ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން 48 ގަޑިއިރު ތެރޭ ފެއިލް ވެއްޖެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ފެއިލްވެފައިވާ ކަމަށާއި އެމަނިކުފާނަށް ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ކަމަށެވެ.

ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ބަލަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލީސް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދީބު ރޭ ފަތިހު ހައްޔަރު ކޮށްފައި ވާއިރު މިހާރު އަދީބު ހައްޔަރު ކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިއަށް ގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެ މަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަން އެނގިވަޑައިގެންނެވި ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ.

ރާއްޖެ ދޫކޮށް ދާން ޖެހުނީ، އެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރީންދޫ

    މިފަހަރު ޖާބިރު ތިބުަނީ ހަމަތެދުވާހަކައެއް... އެހުރީ ހަމަ ފެއިލްވެފަ...

    27
    2
  2. ބެއްޔާ

    ކަނޑުކޮހެއް! ނުވަތަ އެއްގަމު ކޮހެއްތަ؟ މިއީ!

    5
    19
  3. ދޮންބެ

    ފަކީރާ ދިއްކޮއްލަން ތައްޔާރުގައި މިތިބީ..

    15
    1
  4. ޖަމީލާ

    ޖާ ތިބުނީ ވަރަށް ރަގަޅުވާހަކައެއް. ފެއިލްވެ ނިމިފައި އޮތީ

    15
    1
  5. ..

    ކޭބަލް ކާރު10 ދުވަސް. ?

  6. ނަސީދު

    ރައްއިތުންނައް މިހާރު އެގިއްޖެ އެމްޑިޕީ ބައިގަނޑު މިހާރު ހަދަނީ ހުސްދޮގުކަން