ދެ ސްކޫލެއްގައި މަލްޓި ޕާޕަސް ހޯލް އަޅަން މިއަދު ބަޔަކާއި ހަވާލު ކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ގައި ބޭއްވި ރަސްމިޔާތެއްގައި ވޯއަވާސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އާއި ހަވާލު ކޮށްގެން މަލްޓި ޕާޕަސް ހޯލް
އަޅަން ނިންމީ އއ. ތޮއްޑޫ އަދި ރ. ހުޅުދުއްފާރު ސްކޫލުގައެވެ. އަދި މީގެ އިތުރުން މިއަދު ވަނީ ހދ.ނެއްލައިދޫ ސުކޫލުގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ 2 ކްލާސްރޫމް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް ވިދާޅުވީ މި ދެ ޕްރޮކެޖްޓުގެ ޖުމުލަ އަގަކީ 14 މިލިއަން ރުފިޔާ ކަމަށާއި މި ޕްރެޖެކްޓުގެ މުއްދަތަކީ ދެރަށުގެވެސް 360 ދުވަސް ކަމަށެވެ.

އިތުރަށް ރިޔާޒް ވިދާޅުވީ މިއަދު އަޅަން ހަވާލު ކުރި ދެ މަލްޓި ޕާޕަސް ހޯލަކީވެސް 500 ކުދިންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލްކަމަށާއި މި ހޯލްތަކުގައި ހަތަރު ފާޚާނާގެ އިތުރުން ދެ ޗޭންޖިންގް ރޫމާއި ގުދަނެއްގެ އިތުރުން ހާއްސަ އެހީއަަށް ބޭނުންވާ ކުދިންނަށް ފާޚާނާއެއް އެކުލެވިގެންވާނެ ކަމަށެވެ.

"މިއީ މި މިނިސްޓްރީން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ 20 މަޝްރޫއެއްގެ ތެރޭގައި ހިމެނޭ ދެ ޕްރެޖެކްޓެއް ކުރިއަށް އޮތް ހަފްތާތަކުގައި ވެސް އެކި ޕްރޮޖެކްޓްތަކުގައި ސޮއިކުރެވިގެންދާނެ" މިނިސްޓަރ ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭމަންޑޫ

    ކަލޭތީ ބޮޑު ވަގެން ކަލޭގެ ވަގު ޢަބުދުﷲ ރިޔާޒު ހޮވަންވެގެން ވޭމަންޑޫ މީިހުނަށް ދޭންބުނި ކަންކަން ކޮބާ؟؟