ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމަކަށް ފައިސާތަކެއް ޖަމާކުރަން ދިޔަ ހައި އިންވެސްޓްމަންޓްގެ މުވައްޒަފެއްގެ އަތުގައި ހުރި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފޭރުމުގެ އެ ހާދިސާ ހިނގާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ގެ ހެނދުނު ހައި އިންވެސްޓްމަންޓްގެ މުވައްޒަފަކު ކަޅުކުލައިގެ ދަބަހަކަށް 449،305 ރުފިޔާ އާއި 6،200 އެމެރިކާ ޑޮލަރު އަޅައިގެން ބޭންކަށް ޖަމާކުރަން ދަނިކޮށެވެ. އެ މުވައްޒަފަށް ވަނީ ވަޅިން ބިރު ދެއްކުމަށް ފަހު މަގުމަތީން އެ ފައިސާ ފޭރިގެންފައެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ގއ. ކޮލަމާފުށި، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒް އާއި ސ. ހިތަދޫ، ޑިސެމްބަރު، ހުސައިން ޝާނީޒް އަދި ލ. ގަން، ތުނޑި، ކީމިޔާގެ، ހަސަން ރާޝިދުއަށެވެ.
ހަސަން ރާޝިދު އާއި އަލީ ރަފާހުގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުގެ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އަދި ހުސައިން ޝާނީޒް ގެ މައްޗަށް އުފުލާފައި ވަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މި މައްސަލައާ ގުޅިގެން ތިން މީހުން ހޯދަން ފުލުހުން އިއުލާނު ކުރުމުން އަލީ ރަފާހް އާއި ހުސައިން ޝާނީޒް ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފަ އެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް މި ދައުވާ ސާބިތުވާ ވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާތީ ހަސަން ރާޝިދު އާއި އަލީ ރަފާހުގެ މައްޗަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުގެ ހިންގުމުގެ ކުށުގެ ދައުވާ އާއި ހުސައިން ޝާނީޒް ގެ މައްޗަށް އުފުލާފައި ވާ އެކަމުގައި ބައިވެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމުގައެވެ.
ހިސާބުބެއްލެވޭ ދުވަހު ނުޗެލޭނެ!
މަރުހަބާ، 3 މީހުނަށް 3 ލައްކަ، ޕީޖީ އާއި ފުލުހުނަށް 2 ލައްކަ.. ތީތި ސަޅި، ދެން ވަޒީފާދޫކޮށްލާފައި މަވެސް ތިމަސެއްކަތް ކުާނީ
ޚީއްވެހޭ އެހާލަސްވަނީ މައްސަލަަތައް ނިންމަން 3އަހަރު ދޮއްތަ
ބޭންކުގަ ހުންނާނެ ސީސީޓީވީ ކެމެރާ....ދެން ކީއްވެ ސާބިތު ނުވަނީ ..
އަނެއްކާ އަނެއް ކަންތައް. ބޭންކުތެރޭތަ ފޭރިގަތީ
އާނ އެހެންތާ ވާނީ. އެމީހުން ލައްވާ އެކަން ކުރުވާ އެ ފައިސާ ބޭނުންކުރި މީހުން ވެރިިކަމުގަ ތިބީމަ ދެން އެމީހުން އެކަން ކުރި ކަމަކަށް ނުވާނެތާ.