަރުންގެ އިތުރު ސިޔާސީ ބޭފުޅުންގެ އިންޒާރުތައް ލިބެމުންދިޔަކަމަށް އަދީބު ވިދާޅުވި ނަމަވެސް، އެއީ ކޮން ބޭފުޅުންނެއް ކަމެއް ރޭގެ ޝަރީޢަތުގައި އަދީބު ހާމަކުރައްވާފައެއް ނުވެއެވެ.

އަދީބުގެ ވަކީލު، މަހްފޫޒު ސަޢީދު ވިދާޅުވީ، އަދީބު ރާއްޖެ ދޫކޮށް ވަޑައިގަތީ ތަހުޤީޤަށް އެއްބާރުލުން ނުދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ތަހުޤީޤަށް ދެމުންދިޔަ މަޢުލޫމާތުތައް ޕީޖީން އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި، ތަހުޤީޤު ކުރިޔަށްގެންދިއުމަށް ކުރިން ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވަނީ، ރައްކާތެރިކަމަށްޓަކައި އަދީބު ދިރިއުޅުއްވާ ގޭގައި ފުލުހުން ބޭތިއްބުމަށް ރޭގެ ޝަރީއަތުގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ. އަދި ދެން އިތުރަށް އަދީބު ނުފިއްލަވާނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ޝަރީޢަތަށް އަރުވާފައެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނުތަކާއި ޚިލާފަށް ހައްޔަރުކޮށްގެން، ބަންދުގެ މުއްދަތު ޖެހުމަށް ރޭ ދަންވަރު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ މިނިވަންކޮށްފައިވާއިރު، މިއަދު ހެނދުނު 6:30 ހާއިރު އޭނާ ވަނީ އަލުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ.

ރޭ ކްރިމިނަލް ކޯޓުން އަދީބު މިނިވަން ކުރުމުންވެސް އޭނާ ގެންދިޔައީ ފުލުހުންގެ އިދާރާއަށް ކަމަށާއި، ގަޑިއެއްހާއިރު އެތަނުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ވެހިކަލެއްގައި ގެޔަށް ގެންދިޔައިރު، ގެޔަށް އޭނާއާއި އެކުވެސް ފުލުހުން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިއަދު އަދީބު އަލުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ވަނީ، އަދީބު ހައްޔަރު ކުރުމުގެ އާ އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ރޭ ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މިއަދު އޭނާ ހައްޔަރު ކުރީ ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން ކަމެއް އަދި ސާފެއް ނުވެއެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރެއްވި އިރު، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން، ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓަކުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އެޤައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ. އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތީވެސް ރާއްޖެއިން އޭނާއަށް ރައްކާތެރިކަން ނެތްކަމަށް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނޫނު

    ކޮބާތަ ގާނޫނާ ހިލާފައް ހައްޔަރުކުރުމަކީ ގާނޫނާ އެއްގޮތައްތަ ދިޔައީ އެއްވެސް ލިޔެކިޔުމެއް ޕާސްޕޯޓެއް ނެއް

    29
    3
    • ޛުރާރު

      ނޫނޫ. އޮޅުމެއް އެބަ އަރައެއްނޫން. ލިޔުމުގަ އޮތީ ޕާސްޕޯޓް ގެ އިތުރުން އެއްވެސް ޞައްޙަ ލިޔުމެއް ނެތްކަމަށް. މާނައަކީ ޕާސްޕޯޓް އޮތޭ ނޫންތޯ؟ އަޅުގަޑައްތޯ މިއޮޅެނީ

      7
      2
  2. ދދދދދދ

    ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނުތަކާއި ޚިލާފަށް އަދީބު ޖަހައިގަނެގެން ރަހީނު ކޮށް ބިރު ދައްކަމުންދާއިރު ބޯހުދުދޫނިި ކަރަކަރައިގަ ޓާކީ ކާލާ ބިޔަރު ބޯލާ މަޖާ ކުރަމުން ދަނީ.

    24
    3
  3. މިދީބުގެ އަދީބު

    މި ވަރުގެ މީހަކު ދޫކޮށްފަ ބަެހެއްޓުމަކީ ދިވެހި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ބެހެއްޓުން ފަދަ ކަމެއް. މީނާ ދެން ކޮށްފަ ނުކުރާނެ ކަމެއް އިނގޭނެ އެކަކުވެސް މި ރާއްޖެއަކު ނެތް. މީނާ އަކީ މި ރާއްޖެ ދުއް އެންމެ ބޮޑެތި ޙާއިނުން ތެރެއިން އެކަކު. ދޫކޮށްގެން ނުވާނެ. އައްސާފަ ބަހައްޓާ. އަދި މި ގަމާރު ނޫސްވެރިން ވެސް މި ބޮޑު ވަގުކަލޭގެ އަށް ބޭފުޅުންގެ ދަރަޖަދީގެން އެބަ އުޅޭތާ.. ހާއްސަކޮށް ކަނޑުކޮސް ގޮވާ ވަގުތުގެ ގަމާރު ނޫސްވެރިން. ކަޑަވާނެ...

    23
    12
    • Anonymous

      ޔާމީނާ އަންނި އާ އެއީ ބޭފުޅުންތަ؟؟

      2
      7
      • މޮޔައެނޮނިމަސް

        އަންނި އަކީ ބޭފުޅއް ކަލޭ ކިތަންމެ ރުޅި އަޔަސް

    • ހެޕީ

      އެކަމަކު މި ނޫސް ނޫން ނޫހެއް ނުކިޔޭ ދޯ. މަނަމަ ގަމާރު މީހުންތިބި ނޫހެއް ނުކިޔާނަން. ކިތަންމެ ރުޅިއެއް އަޔަސް ރާއްޖޭގަ ނެތް މިވަރުގެ ނޫހެއް. ޢެންމެ އަވަހަށް ހަބަރުތައް ގެންނަނީ މިނޫހުން ކަމަށްވާތީ.

      13
      2
    • އިންސާފް

      މީ އަހަރެން ސަރުކާރަށް ތާޢީދުކުރިޔަސް ވަގުތު ނޫސްދެކެ ލައިކު ވާ ކަމަކީ. ވަގުތު ނޫހަށް ހަޖަމުކުރެވޭ މީހުން ކިޔާއެއްޗެހި. އަހަރެން މަޝްހޫރު އެހެންނޫހެއްގަ ނުބައިކޮށް ލިޔެފަ އޮތް ޚަބަރެއް، ރަނގަޅުގޮތް ކޮމެންޓުގަ ޖެހީމަ ނުވެސްކެރުން އެކޮމެންޓު ޖަހާދޭކަށެއްވެސް. ހަޤީގަތުގަ ވަގުތު ނޫސްދެކެ ސަރުކާރަށް ތާޢީދުކުރާ ބައެއްމީހުން ރުޅިއަންނަނީ ސަރުކާރާދެކޮޅު ޚަބަރުތައް ގެނެސްދޭތީ އަދި ޝާޢިރުކުރާ ސުޓައިލުން. އެކަމަކު ރައީސް ސޯލިހްވެސް ވިދާޅުވިފަދައިން ނޫސްވެރިން ވާންވާނެ ސަރުކާރު ޒިންމާދާރު ކުރާ ބަޔަކަށް، އަދި މިހާރު އިދިކޮޅުސިޔާސީ މީހުންގެ ބާރު އެހާ ދައްއިރެއްގަ ސަރުކާރު ހަމަމަގުގައި ހިފެހެއްޓުމަށް މީޑިޔާ ވ.މުހިއްމު! ވެލްޑަން ވަގުތު ނޫސް

  4. ސަމަލް

    ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮއްފަ ހުރި މީހަކައް އިންޒާރު އަންނަނަމަ އެކަން ގުލުހުންނައއ އަންގަންވާނެ. އެކަން އެންގިންތޯ.؟ ކޯޓުން އަދި މިނިވަން ނުކުރާ މީހަކު ސަލާމަތަށޭކިޔާފަ ފުލުހުންނައް ނާންގާ ފިލައިގެން ޕާސްޕޯޓުނެތީސް ބޯޓަކައް އަރައިގެން ދިޔުމުން އެއީ ރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދުގެ ތެރޭގައި ކުރެވޭ ޖިނާއީ ކުށަކައް ނުވޭތޯ.؟

  5. ކޮބާ

    ކޮބާ މީހުންގޭގެ ދޮރައްވަޅިޖަހާ ލައްކަ ރުފިޔާއިން އެއްމެ ސިމްކާޑެއް ގަނެ ކަންމަތީ ގުރޫޕްތަކަށް ލައްކާން ފައިސާބަހާ ހުޅަނގުފަރާތައް ގުދުވެނުލާ އުޅުނު އިރު ތިމާހީކުރީ ތިމާޔަކީ ފިސާރި މީހެކޭދޯ !

  6. ސާމަރާގޭ ބުރޯ

    ވަޅެއް ނުތެޅޭނެ. ތެޅޭނީ ދާނި. ވަޅު
    ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ. ރައީސް ޔާމީނު ދިގު މުއްދަތަކަށް ޖަލައްލާން މިޔަދުންފެށިގެން ނިޔަތް ގަނެފިން.

    12
  7. ގައުމުގެ ދޫ

    ބާރު އޮތް ދުވަހު އެން މީހުންނަށް ގުޅާ އިންޒާރު ދެއްވިއިރު އެ ނޫން ދުވަހެއް އަންނާނެ ކަަމަށް ގަބޫލެއް ނުކުރެވުނު. އަދު މިވަނީ ހާލަތު ބަދަލުވެފަ، އިހުއޮތް ބާރު ބީވެ އެހެންމީހުން އެހީތެރިކަމަށް އެދެން ޖެހިފަ. ދުނިޔެއީ ހައުދަހާވާ އިބުރަތުން ފުރިގެންވާ ތަނެކޭ ދެއްތޯ!

    10
  8. މަރުމޯލު

    އޮޅުވާނުލާ އަދީބު ހައްޔަރުކޮށަފަ ތިހުރީ ކަމަކާ ނުލައެއްނޫން.މިރާއްޖޭގައި މިހާހިސާބަށްކުރި ހުރިހާ ނުބައި ކަމެއްގެ ފަހަތުގައި ހުރީ އަދީބު.މިރާއްޖޭގައި ކުރި އެއްމެ ބޮޑު ޚިޔާނާތުގެ ފަހަތުގައި ހުރީ އަދީބު. މިރާއްޖޭގައި މަރާފައި ހުރި ބައެއްމީހުންގެ ފަހަތުގައި ހުރީ އަދީބުކަމަށް ތުންތުން މަތީ ވާހަކަދެކެވޭ.ތިމާގެ އެއްމެ ބޮޑު ގާތް އެކުވެރިޔާގެ ދުވަސްދުއްވާލަން ފައިސާއާ ޖާހަތާ ޝާނާ ޝައުކަތަށްޓަކައި އުޅުނީ އަދީބެއްނު. މިކަމަށް އިންސާފު ޤާއިމުކުރަން އުޅުނީމަ ޓަގްބޯޓަކަށް އަރައިގެން ފިލަން ތިދިޔައީ.މިރާއްޖޭގައި އެހެނިހެން ރައްޔިތުންވެސް އެބަތިބި އިންޒާރެއްނުލިބޭ. ތިކަހަލަ ބޮޑެތި މުޖްރިމުން އެހެން މީހުންނަށް ލިބޭ ޢިބްރަތަކަށްޓަކައި އަބަދު ޖަލުގައި އޮންންނަންޖެހެނީ. އަދީބުއަކީ އެހެން ޤައުމަކުންވެސް ހިމާޔަތް ލިބޭނެ މީހެއްނޫން. ބޮޑު ޓެރެރިސްޓެއް ދުނިޔޭގެ ޤައުމުތަކުން ބަލައެއްނުގަންނާނެ. ބަލައި ގަންނާނެ ނަމަ ޗައިނާއަށް އޭރު ގޮސް އަދީބު ނާންނާނެ.

    • ޕަރަސެޓަމޯލް

      ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމްތަންފީޒު ކުރަމުންދިޔަ މީހަކު ބޭސްފަރުވާއަށޭކިޔާ ދޮގުހަދާގެން އިނގިރޭސިވިލާތަށްގޮސް ހިމާޔަތްހޯދި މީހެއް. އެހެންކަމުން ދުނިޔޭގެ ގައުމުތަކުން ޓެރަރިސްޓުން ބަލާނުގަންނާނެކަމަށް މަރުމޯލުތިބުނާބުނުން ދިމަލެއްނުވޭ. ކޮމެންޓް ލިޔާއިރު ކަންކަން ހިނގާފާހުންނަގޮތް ނުބަލަނީ ހަމަ ފައްކާ މަރުމޯލެއް ވީމާ.

  9. މިގޭ

    ފަނޑިޔާރުގެ އަށްތާހިރުކުރުމުގެ ބަދަލުގައި މިހާރު ތިޔަކުރެވެނީ ނުތާހިރުކަން މިހިރަހާމަވަމުންދަނީ. ނުތާހިރާ ތިބިބަޔަކަށް ކޮންތާހިރެއް ކުރެވޭނީ. ބާރު އޮތީމާ އިންސާފު ފެންނަކަން މަމެންނަށް އެބަހާމަވޭ. ޒީރޯ ޓޮލެރަސް. ސޯލިހު

  10. އަދާލަތު

    ތިޔައީ ސަރުކާރާއި ގުޅިގެން ކުޅުނު ޑްރާމާޔަކާ ހާދަވައްތަރޭ.

    4
    1
  11. ލަކީ

    ހެހެ ހަމަ އެންމެން ކިޔަނީ އެކައްޗެއް ބަލަ އާވާހަކަ ދައް
    ކަން ނޭގެނީ ތަ ކުރީގެ އޭސީސީގެ ރައީސް ހަސަން ލުތްފީ ވެސް ބުނީ ފުރާނަޔށް ނުރައްކާވެގެން ނޭ ފިލީ ހަމަ
    ޢަދީބުވެސް ހަމަ އެގޮތަށް ކޮައްފަ ހުރި ވައްކަން ތަކުން ސަލާމަާތް ވާން ވެގެން މި ފިލަނީ