ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޅ.އަތޮޅު މާބިން ހުރާގެ މައްސަލައިގައި އަދީބު މިނިވަން ކުރަން ހައިކޯޓުން ޙުކުމް ކުރުމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެވެ.

އެމައްސަލަ ކުރިއަށް ގެންދަން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 ގައެވެ.

ޅ.މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލުމުން އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރިއެވެ.

ނަމަވެސް ހައިކޯޓުގައި އަދީބު އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އަދީބުގެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ، އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އަދީބުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވާއިރު ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްގެން އޭނާ ވަނީ ރޭ ރާއްޖެ ގެނެސްފައެވެ. ކްރިމިނަލް ކޯޓުން ރޭ ފަތިހު ވަނީ އަދީބު ހައްޔަރު ކުރުމަށް ނެރުނު އަމުރެއްގެ ދަށުން މިހާރު ވަނީ އަދީބު ހައްޔަަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަގުބެ (އަދީބުރޯ)

    އެމްޓީޑީޓީގެ ފަރާތުން އީދުގައި ގުރުބާންކުރަން މަސްފަލަ ގެރިޔެއް ދާދި ދެންމެ ރާއްޖެ ގެނައުމާއިއެކު ގެރި ފުލުހުންގެ އިދާރާއަށް ވައްދާ ގެރި ރާއްޖޭގެ މާހައުލަށް ހޭނުމުގެ ވެކުސިން (އެމް.ސީ) ހަމީދު އެބަދެއްވާ...

    11
  2. އަދާލަތު

    އިސްތިއުނާފު ކުރުމަކީ ދަށު ކޯރޓަކުން ނިންމާފައިވާ، ނުވަތަ ދަށް އިދާރާއަކުން ނިންމާފައިވާ މައްސަލައެއް، މަތީ ކޯރޓަކުން، ނުވަތަ މަތީ އިދާރާއަކުން ބާޠިލްކުރުމެވެ.
    އިސްތިއުނާފު ކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަށް، "އިސްތިއުނާފު ކޮށްފި" މި ޢިބާރާތް ބޭނުންކުރުމަކީ، ނޫސްވެރިން އޮޅުވާލާ އޮޅުވާލުމެކެވެ. ހުށަހަޅާ ހުށަހެޅުމަށް ކިޔާނީ، އިސްތިއުނާފު ކުރަން ހުށަހަޅައިފި. ނުވަތަ އިސްތިއުނާފަށް ހުށަހަޅައިފި. މި 2ގޮތުންކުރެ ގޮތަކަށެވެ.

  3. ވިސްނާ

    ޢަވަހަށް ތިޔަ ޝަރީއަތް ވެސް ކޮށް އިންސާފުވެރި ހުކުމެއްކުރެވޭތޯ ބަލާށެވެ. ޢަދި ގެއްލުން ހުރިހާ ފައިސާވެސް ހޯދޭނެ ގޮތް ޝަރުއީ ހަމަތަކުގެ މަތިން އިންސާފުވެރިކަމާއިއެކު ހޯދާ މި ސަކަރާތް ނިންމާށެވެ. ދެންވެސް ކުށެއް ކޮށްފަ އޮތިއްޔާ އެކަމަކަށް ހައްޤު އަދަބު އަވަހަށް ކަނޑައަޅާށެވެ.

  4. އަހްމަދު

    ޚޮބާ ތިޔަސަރީއަތްވެސް ލައިވްކޮށްގެންކުރިޔައްގެންދެވިދާނެތޯ ރައްޔިތުންނާގުޅުންހުރި ފައިސާގެ މައްސަލައެއްވީމަ ރައްޔިތުން ބަލަންބޭނުންވާނެ