ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބަންދުކޮށްދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން އެދުމުން އެފަދަ އަމުރެް ނުނެރުނީ އެއިރު އަދީބުއަކީ ޖަލުގައި ހުކުމް ތަންފީރު ކުރަމުންދާ މީހަކަށް ވާތީ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

އަދީބު ބަންދު ކުރުމަށް އަމުރަކަށް އެދުމުން ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެ ނުދިން ކަމަށް ޕީޖީ ބިޝާމް ވިދާޅުވެފައިވާތީ، ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބަންދުގައި ހުރި މީހަކު ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.

އަދި އަދީބުގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް ހުށަހެޅިއިރު، އޭނާ ހުރީ އިންޑިއާގައި ބޭސް ފަރުވާއަކަށް ކަމަށާއި، އެ ހާލަތުގައި އޭނާ ހާޒިރުނުކޮށް ބަންދާއި މެދު ގޮތެއް ކަނޑައެޅުމަކީ އުސޫލެއްގެ ގޮތުން "ގާނޫނީ އަދި ޝަރުއީ އިޖުރާއަތްތަކާއި" އެއްގޮތް ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

އަދި އެއިރު އަދީބަކީ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށްވެފައި، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ އެއްވެސް ބޭނުންތެރި އޮތްކަމަށް ނުފެންނާތީ ޕީޖީ އެދުނު ގޮތަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރެ އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެންގި ކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، އަދީބުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނުކަން ޕީޖީގެ ފަރާތުން އެ ކޯޓަށް އަންގާފައިނުވާއިރު، ފަހުން އެފަދަ އަމުރަކަށް އެދިފައިވެސް ނުވާ ކަމަށެވެ.

"އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ހަވާލާދީ "އަދީބު ފިލިއިރުވެސް ބަންދަުގެ އަމުރެއް ސުޕްރީމް ކޯޓުން ނުނެރެދިން". މި ސުރުހީގެ ދަށުން "މިހާރު"ނޫހުގައި، ލިޔެފައިވާ ވާހަކަތަކަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު ބަދުނާމުވާގޮތަށް ލިޔެފައިވާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ"، ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ ކޯޓުތަކާއި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަދައްކާ އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް އެ ކޯޓުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖާބިރު

    މި ސަރީޔަތުގެ މަޖިލީހަކީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިޔާ ކަނޑުން އިންޑިޔާ ސިފައިން ހޮވީ މާވަހަރެއްކަމަށް ބުނާތީޔާއި ސަރުބީ ނޫންކަން އެއްވެސް ސައްކެއްނެތް މިންވަރަށް ސާފުއިބާރާތުން ދައުވާއުފުލި ފަރާތްކަމުގާވާ އިންޑިޔާ ސިފައިން ބުނާތީޔާއި އަދި ރޭގަނޑު އަނދިރިވި ފަހުން އެހެން ބޯޓެއް އެ ބޯޓާ ކާރިކޮށް އެ މާވަހަރު ވަގަށް ނަގާގެން މިރާއްޖޭގާ ގެންގުޅޭކަމަށް ބުނާތީޔާ އެ މާވަހަރުގެ މިލްކުވެރި ފަރާތަކީ އިންޑިޔާސިފައިންކަމުގާ ކަޑައަޅާދިނުމަށް އެދި އިންޑިޔާސިފައިން ހުށައެޅި މަސްސަލަޔަކާ ގުޅިގެން ބޭއްވޭ ސަރީޔަތުގެ މަޖިލީހެއް.

    19
  2. ޫިވިސްނާ

    ހުރިހާ ދިމާލަކުންވެސް މި މީސްމީހުންނަށް ފިލޭނެ ބާގަނޑުތައް... ސާބަސް.. ތިޔަ މުވައްސަސާތަކުން ޤައުމުގެ މިފަދަ ބޮޑެތި ކަންކަމުގައިވެސް މަޝްވަރާކޮށް ބާގަނޑުތަކުން ކުއްވެރިންނަށް ނުނުކުމެވޭވަރު ކުރާކަށް ނުވޭތަ؟ މީއެއް ޤައުމެއް ، ޤައުމަށް ފައިދާހުރި ހުރިހާ ކަމެއްގަ ގުޅިގެން މަސައްކަތް ކުރުން ނެތީތަ؟ ކީއްކުރަން ހަވާަލުވެތިބޭ މަޤާމުތަކެއް؟ ޤައުމީ ކަންކަމުގަ އެއްބާރުލުން ނުދެވި ބަޔާނަކުން މުއާމަލާތުކުރުންތޯ ޤައުމަށް ފައިދާބޮޑީ؟ ހުރިހާ ދިމާލަކުންވެސް ެބަޔަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ނިންމަނީ ހާދަ ދެރައޭ.

    12
  3. ޔަސީދު

    އަދީބު ހުރީ ހަނދުގަ.. އެހެންވީމާ ކިހިނެތް ހައްޔަރު ކުރާނެ އަމުރެއް ނެރޭނީ..

    15
    1
  4. މިއަދު

    ސާބަސް ހަމަސާބަސް މިއޮތީވާ ކުޅިގަނޑެއް ރޔ ބައްދަން ވަތުއުގުން ހެދި ޑީލްތަކުގެފަޅާރާ މިއޮވެގެން ފެންނުހިފި މިއޮވެގެން ބޮކިއަރާ އަޑިއަށްދަނީ ދެންވެސް ހޭވެރިކަންވެބަލަ

    13
  5. ކިލާކުރާނެ

    އެނޫޙަކީ މި ސަރުކާރާ ވަރަށް އެއްކޮޅު ނޫހެއް. އެހެންވެ ތިޔަ ކަހަލަ ސުރުޚީ އަޅާނެ. މިއޮތް ހުރިހާ ދުވަހު އަދީބާއެކު ދައުލަތުން އެއްބަސްވުމެއް ހަދައިގެން އުޅުނު ވާހަކަ ނުދައްކާ ތިއްބާ އަދީބު ފިލުމުގެ އެޕިސޯޑާ ގުޅިގެން އެކަންވެސް ރައްޔިތުންނަށް ފެންމަތިވީ. އެހެން ނޫންނަމަ އެކަން އެކަކަށްވެސް ނޭގުނީސް. އަދީބު އެހާ މިނިވަންކަންމަތީ އުޅެނީ ކޯޓުގެ ސަބަބުންކަން ދައްކަން މަސައްކަތްކުރަނީ ކޯޓުތަކުގެ އަގުވައްޓާލަން. އެމްޑީޕީއެންޑްފްރެންޑްސްތައް ކޯޓުތަކުން ކުރިން ދޫވިއިރު ކޯޓުތަކުގެ ހުކުމްތައް ބަރާބަރުވެފަ އޮތީ. އަދީބަށް މި ސަރުކާރުން މިނިވަންކަން ދީގެން އުޅޭ އުޅުން ފޮރުވަން ކުރާހާ ކަންކަން އެއީ.

    15
  6. ހިޔަމި

    ބަންދުގަ ހުރިމީހިކު ބަންދުކުރަން އަމުރަކަށް ޕީޖީން ަަަަަަަަަަަަަަަަަަަަަަ އެދޭނެތަ؟