ދޮގު އިލްޒާމް އެޅުވުމަކީ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެވުން ނޫން ކަމަށް ބުނެ ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް މިހާރުގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށް ރައްދުދެއްވައިފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށް، ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ރައްދުދެއްވާފައި ވަނީ، ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތިވީ އެ ގޮތަށް ކުރީ ސަރުކާރުން ސިއްޙީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށް ވިދާޅުވެ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން ކުރީގެ މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، އެހެން ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ ތިމާއާ ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެވުން ނޫން ކަމަށެވެ.

"ރައްޔިޔުން ހަވާލު ކުރި ޒިންމާއަށް ޖަވާބުދާރީ ވެލައްވާ". ނާޒިމް ކުރެއްވި ޓްވީޓްގައި ވެއެވެ.

މިއަދު މަޖިލީހުގައި އަމީން ވިދާޅުވީ، ރިޔާސީ އިންތިހާބު އޮތް ދުވަހަށް އޭރުގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ 28 ތަނެއް 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ބަދަލު ކުރި ނަމަވެސް ބަދަލު ކުރީ ހަމައެކަނި ނަން ބޯޑު ކަމަށެވެ.

"މި އިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނެއް ފޯރުކޮށެއް ނުދޭ. ބަޖެޓު ފޯރުކޮށްދީފައެއް ނުވޭ ރައީސް ޔާމީނުގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ ތަންތަން 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ބަދަލު ކުރި ނަމަވެސް ބަދަލު ކުރީ ހަމައެކަނި ނަން ބޯޑު" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތިވީ އެ ގޮތަށް ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށެވެ.

އަމީން ވިދާޅުވީ ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށާއި ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރެވޭނީ، ރަނގަޅު ކުރުމުގެ ވިސްނުން އޮވެ ތަސައްވަރެއް އޮވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެޔޮޅު

    ޔާމީނު ފަސްއަހަރުތެރޭ އެމެރިކާއައްވުރެ ސިއްހީދާއިރާކުރިއަރުވާފަ ސިނަގަޕޫރައްވުރެ އިގުތިސާދީ އަދި އުމްރާނީ ގޮތުން ކުރިއަރުވާފައޮތްނަ އެމްޑީޕީއައް އަދިމާ ފަސޭހަވީސް ދޯ؟

    12
    2
  2. ދިވެހި ދަރިއެއް

    ޢެންބަޔަކު ގޯސްކޮށް ކަމެއް ކޮފައިވާނަމަވެސް ރަނގަޅުކުރާ ހާ ދުވަސް ވެއްޖެ، މި ސަރުކާރުގައި އެއްވެސް ކަމެއް ރަނގަޅެއް ނޫން، ދެން މުޅިންވެސް އެހެން މީހުން ބްލޭމް ކުރީމާ ނިމުނީ، ކަނދިކަމަނާގެ މަސްތެއްލުން ފަދަ، މިސަރުކާރު އުޅެނީ އަނގައިން، އަދި މަޖިލިސްކުރާ ގޭގައި ފަސޭހައިން ސަލާމަތް ވާނެ އުކުޅަކަށް މިހާރު ވެފައި އޮތީ މަޖިލިސް ނުރުހޭ މީހުންގެ ބޮލުގައި އެޅުވުން.

    18
  3. އަހުމަދު ހުސައިން އަލީ

    ޢަމީނޫ. ކަލޭ ނޫންތޭ ތިއުޅެނީ ރަސްރަނި ބަގީޗާގެ ނަންބޯޑު ސަލްޓަން ޕާކަށް ބަދަލުކުރި ގޮތަށް ރ. މީދޫ ސިއްހީ މަރުކަޒުގެ ނަން މީދޫ ހޮސްޕިޓަލަށް ބަދަލުކުރާން. ނާްާބިލު މީހުން ޒިންމާއިން ރެކެން ކަމަށް ކުރަން އެނގޭ ކަމަކީ އެހެން މީހުން ކުށްނަމުއަޅުވައި ބަދުނާމުކުރުން. ލަދުކޮބާ؟

    14
  4. ކެޔޮޅު

    މިސަރުކާރުން ވައްކަމެއް ނުކުރޭ ކުރިވެސްނެތް ބަޖެމުޅިންހުސް ރައީސްޔާމީނު ވައްކަންކުރަމުން މުޅިޤައުމު ނަގާކޮޅައްޖެހީ ހައިރާންވާހާބާރުސްޕީޱްގަ!!

    17
  5. އިސްމާޢީލް

    މިނިސްޓަރ ނާޒިމް އެ ވިދާޅުވީ ރަނގަޅަށް ހެލްތު މިނިސްޓަރަކަށް ތިހުރި އާމީން އަކީ ހަމަ ހުސްބޮލެއް.ތިމާމީހާ ފެއިލްވީމާ އެހެން މީހުންނަށް އެކަން ކަނޑާނެ ކަމެއްނެތް. އަވަހަށް އިސްތިއުފާ ދެއްވަފަ ގޭގަ އޮންނަވާ.

    16
  6. ދޮންމަނިކު

    ކަމެއް ކުރަން ނޭގުނީމަ ދެން ދައްކާނީ ބަހަނާ
    ބަލަގަ އަމީނޫ ގޯސްކަންތައްތައް ރަނގަޅުކު ކުރާނެކަމަށް ވަޢުދުވެފަ ނޫންތަ ވޯޓް އޮޅުވާލައިގެންނަމަވެސް ނުވަތަ ވޯޓުން ވައްކަން ކޮށްގެން ވިޔަސް ތިޔަ ބަލާވެރިކަން މިގައުމަށް ފާވެފަ ތިއޮތީ
    ޢެހެންވީމަ ވަޢުދު ފުއްދަންޏާ ޖެހޭނެ ކުރީގެ ސަރުކާރުން ގޯސްކޮށް ކަމެއް ކޮއްފައޮތިއްޔާ ރަނގަޅުކުރަން
    ނަމަވެސް ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނޭ އަބަދުވެސް ފެންނަނީ ކަންކަމުން ރެކެންއުޅޭ މަންޒަރު

    13
  7. ނާދިރާ

    ކަލޯ ކަނޑުކޮސް އަމީނޫ... ގެއަށް ކަނޑާލާ