ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި މައްސަލާގައި ފުލުހުންގެ އިންޓަލިޖެންސް ފެއިލްވެފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދިބު ފިއްލަވައިގެން އިންޑިއާއަށް ދިޔަ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކައިލް ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ އަދީބަށް ލިބުނު ހަނި ފުރުސަތެއްގެ ތެރެއިން އޭނާ ފިލަން މައްސަކަތް ކުރިތަން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސަރުކާރުގެ އިދާރާތައް ބަލަބަލައި ތިއްބާ އަދީބު އަނެއްކާވެސް ފިލައިގެން ދާން މައްސަކަތް ކުރި މަންޒަރު, އަދި ހަނި ފުރުސަތެއްގެ ތެރެއިން ހައްޔަރު ކޮށްގެން އަނެއްކާވެސް ރާއްޖެ ގެނެވުނު މަންޒަރު" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ އަހުމަދު އަދީބް ފިލާފާނެ ކަމަށް މީގެ ކުރިން ސަރުކާރުގެ އިދާރާތަކާއި ރަައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްގެނެސް ތިއްބާ އެގޮތަށް އެހިސާބަށް ދެވުނު ގޮތާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
"އަދީބު ފިއްލަވައިގެން އިންޑިއާއަށް ދިޔަ މައްސަލާގައި ފުލުހުންގެ އިންޓަލިޖެންސް ފެއިލްވެފައިވާކަމުގެ ހެއްކެއް, ދެން މި ކަހަލަ ކަމެއް ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅެން ޖެހޭ" މީކާއިލް ވިދާޅުވިއެވެ.
އަދީބު ރޭ ފަތިހު ހައްޔަރު ކޮށްފައި ވާއިރު މިހާރު އަދީބު ހައްޔަރު ކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
އަދީބު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެ މަސްވެފައިވާ ކަމަށެވެ.
ނަމަވެސް އެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަން އެނގިވަޑައިގެންނެވި ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ.
ރާއްޖެ ދޫކޮށް ދާން ޖެހުނީ، އެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް އަދީބު ވިދާޅުވިއެވެ.
މަޖްލިހުގައި އިން މަށަށް އެންމެ ކަމުދާ މެންބަރަކަށް މީކާއީލް މަޑުމަޑުން ވަމުން އެބަދޭ!!! ޒާތީ ނުވެ، ނުފޫޒު ބޭނުންނުކޮށް، ގާނޫނާއި، ގަވާއިދާއި، ފެންނަ ހެތްކަށް ވާހަކަދައްކާ މެންބަރަކަށް މީކާއީލް ވަމުން އެބަދޭ. ﷲ ތަޢާލާ މީކާޢީލަށް އިސްލާމްދީނުގެ ތެދުމަގު ދައްކަވާ އެމަގުގައި ފައިތިލަ ޘާބިތުކޮށް ހައްޤަށް ވަކާލާތު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.
މީކާޢީލު އަދިހުރީ އިސްލާމުދީނުގެ ހިދާޔަތުނުލިބިތަ؟
މީކާއިލްވަރެއް މިހާރުނެތް. ހަމަ ތެދުބަހުން ވާހަކަ ދައްކަވާކަން ފާހަގަކުރެވޭ. އެއްވެސް ގޮތަކަށް، ޒާތީނުވެ، ހެތްކަށް ބުރެވެ ވާހަކަ ދައްކަވާ ބޭފުޅެއް. ރަނގަޅު.
ފުލުހުންނަކީ ޑްރާމާ ކުޅޭ މީހުން. ފްރޭމް ކުރުމުގައި އުޅެމުންދާ ބައެއްގެގޮތުގައި ބެލުމުގެ ފުރުޞަތު ދެމުންދާ ބައެއް. ތެދުފުޅެއް އެވިދާޅުވީ.
އާދެ ވަޑައިގަންނަވަން، ލައްބަދުރުވަން ކިޔާވަރު މީހެއްތަ އަދީބަކީ؟ އެހެންވިއްޔާ ފަސްމާމުލުންގެ ފަސްވަގުން ވެސް ވަޑައިގަންނަވާނީތާދޯ؟
މީއްކޮ ތިބުނީ ހެޔޮކޮށް. ފުލުހުން ތިޔަ އޮތީ ބޮޑު ތަނުން ފެެއިލްވެފަ. އެމްސީ ހަމީދު ބަނޑުލާގެން އުޅޭ އިންޓްލް ވެސް ފެއިލްވީ. ސިފައިންނާ ގައުމު ހަވާލުކުރޭ އަވަހަށް މަދަނީ ބައިވެސް. ހޯމް މިނިސްޓަރ އިމްރާނު އަދި ޕޮލިސް ކަމިޝަނަރު ކަމުގައި ހުރި އެމްސީ ހަމީދު ގެއަށް ފޮނުވާލަންޖެހޭ މައްސަލައެއްމީ. އެމްސީ ހަމީދަކަށް ފުލުސް އޮފީހެއް ނުހިންގޭނެ. ސިއްކަގެ ދަރިއަަށް ވަގަށް ފުލުސް އޮފީސް ތެރޭގައި އަންހެނުންނާ އެފެއަރ ކޮށްފަ ރާއްޖެއިން ބޭރަށް ގޮސް އެފެއަރ ކޮށްފަ ދެން އެހެން ކަމެއް ކުރަން އޭނައަށް ވަގުތެއް ނުވާނެ. އޭނައާ ހަވާލުކުރަންވީ އަމީނިއްޔާ ސްކޫލް.ސެއިހް އިމްރާން ވެސް ހުރީ ކޮރަޕްޝަންގެ މޫތަކާއެކު ބަދަލުވެ އެކަމުގައި ފިތި ބާރުވެފާ. އޭނަވެސް ދެންް ރަގަޅުވާނީ ގޭގަ އޮންނަން
އެމްޓީޑީޓީގެ ފަރާތުން އީދުގައި ގުރުބާންކުރަން މަސްފަލަ ގެރިޔެއް ދާދި ދެންމެ ރާއްޖެ ގެނައުމާއިއެކު ގެރި ފުލުހުންގެ އިދާރާއަށް ވައްދާ ގެރި ރާއްޖޭގެ މާހައުލަށް ހޭނުމުގެ ވެކުސިން (އެމް.ސީ) ހަމީދު އެބަދެއްވާ...
ފުލުހުން ކީއްކުރާނީ ކަލޭމެން އަންގާ ހޮތަކަށް އެމީހުން އަމަލު ކުރަނީ އަދީބު ފިލަން އުޅޭ ވާހަކަ އިންޓެލިޖެންސް ފުލުހުން ބުނެފަވީ އެކަމު ކަލޭމެންގެ ވަގު ސަރުކާރުން އެއަށް ބީރު ކަންފަތެއް ދިނީ ބްރޯ
މީ ދެން ކާކުތަ އަޅެފަހެ
ތިފަދަ ކަންކަން ހިނގީމަ އޮންނަނީ މުޅި ސަރުކާރު އިސްތިއުފާ ދިނުން. ދެން ނުވާނެހެން ފިޔަވަޅު އެޅުމެއް ނޫން. އެއީ ކަންކަން ރައްޔިތުން ހަވާލް ކުރީމަ ނުވީ. ދެން ޖެހެނީ އިސްތިއުފާދޭން. އަދި އެހެން ބަޔަކާ ހަވާލް ކުރަން. މިނޫން ގޮތަކަށް ކަންކަން ރަނގަޅެއް ނުކުރެވޭނެ. ހަމަ ތިއެއްމެން އިސްތިއުފާދީ. އެއީ ކަލޭމެނަކަށްވެސް ޖަވާބުދާރީ ނުކުރެވޭތަން ތިފެންނަނީ. ކޮމިޝަނަރު އިސްތިއުފާދޭން ހުށަނޭޅޭ މަންޒަރު ތިފެންނަނީ. އިންރާނަށް ފިޔަވަޅު ނޭޅޭ މަންޒަރު ތިފެންނަނީ. އެހެންވީމަ ބައްކައްކާ ނުކުޅެ އަނގަނާރުވާ އިސްތިއުފާދީ ތިބައިގަނޑު.
ތިދުބަހުން ވާހަކަ ދައްކާލަބަލަ މަޖިލީހުގަވެސް އެއިނީމާއިބަދަބިދިގެންފިލާއުޅުނުސޮރެކޭނުވިތާކަށްއޭރުސަރުގާރުގައނއުޅުނުހުރިހާބޮބުންތަށްފިލާއިގެންއުޅުނީކޮންތާކުކަންވެސްބުނެލީބަލައެއްމެންނެއްއަބަދަކުހަމާގައެއް ނުހުއްޓަސް ބައެއްމީހުން ހަމާގައެބައުޅެއޭ
ކޮބާ ކޮމެންޓް ޖަހާލާކަށް ނުކެރުނުދޯ
އަދި ވެސްއިމްރާނު މެންހެއެއް ނާރާނެ
މިއީ އަންނިގެ ޕަޕެޓެއް
.. މީނާ ހިތުން 2023 ގެ ރިޔާސީ ކެނޑި ޑޭޓޯ މަޖިލީހުގައި މީނާގެ ބަސް މަގު ވަރަށް ހުތުރު.. މިވާހަކަ މިގޮތަށް މިދެއްކީ އަންނި ބުނެގެން ... ޙެ ހެ .. ކަލޯ ކަލޮޔަށް ހިޔަނި ފެންނަނީ ތަ؟