ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ވޭނެއްގެ ދަށުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު މެންދުރުފަހު 13:40 ހާއިރު ހުޅުމާލެ ރީތިގަސް މަގުގައި ހުރި ވިލާ ޕެޓްރޯލް ޝެޑަށް ސިގްނަލް ދީފައި ވަންނަން އުޅުނު ވޭނަކާއި، ޕެޓްރޯލް ޝެޑާއި ދޭތެރެއިން ދާން މަސައްކަތްކުރި ސައިކަލެއް ވޭނުގެ ދަށުވެގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާގެ އަނގަމަތި ފަޅައިގެންގޮސް ދަތެއް ވެއްޓިފައިވެއެވެ.

އަދި މި އެކްސިޑެންޓްގައި ސައިކަލަށާއި، ވޭނަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ސައިކަލް ދުއްވި މީހާ އަތުން ލައިސަންސް އަތުލާ ނުރައްކާ ދުއްވުން ދުއްވާތީ

    • އަހްމަދު

      އަދި ދެމަސްދުވަހަށް ޖަލަށްލާ.

  2. ޖިންނި

    އެ ވައްތަރަށް ޒިގްޒެގް ކޮށް ދުއްވާ މީހުނާއިހެދި ބލ އެއް