ފިލައިގެން އިންޑިއާ އަށް ދިއުމުން ހައްޔަރުކޮށްގެން ގެނައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އިލްޔާސް މައްސަލަ މަޖިލީހަށް ހުށަހެޅިއިރު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އަދީބު ވަނީ ރޭ ފަތިހު ހައްޔަރު ކޮށްފައެވެ. ރޭ އަދީބު ދޫކޮށްލަން ކޯޓުން އަމުރު ކުރީ އަދީބު ހައްޔަރު ކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ކޯޓުގައި އިއުތިރާފު ވުމުންނެވެ.

މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކަކީ ހަމައެކަނި ބަހުސް ކޮށްލުމަށް ފަހު ނިންމާލާ މައްސަލައެކެވެ. އެކަމުގެ ސަބަބުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯވެއެވެ.

އަދީބު ރޭ ފަތިހު ހައްޔަރު ކޮށްފައި ވާއިރު މިހާރު އަދީބު ހައްޔަރު ކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިޔަށްގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެމަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަން އެނގިވަޑައިގެންނެވި ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ. ރާއްޖެ ދޫކޮށް ދާން ޖެހުނީ، އެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

"މައުލޫމަތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ޑެސިޝަން ނެނގުނީ،" ރާއްޖެއިން ފުރައިގެންދާން ޖެހުނު ސަބަބު ހާމަކުރައްވާ، ޝަރީޢަތުގައި އަދީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޥަރަށްސާފު

  ބަތް ކައްކާ ކުޅޭ މަޖިލިސް

  13
 2. ނިހާނު

  އަދީބު ފިލާގެން ދިޔުމުގަ އެންމެ އަޑީގަ ހުރީ ރައީސް ޔާމީނު.

  1
  19
 3. ކިނބޫ

  ޖަހައިގަނެގެން، ފޭރިގަނެގެން، ރަހީނު ކޮށްގެން ކޯޓަށް ގެންދިޔަސް މުއްދަތެއް ނުޖެހޭނެ. ދެން ކަލޭމެންގެ އާންމު އުސޫލުން ފަނޑިޔާރު ނިޒާމުން ގެއްލުވާލަންވީނު. އިންސާފުތައް ކަލޭމެންގެ ވަށައިގެން ކޯދުލާ އޮހޮރެނީނު

  12
  1
 4. ދދދދދދ

  މިހެން މީހުން ވަގަށް ނަގައިގެން ގެންގޮސް ކޯޓުތެރެއިން އަދަބު ދޭން ވެގެން ފަނޑިޔާރުގެއަށް ހަތަރެސްފައި ބާނައިގެން ތިއުޅެނީ އޮތަ؟ ކަލޯ ވެއްޓެނީއޭ އިނގޭ. ގިނަ ދުވަހެއް ނެތް.

  11
  1
 5. އެމް ޑީޕީ

  އަދީބު ދޫކޮށްލުމަކީ އަނެއްކާ ސުލޫކީ މައްސަލައަކަށް ނުވާނެބާ؟؟

  11
 6. ބެއްޔާ

  ތިއޮތީ މަޖްލިހެއް ލިބިފަ. ހަރުކޮށް ފާޚާނާއަށް ދެވުނަސް މަޖްލިހަށް. ބަލަ އަދީބަށް ސަނާކިޔާފަ އެވަރުގެމީހެއްނެތް ކަމަށް ދައްކާފަ އޭނައަތުން ބޮނޑިވަރު ލިބި ރައީސްކަން ލިބުނީމަ އޭނަވީ ދަންޖައްސަންތަ. އަދީބަކީ އައްނި ގެންގުޅޭ ފަންޏެއްނުން. ތިވެސް ހަދާލި ފަންޏަކަށްވާނީ.

 7. ވިސާކް

  މުއްދަތުޖަހަން މަޖިލީހަށް ގެންދިޔަނަމަ... ކީއްކުރަން ކޯޓަށް ގެންދަނީ..

 8. އަދުލް

  އަދީބުފިލާގެން ދިއުމުގެ ކަންކަންރާވާ ހިންގަން މަގުފަހިކޮށްދީހެދީ އެމްޑީޕީސަރުކާރުގެ ރައީސް އިބޫއާއި އަންނި މީތިވަރަށްސާފް

 9. ޢަލީ

  ގޭމެއް