އިނގިރޭސިވިލާތުގެ ވިސާ ސެންޓަރެއް ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ހުޅުވައިިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ބަޔޯމެޓްރިކް އެންރޯލްމަންޓާއި ޑޮކިއުމަންޓް ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވައިދެއްވީ އިނގިރޭސިވިލާތުގެ ވިސާ ހޯދުމަށް، ޚާއްސަކޮށް ސްޓޫޑެންޓް ވިސާ ހޯދުމަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.

މިއީ ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިސާ އެޕްލިކޭޝަން ސެންޓަރ ކުރިއަށްދާނީ އޮގަސްޓް 5 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.