ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުޠުފީ އަކީ މިޤައުމުން ނައްތާލަންޖެހޭ ދެ ބޭފުޅުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރެކެވެ.

"އެދެބޭފުޅުންނަކީވެސް މިޤައުމުން އަސްލު ހަޤީޤަތުގައި ނަައްތާލަންޖެހޭ ދެބޭފުޅުން. އެކަމު އެއީ ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސްފައި ޝަރީއަތުން ހުކުމެއް ކޮށްގެން ނައްތާލަން ޖެހޭނީ." މަޖިލީހުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓަރ އިމްރާން އަކީ ދޮގު ހަދާ އޮޅުވާލައިގެން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.

"ދޮގު ހެދުމާއި، މީހުންނަށް އޮޅުވާލުމާއި ކޮންމެ ވެރިކަމެއް ވައްޓާލަންވީމަ އެބޭފުޅާ ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކޭ. އެބޭފުޅާ ހިތްހަމަ ޖެހޭ ގޮތަކަށް ރައްޔިތުން ރުއްސަންވެގެން މިހުރިހާ ކަމެއް މިހުރިހާ ދުވަހު ކުރަމުން މިއައީ. އެބޭފުޅާގެ ފަހަތުގައި ވަނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ސަގާފަތެއް އުފެދިފައި. މިއީ ހަޤީޤަތް. ޤަބޫލުފުޅުކުރައްވާ. މާދަމާވެސް ތިބޭފުޅުންނަށް ސަނާ ނުކިޔާނަމަ އަނެއްކާވެސް ހަމަ ފަހެރިއަކަށް ބަދަލުވާނެ. އެއްކަލަ ޝައިޚްގެ ލަޤަބް ނިމުނީ.” އިމްރާން އަށް ނިސްބަތްކޮށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުޠުފީއަކީ ވަގެއް ނޫނެކޭ ނުދަންނަވާނެ ކަމަށާއި، ލުޠުފީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރާއި މިސަރުކާރު ނުކިޔައި މިދެ ބޭފުޅުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަފްލާ

    މީހަކު ނައްތާލަން ޖެހޭނީ މީހެއްގެ މައްޗައް ކުށެއްގެ ތުހުމަތު ކުރެވި އެމީހެއްގެ މައްޗައް ކުރެވޭ ކުށެއްގަ ތަހުގީގް ކުރެވި ތަހްގީގު ނިންމާ ޝަރުޢީ ކޯޓަކައް މައްސަލަ ހުށަހަޅައި މައްސަލައިގަ ޝަރިޢަތުން ގޮތެއް ނިމިގެން މިސާލަކައް ގަސްތުގަ މީހަކު މަރައިފި ނަމަ ޝަރުޢީގޮތުން ޤިސާސް ހިފޭނެފަދަ ސާބިތު ހެކި ހުރެ އެހެކީގެ މައްޗައް ބިނާކޮއް މައްސަލަ ނިންމާނީ އޭނަ މީހަކު މެރިކަން ޝަރިޢަތައް ށަބިތުވީޔޯ އެހެންވީމަ މަރުގެ އަދަބު ނުވަތަ މަރައް މަރު ހިފުން އިސްލާމް ދީނުގަ އޮންނަނީ ކޮންމެ ނަފްސަކައް ނަފްސެއް ލޮލަކައް ލޮލެއް ކަންފަތަކައް ކަންފަތެއް ނޭފަތަކައް ނޭފަތެއް މިނުން ޙާލަތެއްނާދޭ މީހަކު ނައްތާލުމަކައް އެހެންވީމަ ނޭނގި ދުލުން ބުނެވޭ އެއްޗަކުން ނަރަކައިން ސަލާމަތް ނުވެ އޮންނަން ޖެހިދާނެ ކަމައް ވިސްނާ ފިޖުރު ކުރުން ބުއްދިވެރި

    20
    5
    • ޢަހްމަދު

      އަގަފޭކޮށްގަތުމުގެ ކުރިން ލިޔެފައޮތް އެއްޗެއް ރަގަޅަޅް ކިޔާބަލަ. ބަލަ މެންބަރުވެސް ބުނީ ޝަރީައަތް ކޮށްފަ ނައްތާލާ ވާހަކައޭ. ތިކިޔަނީކީ ދެކޮޅު ޖެހޭވާހަކައެއް ނޫން. ހައިރާންވަނީ ކިތަންމެ އޮށްޓަރެއްނެތް ކޮމެންޓެއް ލިތުނަސް އެއަށް ލައިކް ކުރާނެ ކަޑުކޮހުން ތިބޭތީ.

      5
      8
  2. އައްޑޫސިޓީ

    19 ވަނަ ބޭގަރާރު މަޖިލިސް

    27
    1
  3. ހަސްނ

    ނޮޅިވަރަން ދާއިރާގެ އެމް ޕީ އަކީ ކުފޫހަމަ ނުވާ ބޭފުޅެއް އަބަދުވެސް ވާހަކަތައް ބިނާ ކުރަނީ ސަރުކާރާއި ދެކޯލަށް ކިތައްމެ ރަގަޅު ކަމަކަށް ވެސް ދެކޯލުވެރިވެ ފާޑުކިޔުން އެދާއިރާގެ ރައްޔިތުންގެ ހަގު ގެއްލުވާލާ ، އަސާސީހަގުތައް ނުގުޅައިގެންފައިވާ މެންބަރ އެއް ރައްޔިތުން ވިސްނާދެއްވާ!

    10
    21
  4. މޮހަނު

    މަޤާމެއް ލިބުމަކީ އަނެކުންގެ ޢަބުރާއި ޢިއްޒަތް ވެެއްޔާ މޮޑެލަން ލިބޭ ލައިސަންސެއްތޯ؟ ތިބޭފުޅުންނާ ވާހަކަ ދައްކާއިރު ނަމުގެ ކުރިޔަށް ޢިއްޒަތް މި ލަފްޒު ލިޔަ ލަނީ ނަމުން ޢިއްޒަތް ހޯދަން ކަން އެންމެނަށް ވެސް އެނގޭ، މަޖްލިހުގަ ވެސް މީހުންގެ ޢަބުރަށް އަރައިގެންފި ނަމަ އެމީހަކަށް ޙައްޤު ހޯދުމަށް ދެވެން ވާނެ، ނަމަވެސް މި މީހުން ދެކޭގޮތުގައި މިތަނުގައި ދައްކާ އެއްވެސް ވާހަކައަކަށް މި މީހުން ޖަވާބުދާރީ ނުކުރުވޭނެ އަދި މައްސަލައެއްވެސް ނުޖެއްސޭނެ، އެހެންނަމަވެސް މީހުން ޢަބުރަށް އަރައިގަތުމަކީ ﷲ ނަހީ ކުރައްވާ ފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް

    30
    2
  5. ނަފާ

    ސާބަހޭ ދަރިޔާ. ތި އިމުރާނަކީ ހަމަ ތިބުނިކަހަލަމީހެއް. ޥަރަށްބޮޑު މަކަރުވެރިއެއް.

    27
    7
    • ޙަމްދޫން

      ފިލާނުތިބެ ފާޅުގައި ނިކަށް ނިކުމެބަލަ އޭރުން ކުޅި ސަމާ ދައްކާލާނަން

      19
      3