އީދު ޗުއްޓީ އަންނާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭގަނޑުވެސް ކުރިއަށް ގެންދަން ނިންމައި، ކުރިއަށް އޮތް ތިން ދުވަހުގެ ރޭގަނޑުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީދު ޗުއްޓީއަށް ދިއުގެ ކުރީގައި މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ނިންމުމަކީ މުހިއްމުކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިންމޭ ކަމަށްވާނަމަ ކުރިއަށްއޮތް ތިންދުވަހު، ރޭގަނޑުވެސް ޖަލްސާތައް ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

"މަޖިލީހުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިންމޭ ކަމަށްވާނަމަ ކުރިއަށްއޮތް ތިންދުވަހު، ރޭގަނޑުވެސް ޖަލްސާތައް ބާއްވާނަން, ރޭގަނޑު ޖަލްސާތައް ބޭއްވުމުގެ ބޭނުމަކީ އީދު ޗުއްޓީއަށް ދާއިރު އެޖެންޑާ ތޮއްޖެހިފައި އޮތަ ނުދިނުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި މަޖިލީހަށް ތައާރަފްކުރާ ބިލް ތަކާއި، ކޮމިޓީތަކުން ހުށަހަޅާފައިވާ މަސައްކަތްތަކުގެ އިތުރުން، މެންބަރުން ހުށަހަޅުއްވާފައިވާ ބައެއް ގަރާރުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    ކޮންކަމެއް ކުރަންތަ ރޭގަނޑު ޖަލްސާތައް ބާއްވަނީ. ގައުމުގަ މަޝްރޫއެއް ހިންގަނީކީނޫން. އަލަށް ހަދަންޖެހޭ ޤާނޫނެއް އޮތީކީނޫން. ރައްޔިތުން ތިބީ މަގުމަތީގަ ކުރަނެ މަސައްކަތެއްނެތި. އާމްދަނީ ލިބޭނެ ވަސީލަތެއްނެތް. ބޮޑުވަޒީރުކަން ލިބެންދެން ޖަލްސާތައް ކުރިޔަށް ގެންދޭ. އެކްޓިވްވެގެންތިއުޅޭ ސަބަބަކީ މަޖްލިސް ތެރެއިން ބޮޑުވަޒީރުކަންހޯދުން. އެކަންކުރެވޭތޯބަލާ ހޭލާހުރެގެންވެސް