ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ދަތުރުކުރަމުން ދަނިކޮށް ހިފަހައްޓައި ކުރީގަ ނައިބް ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ދޫނިދޫގައި އޮތީ ކުޑަ ގޮޅިއެއްގައިކަން ހާމަ ވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އަދީބު މިހާރު އޮންނެވީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އަދީބު ބަންދު ކޮށްފައި އޮތް ކުޑަ ގޮޅީގައެވެ.

އެއީ ދޫނިދޫ ޔުނިޓު ދޭއްގެ ދެ ނަމްބަރު ގޮޅި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ ގޮޅީގައި އަދީބު ކުރިންވެސް އޮތްއިރު، އެކަމާއި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން، އެއިރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ވަނީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ.

އެ މައްސަލާގައި އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށް ދައުލަތުންވެސް އެއްބަސްވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ރޭ އަދީބު މިނިވަން ކުރިއެވެ. އެހެން ނަމަވެސް އަނެއްކާ އޭނާ ހެނދުނު ހައްޔަރުކޮށް ދޫނީދޫއަށް ގެންދިޔައީ މިއަދު ހެނދުނުއެވެ. އަދި މިއަދު ހަވީރު 6:00 ގައި އަދީބުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހްމަދު

    ބަލަޓަގުބޯޓުގަ އަދީބުއޮތީކިހާވަރެއްގެ ގޮޅިއެއްގަބާ ހަމަގައިމުވެސް ޓަގުބޯޓުގެގޮޅލއައްވުރެ މިހާރުއޮތްގޮޅި ބޮޑުވާނެ

    42
    7
    • ކެކެކެ

      އެގޮޅިއާއި މިގޮޅިއަކީ އެއް ގޮޅިއެއް. އެކަމަކު އޭރު ގޮޅި ސަކަރާތް މިހާރު ބަރާބަރު. ގަމާރު ސަރުކާރު. ލާދީނީ ސަރުކާރު. ގަންްޖާ ސަރުކާރު. ވަގު ސަރުކާރު. ނިރުބަވެރި ސަރުކާރު. އަނިޔާވެރި ސަރުކާރު. ލަދުހަޔާތް ކުޑަ ސަރުކާރު. އަދިވެސް އަދިވެސް......

      12
      6
  2. ވިސްނާ

    ކުޑަ ގޮޅިވިޔަސް އަނދަގޮޅި ވިޔަސް ނުކުރާ ކުށަކަށް އަދަބު ދެވިގެންނުވާނެ. ތިޔަ ގޮޅިއަށްވެސް ލާން ޖެހުނީ ލާންޖެހޭވަރު ކުރީމަތާ. މިވަރު ވެގެންދާއިރު އަދިވެސް އިސްލާހު ވުމުގެ ޙިޔާލު ހުރިހެނެއް ހިޔެއްނުވޭ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ވިސްނުން ދެއްވާށި. ..

    43
    5
  3. ވައްލަ

    ސަޅި ހަމަ ...

    27
    3
  4. ޖުހާ

    ދެންފަހެ ދޫނިދޫގައި އަދީބު އޮތީ ކުޑަ ގޮޅިއެއްގައިކަމުގާ ބުނާތީޔާއި ދޫނިދޫގާ ގަނޑުވަރެއް ހުންނަކަން ނޭގޭތީޔާއި ބޮޑުގޮޅިޔެއްގާ ބަސްނާހާ ކުދިން ނުބެހެއްޓޭނެ ކަމަށް ޖެންޖަ މިނިސްޓުރީއިން ބުނެފާވާތީޔާއި ބޮޑުގޮޅިޔެއްގާ ބާއްވަންޖެހޭ އެއްވެސް ސަބަބެއް ސަރީޔަތަށް ޖީޕީއެސް ބެލުމުން ނުފެންނާތީ އަދީބު އޮންނަން ޖެހޭނީ ކުޑަ ގޮޅިޔެއްގާ ކަމުގާ އިއްވާ ތާސްބާގެ ގަނޑަކުން އޭނނާގެ މައްޗަށް ހުކުންކުރަމޭ.

    43
    2
  5. ޙަމްދޫން

    ކޮބާތަ އޭގައި މައްސަލައަކީ! އަހަރުމެންވެސް އުޅެނީ 100 އަކަފޫޓު ކިރިޔާ ހަމަވާ ކުޑަ ގޮޅިއެއްގައި އެއީ 9000 ރުފިޔާ މަހަކު ދައްކައިގެން

    42
    3
  6. Anonymous

    ބޮޑު ގޮޅިއަކަށް ލާންވީތަ

    24
    1
  7. ހުސޭނު

    އަދީބު ބަހައްޓަންވީ ފެލިމަސްދަޅެއްގެ ތެރެއައްލާ ބަންދުކޮއްފައި.. ފިލަން އުޅޭވަރުން ގޮސް ދެން ކިހިނެތް ދޫކޮއްލާފައި މީނާ ބެހެއްޓޭނީ..

    37
    2
  8. އަލިބޭބެ

    ކުޑަގޮޅި ތިކިޔަނީ ކިހާވަރު ގޮޅިއަކަށް؟ މާރުކޭޓްގަ ވިޔަފާރި ހިންގަންވެސް ދޫކޮށްފަހުރީ ހަމަ ކުޑަގޮޅި. ގައިމު ދޫނިދޫ 2ނަމަބރު ޖަލުގެ ގޮޅިތައް ވިޔަފާރި ކުރަން މާރުކޭޓުން ދޫކޮށްފަހުރި ގޮޅިތަކަށްވުރެން ބޮޑު! އަހަރެމެން ބޮޑެތިވިޔަފާރި މިހިންގަނީ މިކަހަލަ ގޮޅިގަނޑެއްގަ. ދެން އަދީބު ހަމައެކަނި އޮވެލަން ގަނޑުވަރެއް ދޭންޖެހޭތަ؟ އަހަރެމެން ޓެކްސް އެބަދައްކަމު، އެކަލޭގެ ބަލަހައްޓަންވެސް ޚަރަދުކުރައެއްނު ސަރުކާރުން؟ އޭނަ ދައުލައް ފެލާލީމަވެސް ބޮޑު މަހާޖައްރާފެއްވަރުގެ ޖަލުގޮޅިއެއްދޭންވީ. އަހެރެމެން ޓެސްކްދައްކަމުން ދައުލަތަށް އާމްދަނީ ހޯދާދޭތީ ދަނގަޑު ޓިނު ޖަހާފަ މާރޯއަވީގަ ހަދާފަހުރި ކުޑަގޮޅި. ކޮންވައްތަރު އިންސާފު!

    24
    2
  9. އާދަނު

    ބަލަ ދެން ގެންގޮސް 5ތަރީ ހޮޓަލަކަށްތަ ލާންވީ ކުއްވެރިން ކުވެރިންގޮތުގަ ތިބެންޖެހޭނީ ވަކި މަގާމެއްގަ އުޅުނެކޭކިޔަފަ ޖަލަށް ލީމަ ވީއައިޕީ ޚިދުމަތް ދޭކަށް ނުޖެހޭ

    20
  10. ނަފާ

    ތީނަލާންވީ ތޫތުކުޅިގޮޅިއަށް. ކުޑަގޮޅިއަކަށްނުން. ބޮޑުވަގު

    17
  11. އަން

    ދޫނިދޫން އަދީބަށް ހިމާޔަތާ ރައްކާތެރިކަން ލިބޭނެ. އެތާގައި ހުއްޓާ ބަޔަކަށް ހަމަ ލާހިކެއްނޫން އަދީބަށް އަނިޔާއެއް ކުރާކަން.
    ސަރުކާރުގެ ގޭމް ފަޅާއަރުވާލީމަ ސަރުކާރުން އަހުވަ ދައްކާނެ. އޯގާތެރި ސަރުކާރެއް

    16
    1
  12. މ

    އެމް ޑީ ޕީ މީހުން އޭރު ލެވި ހަޅޭއް މިހާރު ކޮބާ. ޢަދީބު ހުދު ކާފޫރައް ވީ ތޯ.. ކޮބާ އިންތި ކޮބާ ހަސަން ލަތީފު. ކޮބާ ޝިފާޒު..... ހުރިހާ ކަމެއް ތިމާ މީހުންގެ ވެރިކަމުގާ ... ﷲ ކޮންމެ ކަމެއް ވެސް ލޯ ތަކަށް އެދައްކަވަނީ... ލަހެއް ނުވިއެއްނު... ކުރިޔައް އަދި ހުރީ ބޮޑެތި ކަންކަން .... ފަހަރަކު ބޮމެއް އެދަނީ ގޮވަމުން

    17
    2
    • ޛުރާރު

      ހުދުކާފޫރަކީ ކޮންއެއްޗެއްކަން މިގަމާރަކަށް ނޭގޭ. ޢެކަމަކު ވީދޭވަރު ބަލާބަލަ.

      1
      7
  13. ފަރުހާދު

    އޭ ބަލަ އަދީބާއެވެ. ކިތަންމެ ފައިސާ ގިނަވެފާ ގާތުގައި ވަރުހުރި ޒުވާން ނޫކަށީން ގެންގުޅެން ލިބުނަސް މާތްﷲ އަށް ބިރުވެތި ވާށެވެ. ތިބާއަށްވެސް ތައުބާވާނެ ފުރުޞަތު މާތްﷲ ދެއްވަވައިފިއެވެ. ނަމަވެސް ތިމާގެ އާރާއި ބާރު ދައްކާލަން ޓަގުބޯޓަށް އަރައިގެން ޤާނޫނުތަކާއި ކިލާފަށް އަދިވެސް ފިލަން އުޅޭތީ މ ހަމަ ޙައިރާންވަމެވެ. ތި އުޅެނީ ކިހާދުވަހަކު ދުނިޔޭގައި ދިރިހުންނާނެކަމަށްހެއްޔެވެ. ނިކަން ވިސްނާ ފިކުރުކޮށްބަލާށެވެ. ޑރ ޖަމީލުމެންނަށް ކަލޭ ދިނީ ކިހާ ބޭއިންސާފު ލަނޑެއްޔެވެ؟ ކަލޭ ހީކުރަނީ ފިރުއަޢުނާ ހާމާނާއި ޤާރޫނު ދެއްކިފަދަ ގަދަފަދަކަން ކަލެއްއަށްވެސް ދެއްކޭނެކަމަށް ހެއްޔެވެ. އޭ ހޭއަރާށެވެ. ކަލޯއެވެ. ގަދަ ކީރުތިވަންތަ ﷲ ތިބާގެ ކުރިމަތީގައިވެސް މީޒާން ބަހައްޓަވާނެއެވެ. އަދި ޢަމަލުތަކުގެ ފަތް ކިރުއްވާނެއެވެ. އޭ ޢަބްދުލްޣަފޫރުގެ ދަރި އަޙްމަދު އަދީބާއެވެ. ތިބާ ހޭއަރާށެވެ.

  14. އައްޑޫ މީހާ

    މިހާރުދެން އެބަ އިނގޭ އަދީބު ފިލަން މިއުޅެނީ ފޮރުވާފައިހުރި ފައިސާކޮޅު ބޭނުންކޮށްގެން އުމުރުގައި ބާކީއޮތްތަނުގައި އުފަލުގައި އުޅެލަންކަން އ.ޑ.ޕ ބޭފުޅުން އެވަރުގެ ލަގާއެއް ދޭނެކަމަކަށް އަދީބު ނުވިސްނާނެ ކެންނާރި ދަންނަނުދަންނަ މާފަތް އެދުރުކަލޭގެ ހަދާ ޕްލޭން އަތަށްގޮވަނީ މިކަމުގެ އަޑީގައިހުރީ އޭނަ މިސަރުކާރުން އަދީބަކީ ޟޮހީފް ބޭފުޅަކަށްވެސް ހެދީ ކުށެއްނެތް މައުސޫމް ބޭފުޅަކަށްވެސް ހެދީ ދެން ކުޑަގޮޅިއަށް ލާފަ އަނެއްކާވެސް ކޮންމެވެސް ނާޖައިޒް ފައިދާއެއް އަދީބުގެ ފަރާތުން ލިބިގަންނަން މިސަރުކާރުން ތިޔަ އުޅެނީ ރައީސް ޔާމީން ޖަލަށްލާން ކުރާ މަސައްކަތުގެ ނުބައި ރޭވުން ގަދަބާރުން އަދީގެ ހެކިބަސް ނަގަން ކުރާކަމެއް ހެކިބަސް ދޭން މަޖުބޫރުވާފަދަ ހުކުމެއްވެސް އިޔާދަ ކޮށްފާނެ ހެކިބަސް ނިމޭއިރަށް އަނބުރާ އެހުކުމުން ބަރީއަވާނެ މިއީ ސިޔާސީ ކުޅިގަނޑު ދާނެގޮތް އިންޑިއާއިންވެސް ހިމާޔަތް ދޭނެ އ.ޑ.ޕ މީހެއްނަމަ މިސަރުކާރުން ހިމާޔަތް ނުދޭށޭބުނީމަ ނުދިނީ އެކަމަކު އެހެން ސަރުކާރެއް އޮވެ އ.ޑ.ޕ މީހަކަށް ހިމާޔަތް ނުދޭން އެންގިޔަސް އިންޑިއާ އެކަމަށް ޗެލެންޖް ކުރާނެ މިގައުމުގަ އަދުލު އިންސާފް ގާއިމް ކުރެވޭނީ ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެ ކިބައިން މިގައުމު ސަލާމަތް ވެގެން

    2
    1
  15. ބިސްބޮންގޮންގް

    ފަލަގެރި އޮތީ ދޫނިދޫ ވިނަދަނޑުގަ ފެހިވިނަ ކާން ބާއްވާފަ! ގްލޮކޯމާއަށް އެންމެ ރަގަޅީ ދޫނިދޫގެ ފުއްޓަރުމަތިން އަންނަ ތާޒާ ވައިރޯޅި! ގޮޅިއަކަށްނޫން ލާންވީ، އޭނާ ކަޅުހަމަކަށްލާފަ މަތިޖަހާފަ ބާއްވަންވީ! ކިހާދެރަކަމެއްް؟