ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން އުޅުނަސް މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އެންމެ ފަހުން ކަނޑައެޅި އަގުތަކާއި ހިދުމަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް ތަންފީޒު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އާ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އުޅެނީ ހުރިހާ ޑްރައިވަރުން ނޫން ކަމަށާއި މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އަގު ކަނޑައެޅީ އާމްދަނީއަށްވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެން ކަމަށެވެ.
ޑްރައިވަރުންގެ ޖަމިއްޔާއިން އިއްޔެ ބުނީ އާ އުސޫލުގެ ދަށުން އަގު ނަގަން ފަށަން ޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތާރީހުގައި (އަންނަ ބުދަ ދުވަސް) ޑްރައިވަރުން މުޒާހަރާ ކުރާނެ ކަމަށެވެ. އަދި އަގު ނެގުުމުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދާން ވެސް ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.
މާލެ ސަރަހައްދުގައި ކުރާ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އެންމެ ބޮޑު އަދަދަކީ 100 ރުފިޔާއެވެ. ބައެއް ޓެކްސީ ޑްރައިވަރުން ޑިކީއަށް އެއްޗެއް ލާނަމަ އިތުރަށް ޗާޖު ކުރެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި އަދަދު ކުޑަކޮށް، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން މިހާރު ވަނީ މުޒާހަރާއަށް ނުކުތުމަށް ނިންމާފައެވެ. އަންނަ ބުދަ ދުވަހު މި މުޒާހަރާ ކުރަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ޓެކްސީ ޑްރައިވަރުން ވަނީ މުޒާހަރާކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން އޭރު މުޒާހަަރާކޮށްފައި ވަނީ ބުރިޖް ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގާ ގުޅިގެންނާއި ޕާކު ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެކަން މިނިސްޓްރީން ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްފައެވެ.
ނަމަވެސް ބުރިޖް ހުރަސްކޮށް ހުޅުލެ އަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތައް ކުޑަ ކުރުމަށް އެކަމާއި ޑްރައިވަރުން އަނެއްކާވެސް މި ވަނީ ކަންބޮޑުވެފައެވެ.
"މިކަންކަމާއި އަޑު އުފުލަން މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނަނީ.". ޑްރައިވަރަކު ބުންޏެވެ.
މި މަހުގެ ހަތް ވަނަ ދުވަހަކީ އާ ގަވާއިދަށް އަމަލު ކުރަން ފަށަން ޖެހޭ ދުވަހެވެ. އެ ގަވާއިދަށް ދެ މަސް ދުވަހުގެ ތެރޭގައި ވަންނަން މަޖުބޫރުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިގޮތުގައި، އޭނާ މިނިސްޓަރަކަށް އައްޔަން ކުރުމުން ޓެކްސީ ނުލިބޭ މައްސަލަ އަދި ޓެކްސީގެ އަގުތައް ބޮޑުކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް ކޮށްފައި ވެއެވެ.
ރައްޔިތުންވެސް އެބަޖެހޭ މި މީހުން ސައިޒް ކުރަން މަސައްކަތް ކުރަން، ގެއިން ބަދިގެއަށް ވެސް މިދެވެނީ އެއަށް އެރިގަނެގެން، އެހެން ވީމަ އޭގެ ފައިދާ މިނަގަނީ، ހިތްވަރެއް ކޮށްލާފަ ޓެކްސީގަ ކުރާ ދަތުރުތައް %90 ދަށް ކޮށްލަބަ ވާގޮތެއް އެނގިދާނެ، މި މީހުން މިވަރަށް ހިފަނީ މިކަމަށް އިތް ޑިމާންޑް އެމީހުންނަށްވެސް އެނގޭތީ، އެ ޑިމާންޑް ކުޑަކުރެވޭނީ ދަތުރު ކުރާ މީހުންގެ ވެސް ހިތްވަރެއް ހުރެގެން
ކޮން އެއްޗެކޭ ކިޔާކަށްތަ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ރައްޔިތުންނަށް މިތިބަ ޓެކްސީ ތަކުގަ ހުޅުމާލެއިން މާލެ އަށް މާލެ އިން ހުޅުމާލެ އަށް ދަތުރަކަށް 100 ރުފިޔާ ކުޑައެއްނޫން. މުޒާހަރާ ވެސް މިތިބަ 6 އެއްކަ މީހުން ވެގެން ކުރާއިރު އެހެންމީހުންގެ ހާލަތަށް ވެސް ބަލަން ޖެހޭނެ ދޯ އެވަރަށް މީހުން އަތުން ފެލޭއިރު.
ކިތަންމެހާވެސް ރަނގަޅު ތި ޓެކްސީތައް މާލޭގައި ނުދުއްވިޔާ.
ރަގަޅު. ސަރުކާރު ނުޖެހޭ މިމީހުންގެ ދަށުވާކަށް. ކަންތައްތައް ހުންނަންވާނީ ހުރިހާ ރައްޔިތުންނަށް ފައިދާއާއި ފަސޭހަ ވާގޮތަށް. އެކަމަކު އީދު ބަންދާ ދިމާކޮށް މިގަވާއިދު ތަންފީޒު ކުރީމަ ދެރައީ. ޑްރައިވަރުންތައް ހަޅުތާލު ހަދައިގެން ދަތުރު ކުރުން ހުއްޓާލީމަ ގެއްލުންވާނީ ބަންދުގަ ތަންތަނަށް ދަތުރު ކުރަން ތައްޔާރު ވެގެންތިބި މީހުންނަށް. އީދުބަންދު ނިމުނީމަ ގަވާއިދު ތަންފީޒު ކުރާގޮތަށް ހެދިނަމަ ވަރަށް ރަގަޅު ވީސް. އެކަމަކުވެސް ތިޑްރައިވަރުންތައް ސައިޒަށް ތިރިކުރުމަކީވެސް ކޮންމެހެން ކުރަން ވެެއްޖެ ކަމެއް.
މިނިސްޓަރ ނަހުލާއަށް އަޅުގަނޑު ސެލިުޓް އަރުވަން. އަދި ކަމަނާގެ ތިޔަ ނިންމެވުމަށް މަރުޙަބާކިޔަން. ވަކި ބަޔަކުގެ އަމިއްލަ ފައިދާއަށްޓަކާ ބޯހަރުކަން ދެއްކިޔަސް އެކަމަކާ ވިސްނަވާނެ ކަމެއްނެތް. ގިނަ ރައްޔިތުންނަށް ފައިދާހުިގޮތަށް ކަންނިންމެވީމާ ރަނގަޅުވާނެ. ވަރަށްބޮޑަށް ޝުކުރިއްޔާ.
ޓެކްސީ ތަކުން މުޅި މާލެ ފުރިފައި، ސަރުކާރު ހުށައެޅި އަގުތަކަށް ޓެކްސީ ދަތުރު ނުކުރެވޭނަމަ އެ ޓެކްސީ ސެންޓަރެއްގެ ލައިސެންސް ސަސްޕެންޑް ކުރީމަ މިކަންތައް ހައްލު ކުރެވޭނެ