ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓެއްގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން މުޙައްމަދު ސިނގިރޭޓް ބޯން އިންދާ ފުލުހުން އޭނާ ޖޫރިމަނާކޮށްފިއެވެ.

މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ސިނގިރޭޓް ބޯން މައިމޫން އިންދާ ފުލުހުން މިރޭ އެތަނަށް ވަދެ އޭނާ ޖޫރިމަނާ ކުރާ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރަން އިންދާ މައިމޫން ޖޫރިމަނާ ކޮށްފައި ވާއިރު ސައިކަލް ދުއްވަމުން ފޯނުން ވާހަކަދެއްކި މައްސަލައެއްގައި ލައިސަންސް ހިފެހެއްޓުމުން ފުލުހުންނަށް އިންޒާރު ދިން މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ އޭނާގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.

ސައިކަލް ދުއްވަމުން ފޯނު ބޭނުން ކުރި މައްސަލައިގައި ފުލުހުން މައިމޫން ހުއްޓުވުމުން އޭނާ ވަނީ އޭނާ އަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދީފައެވެ.

މީގެ ކުރިން ވެސް ބައެއް މައްސަލަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ މައްސަލަތައް ފުލުހުން ތަޙްޤީޤު ކުރަން ފެށި ނަމަވެސް ވަކި ހިސާބަކުން މައްސަލަ ފައިލްކޮށް، ދައުވާ ނުކުރަން ނިންމާފައިވެއެވެ.

އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަކީ ރައީސް ޞާލިހް އަލަށް އުފެއްދެވި މަގާމެކެވެ. އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކަކަށް މިހާރު ވަނީ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަޓޯ

    ހާދަ ސައިޒު އޮޅިގެން އުޅޭ ގޮލައެކޭދޯމީ.. މިހާރު އޮންނާނީ އޮފު ފިލާފަ.. މިފަހަރުވެސް މިކަލޭގެ ހައިސިއްޔަތު ޖަހާނުލާތަ ޕޮލިހުންނަށް... މުޅިން މިކަހަލަ ކަނޑުކޮސް އެއްޗެހިން އުޅޭ ސަރުކާރެއް.. އައްޗީ

    70
    4
  2. ޖަމްބޯ

    ވަރުގަދަމީހެއްދޯތީ

    39
    1
  3. އަލީ

    އައްދެ މިފަހަރު ކުއްވެރިވާނީ ސިފައިން

    55
  4. ބޮއިކަޓް ޢަލީ

    އެހެންދޯ، ރައީސް އުފެއްދި މަޤާމެއްވީއްޔާ ހުއްދަވާނެ. ފުލުހުން އަނެއްކާވެސް ކުށެއްނެތް މާތްމޫނު ތި ޖޫރިމަނާކުރީ. އަވަހަށް އެ ފުލުހުން ސަސްޕެންޑް ކުރޭ

    51
    2
  5. ސޭޓް

    ދި އަންޓަޗަބަލްސް

    32
    1
  6. ޛޔހ

    ޕާޓީ ކުދިންގެ އަހްލާގެއް ތައުލީމެއް ނެތަސް މަގާމް ދޭންޖެހޭނެ.

  7. އަލީލީ

    ތިޖޫރިމަނާ ދައަކްން ޖެހޭނީ ތި ޕޮލިސްކުއްޖާ ކަންނޭގެ

  8. Anonymous

    މި ފުލުހުންނަކީ މީ ކިހިނެއް ވެގެން އުޅޭ ބައެއް މަށަކީ "މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ" މަށަށް ވަޒީފާ ހަމަޖައްސަދިނީ ސަރުކާރުން، މަށަކީ ސަރުކާރުގެ އިއްޒަތްތެރިއަކީމު...

  9. އިހުސާނާ

    މީ ކިހާ ވަރަކުންދާނެ މައިމޫނެއްބާ؟

  10. މައިމޫނު

    ފުލުހުން މަށާ އަޅައިގަނެގެން މިއުޅެނީ ކީއްވެބާ؟

    2
    3
  11. ޢައިބާ

    ތިފެންވަރުގެ މަގާމް ތަކުގައި ތިބޭމީހުން ގާނޫނުތަކަށް ގޮންޖަހާނަމަ ޖެހޭނީ މަގާމުން ވަކިކުރަން

  12. ޅަބޭ

    މިފަހަރު ތި 2 ފުލުހުންގެ ފަޒީފާ ގެއްލޭނެ. އަދި މަގުމަތިންވެސް....

    13
  13. ސައިމާ

    ދިވެހިންގެ އާދައަކީ އަބަދުވެސް އަނެކާގެ ގޯސްވާހަކަ ދައްކާނީ. އެކަމު މަނާ ސަރަހައްދުގައި ސިގިރެޓް ބޯމީހުން ރާއްޖޭގައި ވަރަށް ގިނަ. ދިވެހިންގެ ޢާންމު ޙާލަތު އެއީ. ގޮތެއްފޮތެއް ނެތްކަން އެނގެނީ

    1
    1
  14. ބިސްބޮން ގޮންގު

    ގުންޑާ ސްޓައިލުގެ މީހުންނަގާ ސަރުކާރުގެ މަތީ މަގާމުތަކަށް ލަންޏާ ފެންނާނީ މިކަހަލަ މަންޒަރު! އެމްޑީޕީގެ ފަރާތުން ސިޔާސީ މަގާމުތަކަށްލަނީ ހުސް ގުންޑާ ގެރިގައްޑާވެފަ އުޅޭ ރަކިސްބޮނޑުން! މިފަހަރު އަނެއްކާ ފުލުހުންނަށް ބިރެއް ނުދައްކާތަ؟

    6
    1
  15. ވަހީދު

    ވަރަށް ސައިޒުން މަތިވެގެން އުޅޭ ގްރާސްރޫޓް ލެވަލް މީހުން މިހާރަކަށް އައިސް ވަރަށް ގިނަ.

  16. ޚަނދބދބ

    ޙަހަ !! ޢޭނަ ކައިރީ އޭނީ ކާކި ތަ؟ ބޮބް ?? އެންމެ މޮޅު