މާލޭގައި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެ މަގުގައި ހުރި ރުކެއްގައި ޖެހި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
މަންޒަރު ދުށް މީހަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓްވި ސައިކަލުގައި ދެ މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކެއްގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ.
އޭނާ ބުނީ އަނިޔާ ވި މީހާ އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ތިޔަ ވާނީ ރަށުން ފުންމާލިގޮތައް ސައިކަލަށް އެރިމީހަކައް!
ޜަށުން ފުންމާލިޔަސް ހަމަހޭގަ ތިބޭނަމަ ތިޔަ ފަދަ އެކްސިޑެންޓް ތަކެއް ނުހިިގާބެ
ކީއްވެތަ ރުއް އެތަނުގަ ހުރީ
މަގު އެތަނުގަ ނެއްނަމަ ކިހާ ރަނގަޅު