މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެމީހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދީފައި. ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، މީހަކު ރަހީނުކޮށްގެން ގެންގުޅެ އެ މީހާއަށް އަނިޔާކޮށްފައިވާކަމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އިއްޔެ ހެނދުނު ދެ މީހަކު މާލެ އިން ހައްޔަރުކޮށްފައި ވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ ބިސްބުރު ކައިރީގައި ހުންނަ ގެ އެއްގައެވެ.

މިއީ ފާއިތުވި ދެތިން މަސް ދުވަސް ތެރޭގައި ރާއްޖޭގައި ހިނގި މީހަކު ރަހީނު ކުރުމުގެ ދެވަނަ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު