ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ގެ ކިބައިން ފެނިފައި ވަނީ މުނާފިގެއްގެ ސިފަ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިމްރާނަކީ މީހަކަށް ބިރުދައްކާނެ މީހެއް ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް އިމްރާން ވިދާޅުވުމުން އިމްރާނަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަދުރޭ ވިދާޅުވީ "ކަލޭ ހަދަނީ ތެދު ކަމަށް ގަބޫލު ކުރާނެ ދިވެއްސަކު ހުރުމަކީ ނާދިރު ކަމެއް. މާޒީގައި ދައްކާފައި ހުރި ވާހަކަތަކާއި އަމަލުތަކަށް ބަލާއިރު މުނާފިގު ސިފަތައް ފެންނަން ހުރި." ކަމަށެވެ.
Kaley thedheh hadhaane kamah gaboolu kuraane dhivehsaku hurumakee naadhiru kameh.maazeegai dhahkaafa huri vaahaka thakaai amalu thakah balaa iru munaafiq sifathah Fenfa huree @ahmed_nihan pic.twitter.com/KCl4doHqZx
— Abdul Raheem Abdulla (@Banafsaa) August 4, 2019
މިނިސްޓަރ އިމްރާނަކީ ކުރިން ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ނަޝީދު އިސްލާމްދީނާއި ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅަށް ވަރަށް ބޮޑަށް އިމްރާން ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް މިހާރު އިމްރާނަކީ ނަޝީދުގެ ވަރަށް ބޮޑު "ސަޕޯޓަރެކެވެ."
2015 ވަނަ އަހަރުގެ މެއި ޑޭގައި އިމްރާން ދެއްކެވި ވާހަކަފުޅުގައި އަފްރާޝިމް އަވަހާރަކޮށްލުމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވި ކަމުގެ ހެކިތައް ކަމަށް ވިދާޅުވެ، ނޫހެއްގެ ވެބް ޕޭޖްތަކެއް ދައްކަވާ އިތުރުފުޅު ހައްދަވާފައިވެއެވެ.
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތު ވެސް މިހާރު ވަނީ އިމްރާންގެ މައްޗަށް ކުރެވިފައެވެ. ނަމަވެސް އިމްރާން އެތުހުމަތުތައް ދޮގު ކުރައްވައެވެ.
ކީއްވެބާ އަދާލަތާއި، ގާސިމުގެ މީހުންނަށް ތި ދިމާކުރަނީ. އެމްޑީޕީ މިނިސްޓަރުންނާ ދިމާކޮށްބަލަ. މަހުލުފު އެހުރީ އެމް.އެމް.ޕީ.އާރު.ސީގެ ލާރިގަނޑު ކައިލައިގެންނޭ!
ހަމަ އަސްލުވެސް ތިބުނީ ހަމަތެދެއް އިމްރާނު ކުރީ ދައްކާފައި ހުރި ވާހަކަތައް މިހާރު އަޑުއަހައިފިނަމަ އިމްރާނުގެ އަސްލު މިންކުރަން މިހާރު ވަރަށްވެސް ފަސޭހަވާނެ
މިނިސްޓަރ އިމްރާންގެ ކިބައިން ފެނުނީ މުނާފިގެއްގެ ސިފަ – އަދުރޭ
އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ފެނުނީ ދަބަރޭ ވާން ގައިއްވެފަ ހުރި ޓިނުތަކެއް -އިމްރާން އަބްދުﷲ
އަދުރޭ ބުންޏަސް ތެދެއް ވާނީ ތެދަކަށް.
މިދެންކާކުތަ ؟ ކޮބާތަ ޓިނުތަށް
ޢަބްދުއްރަހީމް ކަލޭވެރިކަމާހެދި މުނާފިޤު ކީއްކުރަން ކާފަރުވެސްވެދާނެ ތިޔައީ ހާމާނު
ޙެހެ އަދުރޭ ތީ އެއްނަމްބަރު މޫމިން މުޅިދުނިޔޭގަވެސް
އެންމެ ބޮޑު މުނާފިގަނީ 50 * 4 ރަހީމުބޭ
އެއީ މުނާފިގެކޭ. އޭނަ ކިބައިން އެހެން ސިފައެއް ފެންނަންޖެހޭ ސަބަބެއް ނެތް.
އިމްރާނު މޭޑޭގަ ގެންގުޅުނު ލިޔެކިއުންތަކާ ހެކިތައް މިހާރު ކޮބައިތަ މިހާރު ކިޔަނީ އެހެންލަވައެއް ދެން ދެފުއްދެގޮތްވީމާ ކިޔާނީ ކީތަ ސިއްދީޤުތަ؟؟؟؟