މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތް ކުރާކަން ފެންނަމުންދާ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ފިލައިގެން އިންޑިއާށް ދިޔަ މައްސަލައާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތްތަކެއް ކުރާތީ އުފާ ކުރަން ޖެހޭ ކަމަށެވެ.

"މިފެންނަނީ އިންސާފުގެ ކުރިމައްޗަށް ކޯޓުތަކަށް މިކަން ކުރާމީހުން ހާޒިރުކުރާތަން. މިއީ އަޅުގަނޑުމެން ދިވެހިން އުފާކުރާ މަންޒަރެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތްތަކެއް ކުރާކަން." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ދިވެހިންގެ އުންމީދަކީ ވަގުން ހިފަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވުން ކަމަށެވެ. އަދި އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ދިވެހިން ސިއްސުވާލި ތުހުމަތުތަކެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެފަދަ ތުހުމަތުތައް ކުރެވިފައި ތިބި މީޙުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ މައްޗަށް ޝަރީއަތް ކުރެވޭތަން ދެކެން އެންމެންވެސް ބޭނުންވާ ކަމަށް ހިސާން ވިދާޅުވިއެވެ.

“ރައްޔިތުންގެ އުއްމީދަކީ ވަގުން ހިފައި ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުން. އަޅުގަނޑުމެންނަށް ޓީވީއިންވެސް ބައެއް މަންޒަރުތަށް ފެނޭ.”ހިސާން ވިދާޅުވިއެވެ.

ފުރިހަމަ ކުރަންޖެހޭ އިޖުރާއުތައް ފުރިހަމަ ނުކޮށްގެން މީހުން ދޫވެގެން ދާ ކަމަށާއި އެ އިޖުރާއުތައް ފުރިހަމަ ވިއަސް މީހުން ދޫވެގެންދާ މަންޒަރު ފެންނަ ކަމަށް ހިސާން ވިދާޅުވިއެވެ.

މިކަމުގެ ސަބަބަކަށް ވެފައިވަނީ ގާނޫނީ ވެރިކަމެއް ހިންގާ ދައުލަތެއް މިހާރު ރާއްޖޭގައި އޮތުމުން ކަމަށް ހިސާން ވިދާޅުވިއެވެ. އަދި މީގެ ކުރިން ހިނގާފައިވަނީ ގާނޫނުގެ ވެރިކަމެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަމާ

    ބިގަށްދިން 78 މިލިއަން ހޯދަބަލަ ފުރަތަމަ. ދީބާޖާ އެގސންނަ ގަނޑު ބަލާބަލަ. ވާމިލިއަނަށް ދިން ފައިސާކޮބާ. އިހަށްދުވަހު ބަޔަކަށް ދިން 110 މިލިއަނޯ. އަނގާނާރުވާ އިސްތިއުފާދީބަލަ. ކެމްޕޭނަށް ހަރަދުކުރީ ކޮންތާކުން ހޯދި ފައިސާއަކަށް. މިފަދަ ކިތައްމެ ވަގުން ހޯދަބަލަ. މިވެސް ހުސް ވަގުން

    49
    1
    • އޯއިއަމާ

      ދިބާޖާގެ ހަންގަނޑޭ؟ އެއީއަނެއްކާ ކޮންތާކު ހަންގަނޑެއް.

      8
      1
  2. ޞަޙީފާ

    ރަގަޅަށް ވަގުން ހިފާނަމަ ފުރަތަމަވެސް ހިފޭނީ މި ސަރުކާރުގެ އިސްފަޑީގައި ތިބި ވަގުން. ބާޣީއަކު ފޮރުވައިގެން ދައުލަތުން ކައްވާލި ރުފިޔާތަކާ ، ހިލޭ އެހީގެގޮތުގައި ލިބުނު 1.3 ބިލިޔަން ރުފިޔާ ޕަކަޅާކޮށްލި ގޮތާ ، ބަޖެޓަށް ކަނދައެޅި 32 ބިލިޔަން ރުފިޔާ ބަނޑުއަޅާއިލި ވަގުން ތިތިބީ ފެންނަން.

    46
    1
  3. އޮރެންޖު

    މީގެ ކުރިން ހިނގާފައިވަނީ ޤާނޫނީ ވެރިކަމެއް މިހިރަ އިންސާނާއާ....މީގެ ކުރިން ވަގުން ހިފަން މަސައްކަތް ކޮށް ޖަލަށް ލީމަ ތިބައިގަނޑަށް ވަނީ އަނިޔާވެރިކަމަށް. މިހާރު މިހިނގަނީ ކިނބޫ އަދި ކެނެރީ ވެރިކަން. ހިސާން ކަލޭ މޮޔަވީތަ އެއްޗެއް ބޮއިގެން ބީތާޔާ....

    51
    • އެކޮއި

      ބުުޅާދޫ ދާީރާގެ މެންބަރޫ އިށާން ހުސެން ވިދާޅު
      ވަނީ މިސަރުކާ ރުން ވަގުން ހިފާހައްޔަރު ކުރަން
      އެބައުޅޭކަ މައް އެވަގުންނަކީ އަޅުގަޑައް ހީވަނީ އެވަގުން
      ނަކީ މިސަރުކާރުގަ ތިބީހުސްވަގިންހެން އެހެން ވެގެން
      އިސާން އެވިދާޅުވަނީ މިސަރުކާރުގަ ތިބިހުރިހާ ވަގުން
      ހިފާހަތްޔަރު ކުރަން އުޅޭވާހަކަ ބބބ ބބބބ

      23
  4. ޙސއނގ

    ޥާހަކަ ގިނަ ނުކޮށް އަަލުން ދައްކަ ބަލަ.. މުޅިންވެސް ސުރުހީ އަޅަނީ

    28
  5. އަލް ނޫރު

    ބީތާ ކުލޫނީ

    21
  6. ކަކީލާ

    މިއޮތް ފުންނާބު އުސް ވަކީލާ މިއަދު މަޖްލިހުގައި ބުނީ ވަގުންގެ ޝަރީއަތްތައްވެސް ހިނގާތަން އެބަ ފެނެއޭ. ވަކީލުކަމުގެ ފުންނާބު އުސްކަމުން މި ކަނބުލޭގެއަށް ނޭނގުނު މީހަކާމެދު އެ ކަމެއް ސާބިތުނުވާހާ ހިނދު ވަގެކޭ ނުކިޔޭނެކަން. މިއީ މާ އަރާހުރެގެން އުޅޭ ވަކީލާގެ އަސްލު ފެންވަރު. އަމަލު ހުންނަނީ އެންމެ ނުކިޔަވާ ހުންނަ މީހާގެ އަމަލު ހުންނަ ގޮތަށް އެކުވެ އުޅޭ ބައިގަނޑުގެ ސަބަބުން. ތައުލީމީ ވީވީނުން ގޮސް ގަމާރުވެފަ.

    32
  7. ބޯ ޕާޓީ ޑީޕީ

    ވެރިކަމަށް އެރި ފަހުން ހުސް އަނގަތެޅުމާއި ޑްރާމާ ނޫން ކަމެއް މިސަރުކާރަކަށް އެބަވޭބާ.

    19
  8. ނަން

    ވަގަށް ގޮވޭކަށް ނެތެއް ނޫން. ދައުލަތުގެ ބަޖެޓް ބަނޑުއަޅާލީ.. މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު ބަޖެޓް ވީނުވީއެއް ނެތް 04 މަސް ބާކީ އޮއްވާ ކައި ހުސްކުރީ.. ފާޑެއްގެ ކިރުޕެކެޓެކާ ދޮންކިޔޮވަކެއް ލޮލުގައި އަދުން އަޅުވާފައި ބަޖެޓް ދަވާލީ.. ކުަރިންވެސް ހުރީ ވަގުން . އެކަމަކު ކުރި ކަންތަށް ފެންނަން އެބަހުރި. މިހާރު މި ކުރާ ވައްކަމުން ކަމެއް ނުފެންނަތާ މުޅި ބަޖެޓް ބަނޑު އަޅާލީ ޕާ ކުދިންނަށް ބަދަލު ދިނުމޭ ކިޔާފައެވެ.. ހުސްވަގުން. ސިޔާސީ ކިޔާފީޔާމު ރަގަޅު އެކަތިވެސް ނެތް..

    17
  9. އަލީވަހީދު

    މީނައަކީ މީނަގެ ބަފާ އިލްމުވެރިއަކަށްވީމަ އިސްލާމެކޭ ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައުގެން މަޖުލީހައް އައިއްސަހުރި އާންމުންނަށް ހުރި ބިރުވެރިކަމެއް.

    19
  10. ފެން

    ފެންނުވަރާމީހުން ހޯދާފަ ހައްޔަރުކޮއްބަލަ. ބީތާ

    18
  11. ކެޔޮޅު

    މާތްކަލާކޯ ތިމަޅިފަތީގަ ފުރަތަމަބެދޭނީ އެމްޑީޕީގެ ބޮޑުން!!

    16
  12. Juhaa

    މި ދައިތަ މިއީ ކޯންޗެއް އެނގޭ މީހެއް؟ އިސްލާމް ދީނުގައި އަންހެނުންގެ ޢައުރައަކީ ކޮބައިކަންވެސް މި ދައިތައަށް ނޭނގޭ. އެކަމަކު މާމޮޅު މީހަކަށް ހެދިގެން އުޅެނީ.

    14
  13. ނުވާ

    ތިބާ މަޖިލީހުގައި އިދެ އެތަނުގެ އެތެރޭ ބޮޑެތި ސަރިއްޔަތް ކުރަނީ މަޖިލީހުން ކަމެއްނުވެއި ޢަބްދުﷲ ޤާޒީ ވަގަންނެގި މީހާ ކުށެއްނެތް މީހަކަށް ހަދައި ކަމަނާ ވަގުން ނޭކިޔައިގެން އަނގަފަތުރާކަށް ރީއްޗެއްނޫން ގުދޯގުދޯ ނުގޮވައި އިސްތިއުފާ ދިނުން ފެނެއި

  14. ސަޓޯ

    ވަގުން ހިފަން ނިކުތީ ވަގުން

  15. Anonymous

    ވައްކަން ކުރާ މީހުން ވައްކަން ކުރަމުން އަނެއް މީހާ އާއި ދިމާއައް ވަގެކޭ ކިޔާ ގޮވީމަ ލަދު ހަޔާތް ނެތްކަން އެނގެނީ

    10
  16. ަަަައއ

    ފުރަތަމަވަގަކީތިޔައީ

  17. އަބިދާ

    މީގެ ކުރީ ސަރުކާރުން އިންސާފުން ޝަރީޢަތެއް ކޮށްފަ ޖަލަށްލިޔަސް އެމްޑީޕީ ބައިގަނޑު އޮތީ ފަހަތުގައި ފިތުނަ ފަސާދަ ހަދައި ކޯޓްތައް ގޯސް ކޮށް ހުކުމް ކުރާމީހުންނަށް ބިރުދައްކަން. މިހާރު ތިކުރަނީ އަމިއްލަ ޝަރީޢަތް. ސިޔާސީ ޝަރީޢަތް.ތިމާމެންގެ އމިއްލަ އަށް ކުރާ ޝަރީޢަތް އިންސާފުވެރިވާނެތަ؟ޖޭއެސްސީގެ ރައީސަކަށް ނަޝީދުލައިގެން އިންސާފުން ޝަރިޢަތެއް ހިންގިދާނެބާ؟. ސީދާފާޅުގައި ތިދަނީ ކޯޓްތަކަށް އަތްބާނަމުން. މިކުރެވެނީ ކީއްކަން ނޭނގޭ.ބަޔެއްތީ.ތިމާމެން ކުރީމަ އެއީ އިންސާފުވެރިވީ އެހން ބަޔަކު ކުރުމުން ގޯސްމިވަނީ. ވަރަށް ހެއްވާ ތަންދޮރުނުދަންނަ ސަރުކާރެއް.

  18. އިމްތި

    ވަގުން ހިފަން ނިކުތީވެސް ހަމަ ވަގުން

  19. ރިޟްވާން

    ލާދީނީ މީހުން ހިފަން ކޮންއިރަކުން ތޯ ފަށްޓަވަނީ ؟

  20. ރަށުމީހާ

    ކަލޭވެސް ހިފާ ހައްޔަރު ކުރާނެ ދުވަސް އަދި އަންނާނެ އިރާދަކުރެއްވިއްޔާ އެދުވަހަކަށް އިންތިޒާރު ކުރޭ ?

  21. Anonymous

    ތިދެން އެހާ އުނދަގޫކަމެއް؟ ތިމަޖްލީހުގަ އެންމެ އުސް ގޮނޑީގަ ތިއިނީ އެކަކު ކަމަށް ޖާބިރު ބުނި. ދެން އުޅޭ އެންމެން އެންމެ މަތީ އޮފީހުގައި، ސިޔާސީ މަގާމުތަކުގައާއި، ރީނދޫ ކުލައިގެ ޓައީގަ ތިބޭނެ. ލަފުގަ ހިފާފަ ނަގާބަލަ.

  22. Anonymous

    ތިތިބީ ހިޔާނާތްވީ މީހުނާއި، އެކަމަށް އެހީތެރިވި މީހުނާއި، ކޯޓުތަކުގައި އެކަން ދިފާޢުކުރި މީހުން. އެހާ ދުރަކަށް ދާކަށް ނުޖެހޭނެ. ނަފްސުން ފަށާ، ދެން ކޮފީއާއި، ވީކެންޑުގެ ގެޓްޓުގެދަރގެ ތެރެއިން ތިބައިގަނޑު ވަކި ކުރެވޭނެ.

  23. Anonymous

    2019 ގެ 32 ބިލިއަނުގެ ބަޖެޓަށް ހެދިގޮތެއް ބުނެދީބަލަ. ކާކު ކެއީ؟ ކާކަށް ދިނީ؟ ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް؟

  24. އާމިނަތު

    ވަގުންގެ ވާހަކަ ދައްކާނީ އެއްމެ ބޮޑު ވަގު އެއްމެ ބޮޑު ހިޔާނަތް ތެރިޔާ

    މީހަގީގަތް ގުދޯ ގުދޯނުގޮވާ