ކޯޓަށް ހާޒިރު ކުރަން ޖެހޭ މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. މާޅެންދޫ، މާވިނަ، ސަފްރާޒް އިބްރާހީމް (32އ) އެވެ.

ސަފްރާޒް އިބްރާހީމް ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ޚަރަދަށް ފައިސާ ނުދެއްކުމުގެ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 އޯގަސްޓް 25 ވަނަ ދުވަހު 10:30 އަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސަފްރާޒް އިބްރާހީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސުމާލު

    ތިކަހަލަ މީހުން ބައިވަރު މިރާއްޖޭގަ ތިހުރިހާ އެންމެން އަނދަގޮނޑިޖަހައިފަ ނަމަވެސް ދަރިންނާއި އަނބިންނަށް ފައިސާ ހޯދޭން އެބަޖެހޭ މީހުންނާއި އިނދެ ދަރިން ހޯދައިގެން ޚަރަދު ނުކޮށް މުޅި ރާއްޖޭގައި ތިމާވަރުގެ މީހެއްނެތިގެން މިއުޅޭ އެންމެންވެސް ސައިޒަށް ތިރިކުރަން އެބަޖެހޭ ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން

  2. މިނިކާއީލު

    ކަނޑުމަތިން މީހުން ފޭރެން ވަރަށް ކުޅަދާނަ. އެއްގަމުގަ އުޅޭ މީހަކު ހޯދާނެ ގޮތެއް ނޭނގޭ.