ސީހައުސްގެ ޑެލިވަރީ ބޯއީ އަތުގައި ހުރި ބައެއް ކާތަކެތި – ފޮޓޯ: ސީހައުސް
ސީހައުސްގެ ޑެލިވަރީ ބޯއީ އަތުގައި ހުރި ބައެއް ކާތަކެތި – ފޮޓޯ: ސީހައުސް

މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ސީހައުސްގެ ޑެލިވަރީ ބޯއީ އަށް ބަޔަކު ހަމަލާދީ އޭނާ ޑެލިވަރީ ކުރަން އުޅުނު ކާތަކެތި ރޭ ފޭރިގެންފައިވާ ކަމަށް ސީހައުސް އިން ބުނި ނަމަވެސް މަންޒަރުދުއް މީހުން އެކަން ދޮގުކޮށްފިއެވެ.

މަންޒަރުދުއް މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ސީހައުސްގެ ޑެލިވަރީ ބޯއީ ދޮންއަދަރާދަ ހިނގުމުގައި ހުންނަ އެންޒީ މަސް ފިހާރަ ކައިރިން ދަނިކޮށް އޭނާ އަތުގައި ކާތަކެތި އަޅާފައި ހުރި ޕާރްސަލްތައް މަގުމައްޗަށް ވެއްޓުނީ އޭނާ ސައިކަލެއްގައި އަޅައި ގަތުމުންނެވެ.

"އެއީ ވަރަށް ހިމަކޮށް އޮންނަ މަގެއް. އެމަގުން އޭނާ ދަނިކޮށް ސައިކަލެއްގައި އަޅައިގެންފައި ޕާރްސަލްތައް މަގުމައްޗަށް ވެއްޓުނީ. އޭނާ އެތަނުން ދިޔައީ އެޕާރްސަލްތަކުން ފޮޓޯއެއް ނަގައިގެން." މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަމަވެސް ސީހައުސް އިން ކުރި ޓްވީޓެއްގައި ބުނީ "ރޭގެ ވަގުތެއްގައި ޒުވާނުންތަކެއް އަހަރެމެންގެ ޑެލިވަރީ ބޯއީ ހުއްޓުވައި އޭނާއަށް އަނިޔާކޮށް، ކަސްޓަމަރަކަށް ގެންދަން ތައްޔާރުކޮށްފައި ހުރި ކާތަކެތި ވަނީ ޖަހައިގެންފައި" ކަމަށެވެ.

ސީހައުސްގެ ޑެލިވަރީ ބޯއީ އަށް ހަމަލާދިން ކަމަށް ސީހައުސް އިން ބުނި ނަމަވެސް ސީހައުސް އިން ވެސް އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިޔާފާރި އިޝްތިހާރު ކެރާން އައު އުކުޅަކިއްޔާ!

  2. މުޅިން ތިޔަ ޒާތުގެ ގޭސް އެނބުރުމުގަ އުޅޭނީ... ކަސްޓަމަރުގެ ރުޅިގަނޑު މައިތިރިކޮށްލާ ހަމްދަރުދީ ހޯދުމުގެ އިތުރަށް ވިޔަފާތި ޕުރަމޯޓްކޮށްލުމުގެ ސުޓަންޓެއް

  3. ޑެލިވަރީ ބޯއީ ލާރި ދައްކަން ޖެހޭނެތީ ގޮއްސަ ދުގު ހެދީ އެ.