މި ސަރުކާރުގައި ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ ފަސް އަހަރު އޮތް ސަރުކާރުން އެ ދާއިރާއަށް ވެފައިވާ އިހުމާލުތަކުގެ ސަބަބުން އައިސްފައިވާ ނަތީޖާތައް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ހާޒިވެ އިދިކޮޅު މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތިވީ އެ ގޮތަށް ކުރީ ސަރުކާރުން ސިއްޙީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށެވެ.
"މި އިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނެއް ފޯރުކޮށެއް ނުދޭ. ބަޖެޓު ފޯރުކޮށްދީފައެއް ނުވޭ ރައީސް ޔާމީނުގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ ތަންތަން 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ބަދަލު ކުރި ނަމަވެސް ބަދަލު ކުރީ ހަމައެކަނި ނަން ބޯޑު" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އަމީނާ އަމާޒުކުރެއްވި ސީދާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ އަމީންގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު ބައެއް މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރި އެވެ.
އަމީން ވިދާޅުވީ ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށާއި ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރެވޭނީ، ރަނގަޅު ކުރުމުގެ ވިސްނުން އޮވެ ތަސައްވަރެއް އޮވެގެން ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް ދޭ 187 ތަނުގެ ތެރެއިން 60 އިންސައްތަ ތަންތަނަކީ ސިއްހީ ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ތަންތަން ކަމަށެވެ.
"ހިދުމަތުގެ ގޮތުން ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަން ހުރީ ވަރަށް ބަލިކޮށިކޮށް, އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ހިންގުމުގައި ދަތިތައް އެބަހުރި، ކުރިއަށް އޮތް އަހަރަށް މި ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓާއެކު ގިނަ މައްސަލަތައް ހައްލު ލިބިގެންދާނެ" އަމީން ވިދާޅުވި އެވެ.
ޢަބުދުﷲ އަމީނުއަށް ހަމަ ސާބަސް ފައްފަށުން ސާބަސް ތިމައަށް ކަމެއްކުރަންނުއެގުމުން އަދި ނުވުމުން އެކަން އެހެންބައެއްގެ ބޮލުގައި އަޅުވާ ތިކުޅި ނިމޭނީ މިސަރުކާރަށް ކިހާދުހެއް ވެގެންތޯ ރައިސް ޔަމީނުގެ ވެރިކަމުގައި މުއައްޒަފުންނުދިންނަމަވެސް ސިއްޙީމަރުކަޒުތައް ބަރާބަރަށް ހުޅުވާ ޚިދުމަތް ދެމުންގެންދިޔަ މުސާރައާއި އެހެނިހެން އެލަވަންސް ދެމުންގެންދިޔަ ބޭސްފިހަރަތަކުން ބޭސްލިބެންހުރި މިސަރުކާރުއައިއިރު ލިބެމުން ދިޔަ ޚިމަތްތައް މިއަދު ނުލިބި މިދަނީ ރައިސްޔަމީނު ކުރިކަމަކުންނޭ ބުނުމުގެ ބަދަލުގައި ވަޒީފާއަށްބިރުނުގަނެ ޙައްގުބަސް ބުނަން ދަސްކުރުމަށް އަމީނުގެ ކިބައިންއެދެން މުއައްސަސާތަކުގެ ހުއްޓުމަކީ މިސަރުކާރު އައުމަށް ވެވުނު ސަރުކަރާއި ނުބައްދަލު 6 މަސްދުވަހުގެ ޗުއްޓީ ވަޢުދު މުޅިދައުލަތުގައިވެސް ގިނައީ ވިހާއުމުރުފުރައިގެ އަންހެން މުއައްޒަފުން ޢައްމުޚިދުމަތެއްގެގޮތުން ސިޓީއެއްލިއެލަން ނަމޫނަބަލައިގެން ރިޕޯޓެއްލިއެލަން ވަގުތީމުއައްޒަފަކު ގެންދިނަމަވެސް ނަރުހުންނާއި ޓީޗަރުންފަދަ ފަންނީ މަޤަމުގަކުގެ ޚިދުމަތްދިނުމަށް އެފަދަ މީހުނެއް ބޭނުމެއް ނުކުރެވޭނެ އެގޮތަށް ބަސްނުބުނެ އެހެންބައެއްގެ ބޮލުގައި އިލްޒާމުނުއަޅުވާ އަމިއްލައަށް އިސްތިޢުފާދިނުން މާރަގަޅުވާނެ އަލީއަސްފާގު ވޯލީކޯޓަކަށް އެރުވިއަސް ފުންމައިގެންއަރާ ސޮޓެއް ނުޖެހޭނެ މިއަދުގެ ސަރުކަރަށް ދިމާވެފައިއޮތީ މިފަދަ މައްސަލަތަކެއް
ޔާމީންގެ ބޮލައް ކަނޑާލީމާ ތިއޮތީ ނިމިފަ. ވަރަށް ފަސޭހަ ދޯ. މިސަރުކާރު އައި ފަހުން އެންމެ ގިނައިން ކުރާ އެއްކަމަކީ ކުރީ ސަރުކާރު ބޮލައް ކެނޑުން.
ތިމާމެން ގައިގަ ގާބިލުކަން ނެތީމަ ހުރިހާކަމެށް އެހެން ބައެއްގެ ބޮލަށް ކަނޑާލާގެން ފަރުޖައްސާލެވޭނެ ކަމަށް ހީކުރަނީތަ؟ އިސްތިއުފާދީފަ ގެއަށް ކޮފިބަލަ.
ރަގަޅު ވާހަކައެއް! ގޮންޖެހުމަކަށް ދިމާވީ ރަޢިސް ޔާމީން ޞިއްޙީދާއިރާއަށް ގެނެސްދެއްވި ހެޔޮ ބަދަލު އެގޮތުގައި ހިފަހައްޓައިލުމަށް މި ސަރުކާރު ނުކުޅެދުމާއި ، ޢަބުދުﷲ ނާޒިމު މިނިސްޓަރަކަށް ހުންނަވާ ކުރެއްވި ބުރަ މަސައްކަތް މި ސަރުކާރުގެ މިނިސްޓަރަށް ނުކުރެވި އެފަދަ ޤާބިލްކަން ނެތުމެވެ.
ވައޮ! ގައްޑާ ގޮލައެއް
ރޯގާ ޖެހިގެން އެތައްބަޔަކު މަރުވާއިރުވެސް ރޯގާ ކޮންޑުރޯލް ކުރަން އެެއްކަމެެއް ނުކޮށްވެސް ތިތިބެނީ ޔާމީނާއި ހެދި ދޯ ??
ނުވީމަ މީހުންގެ ބޮލަށް ކަޑާނެ ކަމެއް ނެތް ހުރިހާކަމެއް ރަގަޅުކުރަން އައި ސަރުކާރަކުން
ކަލޭމެން ތިތިބީ ފެއިލް ވެފަ. ކުރެވުނު އެއްވެސް ކަމެއް ނެތް. ކުރީ ސަރުކާރު ބޮލަށް ހުރިހާ ކަމެއް ކަނޑާލުން ނޫން އެހެން އެއްވެސް ކަމެއް ނުކުރެވޭ.
މިސަރުކާރުން ކުރާ ކޮށްމެ ކަމެއްގައި އަދިވެސް ރ ޔާމީންތަ ކުއްވެރި ވަނީ؟؟؟
ކުރީސަރުކާރު ކުރީސަރުކާރުކު ކުރީސަރުކާރު ކުރީސަރުކާރު ދެންކަމެއް ވޭތޯބަލާބަލަ..
ކަލޭ ތިދެއްކިވާހަކަ ރައްދުވަނީ ކަލެއަށާ ކަލޭގެ ނާގާބިލް ލާދީނީ ފޭރޭ ބަޖެޓް ދަވާލި ސަރުކާރަށް. ޙެހެހެހެހެ.
އަޅެ ފަހެ މީނަ ހުރީހަމަހޭގަތޯ ޗެކު ކޮއްލަ ދީބަލަ
އެހެންމީހުން ކުށްވެރި ނުކޮށް ތިމާ މިހާއަށް ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު ނުއުފުލެންޏާ މަގާމުން އިސްތިއުފާ ދީފަ ރަށަށް ދާންވީ އެއްނޫން
މީހުންގެ ބޮލުގައި ނާޅުވާ ތިމާއަމިއްލައަށް ފޭހުނުއެިލޮސި ތިމާލޮލަށް ވަނީމާ ނުބައިނުކޮށް ދައުލަތުހަޒާނާ ހުސްވީމާ ކޮސްވަހަކަ ދައްކަނެކަމެއްނެތް އަވަހަށް އިސްތިއުފާދީ ހުރިހާކަމެއ ހަލާކުވެ ހިގައްޖެ މިބައިގަނޑުގެސަބަބުން
ރައްޔިތުން ނިކުމެ އެއްޗެއް ވިސްނަދޭންވެއްޖެ. މިނުން އެއްޗެއް ނުކިޔާ މިމީހުން. ބޭރަށް މާގިނައިން ދަތުކުރޭ ބުނާއިރަށް ކުރީ ސަރުކާރުން މާގިނައިން ކުރި. ސިއްހީ ނިޒާމް މައްސަލައަކީ ކުރީ ސަރުކާރު. ހުރިހާ ކަމެއް އެމީހުން. ބަލަ އެމީހުންނަށް ނުވެގެން އައި ބައެއް ތީ. ދެން ކޮން ރޮއްޓެކޭ ކިޔާކަށް. ނުވަންޏާޗއިސްތިއުފާދީ ގޭގައޮވޭ
އަމީން ތިހެދެވީ ކަޑައެޅިގެން ދޮގެއް. މިސަރުކާރުން ސިއްހީ ހިދުމަތައް އިހުމާލުވީ. ކުރީ ސަރުކާރަކުއްނެންނޫ. ޔާމީން ސަރުކާރުގަ ސިއްހީ ހިދުމަތްތައް ތަރަގީކުރަން މަސަކަތް ކުރި. މިސަރުކާރުން ސިހީ ހިދުމަތް ތައް ތަރަގީ ކުރަން އެއްވެސް މަސައްކަތެއް ނުކުރޭ. އަމީން ބުނަންތަ ވާހަކަ އެއް. އިސްތިއުފާދީފަ ގެއައް ވަޑާގަނަވާ. އަމީން އަށް ތިކަމެއް ނުވިޔެއްނު. ވަރައްސަލާން.
ރައީސް ޔާމީން ގެވެރިކަމުގައި ސިއްޙީ ނިޒާމްގެ ޕޮލިސީ ގެންދާނެ ގޮތް އެނެގޭނީ ރައީސް ޔާމީނަށޭވެ. އެމަނިކްފާނު ކުރިޔަށް ގެންދަން ރާވާފައި ހުރިކަންތައް ފުރިހަމަކުރެވެންދެން މިރާއްޖޭގެ ވެރިކަމުގައި އެމަނިކްފާނު ބެހެއްޓިނަމަ ތިހުރިހާ ހާސަރެއް ކިޔާކަށް ނުޖެހޭނެއެވެ.ރައްޔިތުންނަށް ތިޔަ އުޅެނީ މަސްނުބޭނުނީމާ ކަނޑު ގޯސްކުރާ ފަދައިން ވެރިކަން ކުރަންނޭނގުނީމަ ޔާމީންގެ ބޮލަށް ކަނޑާށެވެ. ޔާމީން ވެރިކަމަށް 2013 ގެ އައިއިރު ދިވެހިރާއްޖޭގެ ބައިތުލްމާލު އޮތީ ޒީރޯ ގައެވެ.އެމަނިކްފާނު އެއްވެސް މީހެއްގެ ބޮލަކަށް ނުކަނޑާ އެމަނިކްފާނު މަސައްކަތް ކުރެއްވީ ރޮކެޓް ސްޕީޑްގައި ބައިތުލްމާލު ނަގާ ކޮޅަށް ޖަހައި ރާއްޖެ ތަރައްޤި ކުރުމަށޭވެ.އެމްޑީޕީ މީހުން ގެ ދޮގާ މަކަރުވެރިރޭވުން ތެރިކަމުންނާ ރ. ޔާމީންގެ ބޮލަށް އެތަކެއް މަރުގެ އިލްޒާްމް އަޅުވާ އެމަނިކްފާނަށް އެތަކެއް ވައްކަމެއްގޮވާފަ ރައްޔިތުން ބޮލަށް ސަވާރުވެގެން ވެރިކަމުން ދުރުކުރިއިރު ވެރިކަމަކީ ކިހާ ބޮޑު ޒިންމާ އެއްކަން ނޭނގިހުރެބާއޭ ހިތަށް އަރައެވެ. ވެރިކަމަށް ފައިނަގަންޖެހޭނީީ އެކަމަށް ޤާބިލް އެކަމުގެ ތަޖްރިބާހުރި ވެއްޓިފައިވާ އަނދަވަޅު ތަކުން މިކުޑަ ރާއްޖެ ސަލާމަތް ކުރަން ދަންނަ މާލިމީ އަކާއެކެވެ. ހަމަ ކަމެއް ނުވީމަ މިވެނިމީހެއްގެ ބޮލަށް ކަނޑާކަށް ނުޖެހޭނެއެވެ.އަދިވެސް މިރާއްޖެ ބޭނުމީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ރ. ޔާމީން ފަދަ ލީޑަރެކެވެ.
ފެއިލް ވެފާވާމީހުން އެންމެފުރަތަމަކުރާނެ ކަމަކީ ހުރިހާކަމެއް އެހެންމީހެއްގެ ބޮލައްކަންޑާލާ ތިމާމީހާސަލާމަތް ވުމައް ތެޅިގަތުން .
ކަލެއަށް ކަމެއްކޮށް ނުދެވެންޔާ އިސްތިއުފާ ދީފަ ގޭގަ މަޑުކޮށްބަލަ!
މޯލްޑިވްސްބޭންކްގެ ޝަރީފު މަޖިލީހުގައި ހެދިދޮގު. މިކަލޭގެ މަޖިލީހުގައި މިހަދަނީ ހުސްތެދު. މަޖިލިހުގެ އިއްޒަތްތެރި ރައީސް މިކަން ބައްލަވަންވެއްޖެނު.
އަމީނު ތިޔަކަން ނިކުތީ ޔާމީނުގެ ސަރުކާރުގެ ސަބަބަކުންނޫން އެއީ 2208 ގަ ވެރިކަމަށް އައި ނަސީދ ު ގެ ސަބަބުން. އޭރު އައި އަޑިގަނޑުންނެގުމަ ވަހީދާ ޔާމީނު ވަރަށް މަސއްކަތް ކުރެއްވި އޭގެ ނަތީޖާއާ އަލީގަ ގިނަކަންކަން ކުރިއަށް އެޅުއްވި ކުރިޔަށް ވެސް ގެންނެވި ގެންނަން ބޭނުންވާ ސްޕީޑް ގާ ކަންކަން ނުކުރެވެނީ އެމްޑީޕީ ގެ ހަޅޭލެވުންތަކާ އެކު ބޭރު ގައުމުތަކުގާ ރާއްޖެ ބަދުނާމު ކުރަން އެމްޑީޕީ ގެމެމްބަރުން ކުރަމުންގެންދިޔަ މަސައްކަތުގެ ސަބަބުން. މިހެން ވިދާޅުވާން ކެރިވަޑައި ނުގަތީ ދޯ؟
ފަސްއަހަރު ނިމޭއިރުވެސް ކުރީސަރުކާރު ކުރީސަރުކާރު ކިޔާލަ ކިޔާލަ. އަނގަގަދަނުކޮށް މަސައްކަތެއްވެސް ކޮށްބަލަ.