މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ވީ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އަދީބު އާއި ޕްރޮސެކިއުޓަރ ޖެނެރަލް މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ރެއާއި ހަމައަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހެދިކަން ދައުލަތުން ހާމަކުރީ، އަދީބު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ޝަރީޢަތުގެ މަޖިލީހުގައެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގެންފައި ވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވާށެވެ،

ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިދާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން މިހާރު ވެސް ވަނީ އަދީބުގެ މައްޗަށް ދައުވާ ނުކުރަން އެއްބަސްވެފައެވެ. ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު އަދިވެސް ކުރިއަށް ދާތީ އެތަޙްޤީޤުގެ ތެރެއިން ފެންމަތިވާ އިތުރު މައްސަލައަކަށް ދައުވާ އުފުލުމުގެ ފުރުސަތު އެބައޮތެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރު މެދުވެރިއެއްގެ ރޯލް އަދާކޮށްގެން ޕީޖީ އިން އަދީބާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން "ބޮޑެތި ޙުކުމްތަކުން އަދީބު ސަލާމަތްވާނެ." އެވެ.

ނަމަވެސް އަދީބާ އެކު ދައުލަތުން ވީ އެއްބަސްވުމާ އަދީބު ޚިލާފުވެފައިވާ ކަމަށް ފުލުހުން ރޭ ކްރިމިނަލް ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން އެހެން ވިދާޅުވި ނަމަވެސް އަދީބުގެ ވަކީލް، މަހްފޫޒް ސައީދު މިއަދު ވިދާޅުވީ އެއްބަސްވުން ކުރިއަށް ގެންދަން އަދީބު ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ތަހުގީގުގައި އަދިވެސް ފުލުހުންނަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދީބަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ ނަމަ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ހިއްސާކުރަން އަދީބު ބޭނުންފުޅުވޭ،" މަހްފޫޒް ވިދާޅުވި އެވެ.

އަދީބު ބަންދުގައި ހުންނެވުމަކީ، މަހްފޫޒް ވިދާޅުވި ގޮތުގައި، އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫނެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފަށް އަދީބު ހައްޔަރު ކޮށްފައި ވާތީ ރޭ އަދީބު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް ރޭ ފަތިހު ވަނީ ކްރިމިނަލް ކޯޓުން އިތުރު އަމުރެއް ނެރެ އަދީބު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހަނުހުންނަ މީހާ

  ރަގަޅަށް މައުލޫމާތު ހޯދައިގެން އާޓިކަލްތައް ލިޔުން ބުއްދިވެރި

  3
  10
  • ކިނބޫ

   އުސޫލާ ޚިލާފަށް ޔާމީންގެ ޝަރީއަށް އާންމު ކުރަނީ ދައުލަތުގެ ފައިސާއާ ގުޅޭ ކަމެއް ވީމައޯ. އެކަމަކު ޔާމީން އެކައުންޓުގަ ދައުލަތުގެ ފައިސާއެއް ހުރިކަމެއް އަދިއެއް ސާބިތެއް ނުވޭ. އިއްޔެވެސް އޭސީސީ ރައީސް ބުނީ އެއީ ދައުލަތުގެ ފައިސާ ކަމަށް ނިިންމާފަ ނެތް ކަމަށް. އެމްއެމްޕީއާރްސީގެ ފައިސާ ކަމެއްވެސް ނޭނގެއޭ. އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ދައުލަތުގެ ފައިސާއެއް ނޫންތަ؟ އޭނައަށް ދައުވާ ނުކުރަން ނިންމޭނެ ސަބަބެއް ނެތް. ތިހުރިހާ ޖައްބާރުންތައް ހިފާ ހައްޔަރުކޮށް އަނދަގޮނޑި ޖަހާ ދުވަސް އެބައާދޭ. ފިސާރި ތައްޔާރަށް ތިބޭތި. ހަމަ ވައްޓާލާނީ. މާލެ އަރާ ތަނުން ތުނބުޅިގަނޑު އުފުރާލާނަން. އާނދޮގޭ އެހެންތަ ހީކުރީ؟ ނުތިބެވޭނެ ތިހެނެއް

   1
   1
 2. Anonymous

  ރައްޔިތުންގެ ފައިސާގެ 950 މިލިއަން ޑޮލަރު ކާލައިގެން، ރައްޔިތުންގެ ބަހެއްނެތި. ސަރުކާރުގެ ވެރިން ހަސަދަވެރިވާ އަދި ރުޅި އަރާ މީހަކާ ދެކޮޅަށް ބަޔާން ދިނުމަށް އެއްބަސްވުކުރުވާ. 950 މިލިއަން ޑޮލަރު، ރައްޔިތުންގެ ފައިސާ އަދީބަށްދޭން ސަރުކާރަށް އެއްބަސްވެވޭނީ ގޮތެއް އޮންނާނެތަ؟ އެހެން ވެއްޖެއްޔާ، 950 މިލިއަން ނުވަތަ އެއަށްވުރެ ދަށުން ދައުލަތުން ފައިސާ ވަގަށް ނަގާ ކޮންމެ މީހަކަށް މިފުރުޞަތު ލިބެންޖެހޭނެ. އަދީބު ގިނަ ފައިސާ ނެގީމަ އޭނައަށް ހުކުމެއް ނައިސް އޭގެ ތެރެއިން 1 ޕަސެންޓް ލިބުނު މީހާއަށް ހުކުމެއް އައުމަކީ، އިންސާފާ ސީދާ ދިމާ ދެކޮޅު ކަމެއް.

  36
 3. ޤާސިމު

  މުޅި ދައުލަތް ދަވާލިކަމަށް އިޢުތިރާފްވީ މީހާގެ މައްސަލަތައް ޑީލެއްގެދަށުން ނުބަލާ ދޫކޮށްފައި ، އެތިކޮޅުކޮޅު ލިބުނުމީހުންގެ މައްސަލަތައްބެލުން ވާނީ އިސްލާމްދީނުގައި އޮންނަ ޢަދުލުގެ ނިޒާމް އެފުށްފުށުން ޖެހުމަށެވެ. މިވަރު މި ރާއްޖޭގެ ފަނޑިޔާރުންނަށް ފަހުމު ނުވަނީހެއްޔެވެ؟

  50
  3
  • ޢަލީ

   ކަލޯ އެބުނަނީ ނޫންތަ ސަރުކާރުންނޭ ސޯލިހުއޭ އޭނަދޫކޮއްލީ ޔާމީނު ޖަލައްލާން އެހީވާމަތިން..ސޯލިހުމެން ޔާމީނާހެދި ހޭބަލިވަނީ..ޔާމީނު މޮޑެގެން ކާންވީނު ސޯލިހުގެ ދެޅިޔަނުން މޑޕ ކުދިން

   39
 4. އައްޑޫސިޓީ

  ތިކަން ތިހެންކުރުމެކޭ މައުމޫނުގެ ދުވަސްވަރު ހުރިފުލުސްކޯޓްން އެދުވަސްވަރު އެހެންނަމަވެސްއޭ ކިޔާފަ ހުކުމް ކުރިގޮތައް މިހާރުވެސް ހުކުމްކުރަން ވީނޫންތޯ؟ އެހެންޏާފަހެ ވަކިމީހަކު ޝަރީއަތުން ކުއްވެރިކުރުމައް އެމައްސަލައިގެ އެންމެއސްކޮށް ހުރިމީހާއާ ސަރުކާރުން ޑީލްހަދައިގެން ހެކިބަސްނެގުމެކޭ ފުލުސްކޯޓްގެ ހުކުމެކޭ ތަފާތެއް އޮންނާނެކަމަކަށް ނުބެލެވޭ. އަދުލުއިންސާފު މިހިރީ ސީދާބަދަލުހިފުމުގެ ރޫހެއްގަކަން އަންމެ ނުކުޅެދުންތެރިކަން ހުރިމީހާއައްވެސް އެގޭވަރައް މިކަން ހާމަވަމުން މިދަނީ.

  14
 5. ހިޔަރިން

  އަދީބުގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން އެއްބަސްވުމެއް ވެފާވާކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާ ސަރީޔަތުގެ މަޖިލީހަށް ބަލާނުގަންނަން ނިންމާފިން. މިގޮތަށް ސަރީޔަތުގެ މަޖިލީހުން މި ނިންމީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން އެއްވެސް އެއްބަސްވުމެއް އެއްވެސް އިރެއްގާ ވެފާވާކަން ސަރީއްޔަތުގެ މަޖިލީހައް ސާފުކޮށް އެގެންނެތުމުން.

  6
  1
 6. މޯދީ

  ސަހަލު އެކަކުވެސް ނެތް! ބަދަލުހިފަން ރާވާފަ މިއޮތީ، ކޮއްމެވެސް ބަޔަކު އެބަޖެހޭ ރައްޔިތުންނަށް ދައްކަން ބަދަލުހިފުމަކީ ފައިދާ ހުރިކަމެއް ނޫންކަން، ގައުމާ ރައްޔިތުންގެ ފައިދާޔަށް ކުރިޔަށް ދިއުން މުހުއްމީ! ވެރިކަމުން ފައިބާ މީހާ ބަންދުކޮށް ހަރުގެއަށް ލުމުގެ ސަގާފަތް ހުއްޓާލަންޖެހޭ!

  42
  2
 7. ނާދިރާ

  މީގެން އެގެނީ ސަރުކާރުން ބޭނުންވާ މީހަކު ދުއްވާލުމަށް އަދީބުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަމުންދާކަން.

  58
 8. ފިނޑި (ފިލި) އަދީބު

  އަޅުގަނޑުވެސް ބޭނުން ދައުލަތުން ވައްކަން ކުރަން. ލާރިގަނޑު ކާލާފަ އެއްބަސްވާނަން. އަޅުގަނޑުވެސް ދޫކިށްލަދޭތި.

  37
 9. ހަމްދޫން

  ޔާމިންއާއި ދެކޮޅަށް ހެކިބަސް ދޭން އުޅޭތީ އަދީބުގެ ދުވަސް ދުއްވާލަން އުޅެނީ މިކޮމެންޓް ޕަބްލިސް ކުރަން ކެރޭނެބާ!

  2
  42
 10. ބެއްޔާ

  ޕާސްޕޯޓް ނެތި އެއްވެސް ޑޮކިއުމެންޓެއް ނެތި ދިވެހި ހުރިހާ ރައްޔިތުންނަށް ދަތުރު ކުރެވޭނެ! އެބުނާ ފެރީގެ އުސޫލުން އަދީބު ދަތުރު އެކުރީ!

  35
  2
 11. ޜަނާ

  މިސަރުކާރުގެ ބޭނުމަކީ ހުރިހާ ފައިސާއެއް ކައި އެކިފަރާތްތަކަށް ބައި އަޅައި އަދި ކުއްލިއަކަށްމުއްސަނދި ވި ބްރޯ ސަލާމަތްކޮއްފަ ކޮންމެ ގޮތެއްހަދައިގެންވެސް ޔާމީނުގެ ދުވަސްދުއްވާލުން ޔާމީނު ވެރިކަމަށް އައުމުގެ ކުރިން ވަހީދުގެ ވެރިކަމުގަ ވެސް ބްރޯ ފަޅުތައް ގަވައި ދާ ޚިލާފަށްވިއްކާ ނާޖާއިޒް ގޮތުގަ ފައިސާ ބޭނުންކުރި ވާހަކަ ދެއްކީވެސް ހަމަ އެމްޑީޕީ މީހުން އެކަމަކު ޔާމީނުގެ ދުވަސް ދުއްވާ ލަން ވީމަ ބްރޯވެއްޖެ ހުދު ކަފަކޮޅަކަށް

  32
 12. ޢިންމަކޮއްކޮ

  ޢިމްރާން ބޮޑުތަނުން ފެއިލްވެއްޖެ. ޢިތުރަށް ހަޑިނުހާވާ އިސްތިއުފާދީ. ޑިމޮކްރަސީގެ ކަންފުޅެއްވެސް ހުރިއްޔާ އިސްތިއުފާ ދީ...ބާރު ލިބުމުން މިއެގެނީ މީހުން ފްރޭމްކޮށް ހައްޔަރުކުރަން ފޯރި އެބަހުއްްޓެއްނު. މީހުންނަށް ބިރުދެއްކުމަކީ ހޯމް މިނިސްޓަަރ އަކަށް ހުންނަމީހަކު ކުރުން ކީއްކުރަން ހިތަށްވެސް އަރުވައިގެންވާނެ ކަމެއްނުން. ޢަވަހަށް އިސްތިއުފާ. މަޤާމުގެ ދަހިވެތިކަން ދޫކޮށް އިސްތިއުފާދީ ރީތި މިސާލު ދައްކަވާ...އެހެންނޫނީ ސިޔާސީ ގޮތުން ދުވަހަކު އެކަކުވެސް ބަލައިނުގަންނާނެ. އިމްރާން އިސްތިއުފާ އިމްރާން އިސްތިއުފާ...

  15
  1
 13. ފަތިފުއް

  ބޮޑު ކުއްވެރިޔަކަށް ވާނަމަ ލުއިކުރެވިދާނެ އާދައިގެ ނިކަމެއްޗަކަށް ވާނަމަ އުމުރުގަހޭދަކޮށްލަންވީ ޖަލުގަ ބޭސްފަރުވާވެސް ނުކޮށް ބަހައްޓަންވީ ބޮޑެތި ކުށްވެރިންނައް އިނގިރޭސިވިލާތުން، ސިންގަޕޫރު ފަދަ ގައުމުތަކުން ބޭސްފަރުވާ ދޭންވީ ހުރިހާ އެންމެން ހަމަހަމަ މިވެސް ޑިމަކްރަސީއެއް

  18
 14. ދޮގުތު

  ނާހަމަ ތެދެއް؟ އެހެންވެތޯ މިހާރުވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އަދީބާ ދެކޮޅަށް ހުށަހަޅާފައި އޮތް މައްސަލައެއްގެ ޝަރީއަތަށް މާދަމާ ހާޒިރުވާން އަންގާފައި އެއޮތީ؟

  13
 15. ބަލާމީހާ

  "އަދީބުގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ އެއްބަސްވެފައި!" ލިޔުންތެރިޔާ ދައުލަތް މިލުމުގައި ބޭނުންކުރީ ކޮންމާނައެއްގާ!

 16. އަދީބު ބްރޯ

  ނުކެރޭނެ ދޯ ދައުވާކުރާކަށް؟ ވަގަށްނެގި ފައިސާއިން ބޮޑުބައެއް ކެއީ އެމްޑީޕީގެ ތިތިބަ ކަސްބީ މަޖްލިސް މެމްބަރުންނާ މަޖްލީހުގެ ރައީސްކަމަށް ފާވެފަ އޭނދަ ޒިންޒިމަކުނު! އަދި ރައީސްއޮފީހުގަ އޭނދަ ސެލްފީ ނަގަން އުޅޭ ހިންނަވަރު ބޯހުދު މާކަނާ!

 17. ހުސޭނުބޭ

  ދަޢުވާކުރެވޭނީވެސް ކިހިނެއް! އެމްޕީއާރުސީގެ ލާރިގަނޑު ކައިގެން މަތިންއަރާވަރުން ސަރުކާރުގެ ވެރިން އެތިބެ އުޅެނީ! ފެނެއެއްނު ވަގުން އުޅޭގޮތް!

 18. ޒީރޯ ޓޮލަރަންސް

  އެއްބިލިއަން ދިރުވާލީމަވެސް ދޫކޮސްލަނީތޯ. ތިއީތޯ ތިވިދާޅުވާ ޒީރޯ ޓޮލަރަންސް އަކީ.

 19. ރަޝާދު

  ތިމައްސަލަ އެކަންޔެއް ނޫން ، ޔާމީން ރަޝީދު ގެ މައްސަލަވެސް ހެކިވެރިޔާގެ ބަހުން ވަރަށް ސާފު ދެއްތޯ ސީދާ ހުރިހާ ކަމެއްގަ ބައިވެރިވެ ރާވާ އަމަލު ވެސް ހިންގި އޭނަ ދެންތިބި މީހުން ބުނާ އިރަށް ހުދު ކާފޫރަކަށް ވީ އޭނަވެސް