މ. މުލީގައި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިފަދަ ކަމެއް އެރަށުގައި ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ނޭވާ ނުލާތީ ކަމަށް ބުނެ މިއަދު ހަވީރު މުލީ ހޮސްޕިޓަލަށް ގެންދިޔަ 29 އަހަރުގެ އަންހެނަކު ނިޔާވި މައްސަަލައެއް ފުލުހުން ބަލަމުން ދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން އެ މައްސަލަ ބަލަމުން ދަނީ މިއަދު ހަވީރު 16:43 ހާއިރު މުލީ ހޮސްޕިޓަލުން އެ މައުލޫމާތު ފުލުހުންނަށް ދިނުމުން ކަމަށެވެ.

"މި މައްސަލަ އާއި ގުޅިގެން މުލީ ހޮސްޕިޓަލް އާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުންދަނީ". އޮފިޝަލް ވިދާޅުވިއެވެ.

އެ ޒުވާނާ ނިޔާވީ ކީއްވެގެން ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ނާފިޒް "ވަގުތު"އަށް ވިދާޅުވީ، އެ އަންހެންް މީހާ އާއި ގުޅޭ ރިޕޯޓްތަކާއި އެއްޗެހި ނުލިބޭ ކަމަށާއި، އެއްޗެއް ދަންނަނަން އިނގޭނީ ފުލުހުންގެ ރިޕޯޓާއި، ހޮސްޕިޓަލްގެވެސް ރިޕޯޓްތައް ލިބުމުން ކަމަށެވެ.

"އަދި އަޅުގަނޑަށް މި ރިޕޯޓްތަކާއި ހުރިހާ އެއްޗެއް ނުލިބޭ، ސީދާ އަޅުގަނޑަށް ވަކި އެއްޗެއް ދަންނަވާކަށް ނޭގެ، މިހާރުވެސް ޕޮލިހުންނާއި އަޅުގަނޑުމެންނާއި ގުޅިގެން އެކަންތައްތައް ކުރިއަށް އެބަދޭ" "ވަގުތު"އިން ދެންނެވި ސުވާލަމަށް ޖަވާބުދެއްވަމުން ނާފިޒް ވިދާޅުވިއެވެ.

ނިޔާވި އަންހެން މީހާ ދިރިއުޅުނު ކޮޓަރި ފުލުހުން ގެންދަނީ ފާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެކެކެ

    ކޮބާ ސުއޫދު. އަވަހަށް ހަވާލުކުރޭ އެސޮރާ.

    40
    6
  2. މާމިގިލީ މީހާ

    ކޮންމެވެސް ބަޔަކު މަރާލާފަ އޮންނާނީ. އަމިއްލައަކަށް އެއްވެސް މީހަކު މަރެއް ނުވާނެ. ފުލުހުންނަކީ ފެއިލް ވެފަ ތިބި ބޮޓުންތަކެއް. އެހެންނޫނީ މާމިގިލީގެ މަރުތައްވެސް ބެލިސް.

    9
    11
    • މަޒް

      އަދި ކިރިޔާ ދޯ ފުލުހުން ފެއިލްވެފައިކަން ތި އިނގުނީ... ފުލުހުންގެ މުއައްސަސާއަކީ އެންމެ ނާގާބިލް މުއައްސަސާ.. މީގެ ކުރިން ކަލޭ ބުނަމުން އައީ ފުލުހުން ވަރެއް ނެތޭ..