ރައީސް ސާލިހުގެ ސަރުކާރު އޮތީ މަޑު ނިދީގައި ނިދާފައި ކަމަށާއި މަޖިލިސް އަކީ މިއަދުގެ ސަރުކާރަށް ވެ ނިމިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިންގުމުގެ ތެރެއިން ފެންނަމުންދާ މަންޒަރު ތަކުން ވެރިކަން ކުރައްވަނީ ކޮންބޭފުޅެއް ކަން ރައްޔިތުންނަށް އޮޅި ސުވާލު އުފައްދަމުން ދަނިކޮށް ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު މަޑު ނިދީފައި ނިދާފައި ވާކަމަށާއި މަޖިލިސް އަކީ މިއަދުގެ ސަރުކާރަށް ވެ ނިމިއްޖެ ކަމަށެވެ.

"ވެރިކަމުގެ ނިޒާމު އޮޅުނީބާ ؟ ދައުލަތް ބެހިފައިވާ ގޮތް ގާނޫން އަސާސީގައި ތަފްސީލް ނުވަނީ ބާ؟ ޖަމީލް ސުވާލު އުފެއްދެވިއެވެ.

ޖަމީލު މި މޭރުމުން ސުވާލު އުފައްދާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެއިތުރުން އިދިކޮޅުފަރާތްތަކުން ބުނާ ގޮތުގައި ނަޝީދު ގެންނަވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން މަޖިލިސް ތެރެއިން މަސަކައްކަތް ކުރައްވަމުންނެވެ. ސަބަބެއް ކަމަށް އެފަރާތްތަކުން ބުނަނީ ވެރިކަމަށް އެމަނިކުފާނަށް އާދެވެން އޮތީ އެމަގުން ކަމަށް ވާތީ ކަމަށެވެ.

ހުދު ނަޝީދު ވެސް ވިދާޅުވީ އެމްޑީޕީގެ ފަލްސަފާ އަކީ ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކާއި ބޮޑުވަޒީރަކު ރާއްޖޭގައި ހުންނެވުން ވަރަށް ބޭނުންތެރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަލީލާ

    ދިވެހި ޤަވްމު ފިނި ހިޔަލެއްގައި އޮއްވާ ގަދަ ހޫނަކަށް ނެރެ ، މިނިވަންކަމުގައި އޮއްވާ އަޅުވެތިކަމަށް ނެރުމަށް ގަދަފައިވިއްދައި މިއަދު ތި ކައްކާ ރިހަޔަކު ހަވާދެއް ނުހިފާނެެވެ. ރައީސް ޔާމީން އަދި އެމަނކުފާނުގެ އަރިހުގައި ތިއްބެވި އިޚްލާޞްތެރިން އިންތިޚާބުގެ ކެމްޕެއިންތަކުގައި ތަކުރާރުކޮށް މިވާހަކަތައް ހަނދާންކޮށްދެއްވިއިރު މަނިކުފާނު މަޑު ނިންޖަކުން ނިދިޖެހިފައި ހުރެ ދެއއްކެވި ވާހަކަފުޅުތައް މިހާރުވެސް ކަންފަތުގައި ގުގުމައެވެ. ދެންވެސް ހަށިފޮޅާލާ ނުކުންނަވާ މަޢާފަށްއެދި ރައީސް ޔާމީނާއެކު މަސައްކަތްފުޅު ފައްޓަވާ ރާއްޖެ އަލުންވެސް ފިންޏަށާ މިނިވަންކަމަށް ނެރެން އުޅުއްވާށެވެ.

    23
  2. ޒަބީބު

    ފެންނަމުން މިދަނީ ރައީސް ސޯލިހް އަށް ވޯޓު ހޯއްދެވުމަށް ރައީސް ސޯލިހްގެ އިއްތިހާދުން ރައްޔިތުންގެ ކުރިމައްޗަށް ހުށްހެޅުއްވައި ރައްޔިތުން ވޯޓުދިން މެނިފެސްޓޯ ތަންފީޒު ކުރުމުގައި މަޖިލިސްގެ އެހީތެރިކަން ނުލިބި ސަރުކާރު ހިންގުމަށް އުންދަގޫ ދެއްތުރާ ކުރަމުން ގެންދާ މަންޒަރު. މީގެ ސަބަބު ވަރަށް ސާފު. ހަޤީޤަތަކީ ރައްޔިތުން ބޯޓުލައިގެން ބޮޑު އަޣުލަބިއްޔަތުން ހޮވި ސަރުކާރު ހިންގުނަ ނުދީ މަޖިލިސް ތެރެއިން ނަޝީދު އޮބިއަޅައި ހިފެހެއްޓުން. ރައީސް ސޯލިހްގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ބާތިލުކުރަން ނަޝީދު ނެރުނު އޭޖެނޑާ 19 ތަންފީޒްކުރުމުގެ ބޭނުމުގައި ރައްޔިތުން އިންތީޚާބް ކުރި ސަރުކާރު ހިންގުނަ ނުދެނީ. މީގެ ނަތީޖާ އަކީ މަޖިލިސް މެޖޯރިޓީ ލިބިގެން ނޫނީ ސަރުކާރު ނުހިންގޭނެކަމަށް ބުނެ މަޖިލިސް މެޖޯރިޓީ ހޯދައިގެން މަޖިލިސް ތެރެއިްނ ނަޝީދު ހިންގާ ޒާތެއްގެ ބަރުލަމާނީ ވައްތަރެއްގެ ބޭގަރާރު ވެރިކަމެއް ހިނގަން އުޅުމުގެ ސަބަބުން ވެރިކަމުގެ ނިޒާމު އޮޅި ޤަނޫން އަސާސީ ގެ ރޫޙް އޮޅި ޤާނޫން އަސާސީގެ މާނަވެސް އޮޅިގެން ދިއުން. މީ ރާވައިގެން ހިނަގާ ނުބައި ހީލަތްތެރި ކުޅިގަނޑެއް. ފެނިގެން މިދަނީ ރައީސް ސޯލިހް ގެ ވެރިކަމާއި ނަޝީދު މަޖިލިސް ތެރެއިން ހިންގާ ބޭގަރާރު ވެރިކަމާއި ދެމެދު ހިނގާ ފިނިހަނގުރާމައިގެ ކޮޅުމަތި. ޖުޑިޝަރީ ނަޝީދުގެ މުށުތެރެއަށް ލެވުމާއިއެކު ރައީސް ސޯލިހުގެ ވެރިކަން ނިއްމަން ނަޝީދު ހިފާލާނެ. އެހިސާބުން ސުޕާރ މެޖޯރިޓީގެ ބޭނުން ހިފައިގެން ނަޝީދު ހިންގަން ބޭނުންވާ ޒާތުގެ ވެރިކަމެއް ޤާއިމުކުރަން ފާޅުގައި ނުކުންނާނެ. ބަލަން ތިބިބަޔަކަށް މިކަން ރީތިކޮށް ފެންނާނެ. އާޚިރުގައި ހުރިހާ ކޮޅުކެއްސެއް ލިބޭނީ ރައްޔިތުންނަށް! މިފަހަރު ސުޕާ މެޖޯރިޓީ ދިނުމުގެ ހިތިރަހަ ވޯޓުލީ ރައްޔިތުނގެ ކަރުގައި ވަރަށް ރަނަގަޅަށް ލައްވުއާލާނެ.

    19
    3
  3. މީނުއިންސާފަކީ

    މަނިކުފާނައް އެނގިނުލެއްވިޔަސް މިއައްވުރެ އިންސާފުވެރިސަރުކާރެއް ނެތް މިސަރުކާރުގެ އިންސާފަކީ ބޭއިންސާފު ބަހާޢަމަލާވެސް ހުންނާނީ ދިމާއިދިކޮޅައް ތިންބާރުވެސް އޮންނަންވާނީ ވަކިވެފަ އެކަމަކު މުށުތެރޭގަ މީ އޯގާތެރިސަރުކާރެއްގެސިފަ

    11
  4. އިންވެލިޑް

    މިކަހަލަ ތާކުންތާކު ނުޖެހޭ އިންވެލިޑް މީހުންގެ ވާހަކަ ނުގެނެސްބަލަ

  5. މިއަދު

    ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ނެރުނު އިރުއިބޫސާލިހުއަށް އެގޭނެ އެޖެންޑާ 19 ނެރޭނެކަން އަދި ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެމައްޗަށް އެޖެންޑާ 19 ގަދަކުރާނެކަން އެއަކީ ހަމައެކަނި ނަޝީދުގެ މައްސަލައެއް ނޫން އެއީ އިބޫސާލިހުއާއި ނަޝީދު ގުޅިގެން ހިންގާޖަރީމާއެއް އެއީ ހިތުލާއެތިއެގޭ ދެބޭފުޅުންކަމުގައި ރައިސް ނަޝީދު އޮތީވިދާޅުވެފައި އެހެންވެ އެއަކީ ކަންކަމާއި މަޝްވަރާކޮށް ހަދަންޖެހޭވަރަށްވުރެ މަމޮޅު ދެބޭފުޅުން ހިތުލާއެތި އެނގިލައްވާ ދެބޭފޫލުން