ދިވެހި ފުލުހުން ކުރަމުންދާ ތަހުގީގަކަށް ތައިލެންޑް ބަސް ދަންނަ ތަރުޖަމާނަކު ހޯދަން ބޭނުންވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ފުލުހުންގެ އެންޓި ޓްރެފިކް ހިއުމަން ޔުނިޓުން ކުރިއަށްގެންދާ ތަހުގީގަކަށް ތައިލޭންޑް ބަސް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ ބަސް ދަންނަ އަދި އެކަމަށް ޝައުގުވެރިވާ މީހުން ފުލުހުންގެ ހޮޓް ލައިން 9500125 ގުޅައިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ތައިލެންޑް ބަސް ތަރުޖަމާކޮށްދޭނެ ފަރާތެއް ފުލުހުން ހޯދަމުން ދަނީ ބަންދުގައި ތިބޭ ތައިލެންޑް މީހުންގެ ތަހުގީގަށާއި، ކޯޓު މަރުހަލާގައި އެ މީހުން ދައްކާ ވާހަކަ ދިވެއްސަަށް ނުވަތަ އިނގިރޭސި ބަހަށް ތަރުޖަމާކޮށްދިނުމަށެވެ.

ރާއްޖޭގައި އެކި ގައުމުގެ މީހުން މަސައްކަތް ކުރަމުން އަންނައިރު، ތައިލެންޑްގެ ޒުވާން އަންހެނުން ރާއްޖޭގައި ފުދޭވަރަކަށް މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުނެލީ

    ތައި ބަސް ދަންނަ ދިވެހިން އުޅޭ ކަމެއް ނޭނގޭ!!! އެކަމަކު ތައި މަންޖެމަނާ ވަރަށް ދޯޅު ދިވެހިން ތިބޭ

    13
    1
  2. އަމްމަޑޭ މާމިގިލީ

    އަހަރެންނައް އިގޭ ތައި ބަސް. އެކަމު 50000 ރުފިޔާ ދިނީމާ ތަރުޖަމާ ކޮއްދޭނަން. އެއްދުވަހު.

    7
    1