ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މިއީ ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި އަމަލީ ގޮތުން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލި ފުރަތަމަ ފަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާސިރާ ބަންދުން ދޫކޮށްލީ އޭނާ ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުުރުގެ މުއްދަތު މިއަދު ހަމަވުމުން ކޯޓަށް ހާޒިރު ނުކޮށެވެ.
ނާސިރާގެ މައްޗަށް ވެސް ފުލުހުން ވަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކޮށްފައެވެ.
ނާސިރާގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ދެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
ނާސިރާ މިއަދު ދޫކޮށްލާފައި ވާއިރު އަލީ ހަމީދު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ. އަލީ ހަމީދަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު (36 މިލިއަން ރުފިޔާ) ގެ ލޯނެއް ދިން ކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.
ދެންފެންނާނީ އެންމެންގަނޑު ދޫކޮށްލާތަން
ދެން ފެންނާނީ ލާރިގަނޑުގަ އުދުހޭތަން ވަރަށް ލާރި އެބައޮތް...
ކޮބާ ރާކަނި ކެވިއްޖެދޯ؟
އަދިވެސް ތިޔަ ފަޑިޔާރު ރަގަޅު ނުވާނެ . ރައިސް ތިޔަ މީހުން ކާރި ނުކުރާތި ؟ ގައްދާރު ވާނެ