މިސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރުން ހިންގި ޕްރޮޖެކްޓް ތަކުގެ އަދަދު ބަލަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި ސުވާލުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މިނިސްޓަރ އަމީރާއި ކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާ ސުވާލުތަކަކީ ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ފާއިތުވެދިޔަ މުއްދަތުގައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓްތޯއާއި، އަދި އެޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާދައްކައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓަށްތޯ ސާފުކުރެއްވުމަށެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް މިހާރު ސަރުކާރުން ގެންދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ނިންމާފައި ވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކުގެ އަދަދު ބަލަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަން ނިންމާފައި ވާއިރު ސަރުކާރުން އެކަށީގެންވާ ވަރާއި ގާތައް ވެސް ޕްރޮޖެކްޓްތައް ނުފަށާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ޕްރޮޖެކްޓްތައް ކުރިއަށް ނުދާ މައްސަލައިގައި ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ވިދާޅުވަނީ މި ސަރުކާރުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ރާވައިގެން ޕްލޭން ކޮށްގެން ކަމަށެވެ. ގައުމީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެއްވެސް މަސައްކަތެއް ނުކޮށް ދައުލަތުގެ ބަޖެޓް ރިކަރެންޓް ޚަރަދުކޮށް ހުސްކޮށްލުމަކީ ސަރުކާރު ފެއިލް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިދިކޮޅު

    މިސަރުކާރުން ޕްރަޖެކްޓްތައް ފަށާނީ ފެށޭ އަހަރު
    އެވެ އެހެންވީމާ ސަރުކާރު ރަނގަޅުތާއެވެ އަބަދު
    ވެސް ފެށޭ އަހަރެއް އޮންނާނެވެ އަދި ނިމޭ އަހަރެއްވެސް އޮންނާނެއެވެ އެކަމަކު ނިމޭ އަހަރު
    އެއްވެސް ކަމެއްނުހިނގާނެއެވެ ހުރިހާ ފްލެޓްތައް
    ވެސް ައދި ނަރުދަމާތަކާއި ބަނދަރުތައްވެސް
    ފަށާނީ ފެށޭ އަހަރުއެވެ ނިމޭ އަހަރަކުނޫނެވެ
    މަކަރުވެރި ނުލަފާ މޑޕ ގެ ހީލަތްތްތެރި ދަންތުރާގައި ރާއްޖެމިވަނީ ބަނދެލާފައެވެ.

  2. ރާނީ

    އަވަހަށް ލިސްޓެއް ހަދާފަ ދީފަ ލިސްޓް ކިޔަން އަންގާ!
    1. ހުޅުމާލޭގައި ހެދި ޕާކިންޒޯން ( ހަމަ އެކަނ ރިބަން ކެނޑުން )
    2. އައްޑޫސިޓީގެ ޓާސެރީ ހޮސްޕިޓަލް ( ހަމައެކަނި މަތީ ޓިނު ބަދަލުކުރުމުގެ ޚިޔާލު )
    3، ހޯރަފުށ_ އެޔަރޕޯޓް ( ހަމަ އެކަނި ތަން ބަދަލުކުރުން )
    4. ވާދޫ ކުނިނައްތާލާ ތަން. ( ހަމައެކަނި ރިބަންކެނޑުން )
    5. ހުޅުމާލޭގައި އަލަށް ހަދާފައިވާ ބޮޑު އިންޖީނުގެ ( ވާނުވާވެސް ނޭގޭ )
    6. ހުޅުލޭ އާ ރަންވޭގެ ޓާމިނަލް ( ބަދަލު ގެންނާނަމޭ އަޑު ފެތުރި)
    7 އެނބޫދޫ ފަޅުގެ މަޝްރޫޢު ( ކަފުންކަނޑާތަންވެސް ނުދެކޭ)
    8. މާފަރު ، ކުޅުދުއްފުށި ، މަޑިވަރު ، އެޔަރޕޯޓް ( ވާނުވާވެސް ނޭގޭ )
    9، ނަންބޯޑު ބަދަލުކުރި ރަސްރަނި ބަގީޗާ ( ނަންބޯޑު ބަދަލުކުރި )
    10. 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ( މެޝިނަރީސްތައްވެސް ހޯދާ ނިމެން ކައިރިވެފައިހުރި )
    މިއީ ތިމަންމެން ހިންގާ މަޝްރޫޢުތަކޭ ކިޔައިގެން ދޮގު ހަދައިފިނަމަ އާޚިރުގައި އަތަށް ގޮވާނޭކަން ދަންނަންވާނެ!