އެހެން ގައުމުތައް ހުއްޓާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ސީދާ އިންޑިޔާއަށް ދާންޖެހުނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އަދީބް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ އަދީބު ފިލައިގެން ސީދާ އިންޑިޔާ އަށް ދާންޖެހުނީ ކީއްވެގެންތޯ ވެސް ބަލަންޖެހޭ ކަމަށާއި އިންޑިޔާ އާއި މި ސަރުކާރާއި އޮތް ގުޅުމަށް ބަލާފަ މިއީ ކުޅޭ ޑްރާމާއެއްތޯ އެބަ ސުވާލު އުފެދޭ ކަމަށެވެ.

"ހޯމް މިނިސްޓަރާއި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓު ކޮބައިތޯ ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްތިއުފާ ދެއްވަންޖެހޭ, ފުލުހުންގެ މުއައްސަސާގައި ތިއްބެވި ބޮޑެތި ބޭފުޅުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވަންޖެހޭ" ޝިޔާމް ވިދާޅުވިއެވެ.

އަދީބު ރޭ ފަތިހު ހައްޔަރު ކޮށްފައި ވާއިރު މިހާރު އަދީބު ހައްޔަރު ކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިއަށް ގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެ މަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަން އެނގިވަޑައިގެންނެވި ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ.

ރާއްޖެ ދޫކޮށް ދާން ޖެހުނީ، އެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބުރާހީމޫ

    ޝިޔާމޫ، މައްސަލައުޅެނީ މީހޫންގަޔެއްނޫން، ދައުލަތްހިންގާސިސްޓަމްގަ، ގާނޫނުތަކާއި ގާނޫނުއަސާސީ ދޯހަޅިކަމުން ލޫޕްހޯލްސްގިނައީ، ޕާލިމަންޓުގަ އިންނަވާއިރު މިކަންދެނެގަނެގެން އިސްލާހުތައްގެނެސްދެއްވާ، ގައުމުދެކެލޯބީގެނަޒަރަކުންބައްލަވާ ޒާތީ ތައައްސުބުން އެކެހެރިވެލައްވާބަލަނިކަން....

  2. ^^^^^

    އެއްގޮތަކީ އަދީބު ދިއައީ މިސަރުކާރުގެ މީހުންގެ އެއްބާރުލުން ލިބިގެން އެކަމު އިންޑިއާއާ ހަމައަށް ނުފޯރަނީސް ޕްލޭންގެ މައުލާމާތު ނޭނގޭ މީހުން ރިޕޯޓްކުރުމުން އޭނާ މަޖްބޫރުން މިގައުމާ ހަވާލުކުރަން ޖެހުމުން އިންޑިއާއަށް އެތެރެވީނަމަ ލިބެން އޮތް ހިމާޔަތް ނުލިބުނީ. އަނެއް ގޮތަކީ އަދީބު ހިސާބަށްވުރެ ގަމާރީ މިސަރުކާރާ އެ ގައުމާ އޮންނަ ގުޅުމުގެ ސަބަބުން އިންޑިއާއަށް ގޮސްގެން ނުފިލޭނެކަން ނޭނގޭން.

  3. ކިނބޫ

    މަށަށްވެސް އެންމެ ފުރަތަމަ ކުރެވުނު ސުވާލަކީ ތީ. ބެލެވޭ ގޮތުން މީނަ ހެކިބަސް ދޭން އުޅޭތީ ޔާމީން ގޮތެއް ހެދީ ކަމަށް ހަދަން ވެގެން އުޅުނީމަ ފަޅުވެރިމީހާއާހުރެ ޕްލޭން ފްލޮޕްވީ. މިހާރު ކަށަވަރުވީ ކަމަކީ އީސީ ސައިންޓިސްޓުގެ ވާހަކައިގެ މައްޗަށް ތައްޔާރުކުރި ޑްރާމާ މުޅިން ވަޔަށް ގޮއްސިކަން. ހިންގާ ޖަރީމާތައް ފަހަރަކު ކަމަކުން ކަމަކުން އެހެރަ ދަނީ ފަޅާ އަރަމުން. ސަޅިއެއްނު.

  4. ށ

    ޔާމިނު ސަރުކާރު ގައި ނަމަ . ޢެމް ޑީ ޕީ މީހުން ބުނެގެން އިންޑިޔާ އިން ހިމާޔަށް ދިނީސް ކަންކަށަވަރު

  5. މިސް

    ތިހުރިހާ ރޭވުމެއް ތިރާވަނީ އިބޫ ޞާލިހުގެ ސަރުކާރު.އަޑިނޭނެގޭ ސަރުކާރު ގޮތް ނޭނގޭ ސަރުކާރު.އޯގާތެރިކަން ގެނެސް ދޭނެކަމަށް ބުނަމުން އައި ބަލާވެރިކަން ސަރުކާރު.

  6. ސިޔާސީ ބެއްޔާ

    މީމިސަރުކާރުން ޖައްސާ ސްޓަންޓް.