ބަރުދަނުގައި 400 ކިލޯ ހުރި ހިބަރެއް ދިވެހި މަސްވެރިންގެ ބަޔަކު އިއްޔެ ބާނައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިބަރު ބާނާފައި ވަނީ ދ.އަތޮޅު މީދޫ މަސްވެރިންތަކެކެވެ. ހިބަރުގެ ބަރުދަނުގައި 400 ކިލޯ ހުރި އިރު ހިބަރުގެ ދިގުމިނުގައި ވެސް ހައެއްކަ ފޫޓް ހުއްޓެވެ.

މީދޫ މަސްވެރިން ބާނާފައި ވަނީ ހިބަރު އާއިލާގެ ބާވަތެއް ކަމަށްވާ މަސް ހިބަރެކެވެ. ހިބަރު އާއިލާގެ ދިހަ ވައްތަރެއް ހުރެއެވެ.

ހިބަރަކީ ރާއްޖޭގައި އާއްމުކޮށް ބާނާ މަހެއް ނަމަވެސް މިހައި ބޮޑު ހިބަރެއް ބޭނުމަކީ ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އާއްމު ކަމެއް ނޫނެވެ.

ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ބޭނުނު އެންމެ ބަރު ހިބަރުގެ ބަރުދަނުގައި ވެސް ހުރީ 818 ކިލޯ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިބާވަތުގެ މަސް ހިބަރު އާއްމުކޮށް ފެންނަނީ އޮސްޓްރޭލިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުންނާއި ޕެސިފިކް ކަނޑުގެ ސަރަހައްދުންނެވެ. ނަމަވެސް ހޫނު ގަދަ އެހެން ބައެއް ސަރަހައްދުތަކުން ވެސް މިބާވަތުގެ ހިބަރު ފެނިފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ތަފާތު ބާވަތް ބާވަތުގެ މަސްތައް ބޭނޭ މިންވަރު ވަނީ އިތުރު ވެފައެވެ. މީގެ ކުރިން އާއްމުކޮށް ނުފެންނަ ބާވަތްތަކުގެ މަސްތައް މިހާރު ރާއްޖޭގެ ސަރަހައްދުން ފެނުމުގެ އެއް ސަބަބަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކަމަށް ތަޖުރިބާކާރުން ލަފާ ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝޮޓްގަން

    ތިޔަހިބަރު ބޭނޭނީ ލައްކަ ގިނައިރުން. ސަބަބަކީ މަސްހިބަރަކީ އެއްގޮތަކަށްވެސްބަލިވާ އެއްޗަކަށް ނުވާތީ. މިހެން ބުންޏަސް ބަލިވާނެތާ؟ އެކަމަކު ފަންގަނޑު ހިބަރު ވަރަށްއަވަހަށް ބަލިވާނެ. ލަފާކުރެވޭގޮތުން ތިޔަހިބަރު ބޭނޭނީ ގަނެގެން ގާތްގަނޑަކަށް އެންމެ އަވަސްވެގެންވެސް 5 ވަރަކަށް ގަޑިއިރު ވާފަހުން. ސަބަބަކީ ވަރަށް ބޮޑުހިބަރަކަށްވާތީ. ތީގެ ގާތްގަނޑަކަށް 30 އަކަށް ކިލޯހުންނަ ހިބަރެއްވެސް ބޭނެނީ ތިން ހަތަރު ގަޑިއިރަކަށްވުރެ ގިނައިރުވާފަހުން.
    މަރުހަބާ ހިބަރުބޭނި މަސްވެރިން!

    22
    1
  2. Anonymous

    ބޮޑު ބިންހެލުމެއް އަންނަނީ

    4
    3
  3. ސަންތިމަރިޔަބު

    ތީ އަނެއްކާއި ކަދުރު ރުކެއް ގާއި އިން މީކު އެއްލި ހިބަރު ވަދެއް ގާއި ގަތް ހިބަރެއް ބާ ހަމަހިނިޢަންނަނީ

  4. ކާފަ

    6ފޫޓު ވީމަ ގަބޫލެއް ނުކުރެވޭ، 10 ފޫޓު އެންމެ ކުރުވެގެންވެސް ހުންނާނެ

  5. ހިބަރު

    ތިޔަ ހިބަރުގަ 400 ކިލޯ އެެއް ނުހުންނާނެ

    1
    3
  6. ސެލްފީ

    އެމްޑީޕީ މީހުން ބަލަބަލާ ތިބީ ތިއަށްވުރެ ބޮޑު މަހެއް ވަރަށް އަވަހަށް ބާނަންވެގެން.

  7. ސައްލެ

    ގަބޫލު ކުރަންދަތި400 ހުއްޓޭ ބުނީމަ"އަހަރެމެންވެސް ބެޭނި ހިބަރު މާބޮޑު ވާނެ ހުރީ380ކިލޯ —-؟ދެން ކިހިނެއް ދޯނި ތެރެޔައް ލީ. ދެން ބުނެލަން އޮތީ ކިތައް މީހުން ވެގެން ތިހިބަރު ދޯންޏައް ނެގީ

  8. ބޮޑުދުފާ

    އެއީ ކަނޑަށްޕްލާސްޓިކް އެޅުން ގިނަވީމާ ވާކަމެއް. ކުރީޒަމާނުގައި ރާއްޖޭގައި ކަނޑަށްޕްލާސްޓިކެއްނާޅާ. އޭރު ތަފާތުބާވަތްތަކުގެ މަހެއްނުބާނާ.