ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސަރަހައްދުގައި ޓެކްސީ އަގުތަކަށް ބަދަލު ގެނެސް، މިހާރު ނިންމާފައިވާ އަގުތަކާއި މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުން އެމީހުން ބޭނުންވާ އަގުތައް ސަރުކާރަށް ހުށަހަޅައިފިއެވެ.

ދިވެހި ޑްރައިވަރުގެ ޖަމިއްޔާގެ ނަމުގައި ހަތަރު ޓެކްސީ ސެންޓަރަކުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޑްރައިވަރުން ޓްރާންސްޕޯޓުން އަގަށް ބަދަލު ގެނައި ނަމަވެސް ޑްރައިވަރުން ދަތުރު ކުރާނީ ޑްރައިވަރުން ބޭނުން އަގެއްގައި ކަމަށެވެ.

ޑްރައިވަރުން ދަތުރު ކުރާނެ އަގު ކަމަށް ސިޓީގައި ބުނެފައި ވަނޫ މާލެ ސަރަހައްދުގައި ކޮންމެ ދަތުރަކަށް 30 ރުފިޔާ، އެއާޕޯޓް ދަތުރުގެ އަގު ލަގެޖާއި އެކު 120 ރުފިޔާ ހުޅުމާލޭ ފޭސް-1 އަށް 120 ރުފިޔާ އަދި ހުޅުމާލޭ ފޭސް-2 އަށް 150 ރުފިޔާ އެވެ.

މީގެ އިތުރުން ލަގެޖަށް ކުރިން ނަގަމުން ގެންދިޔަ އަގު ނެގުމާއި އެކު ވެއިޓިން ޗާޖްގެ ގޮތުގައި ކޮންމެ ފަސް މިނެޓަކަށް 4 ރުފިޔާ ނެގުމަށް ހުށަހަޅާ ކަމަށް ވެސް ސިޓީގައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ މިނިސްޓްރީން އަގުތައް ކަނޑައަޅާފައި ވަނީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށް ކަމަށެވެ. "އިއުލާނުގައިވާ ޓެކްސީ ކުރުމުގެ އަގުތައް އަޅުގަނޑުމެންގެ ސެންޓަރުތަކުން ބަލައި ނުގަންނާނެކަމާއި އަދި މިއަގުތަކަށް އަމަލެއް ނުކުރާނެ ކަމުގައި އަދަބުވެރިކަމާއި އެކު ދަންނަވަމެވެ." ސިޓީގައި ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ. އަގުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ގިނަ ސެންޓަރުތަކުން ވަނީ މާދަމާ ދަތުރުތައް ހުއްޓާލުމަށް ފަހު މުޒާހަރާ ކުރަން ނިންމާފައެވެ.

ނަމަވެސް "އަވަސް ރައިޑް" ޓެކްސީ ސެންޓަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަގުތަކަށް ދަތުރު ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ސަތޭކަ އެކާވީސް

    އަޅުގަނޑު ޓެކްސީ ބޮއިކޮޓް ކޮށްފިން.

    147
    4
  2. ގަމާރު

    ޓެކްސީ ސެންޓަރު ތަކެއް ބޭނުމެއް ނުވާނެ އެޕް ބޭނުން ކުރަންފެށީމަ، ޓެކްސީ ސެންޓަރު ތަކަށް ލާރި ދައްކާކަށް ނުޖެހޭނެ. މިހެން ވީމާ އަގުހެޔޮ ވާންޖެަޭނީ. ބޯހަލާކު..

    145
    2
  3. ރައިއްތު

    އެއްފަހަރާ މިލިޔަނަކަށް ވާންތަ ތި އުޅުއްވަނީ..މާފެންމައްޗަށް އަރަން ތި މަސައްކަތް ކުރަނީ..ގަންބާލާ ގޮތައް ފެންމަޗަށް ނާރާ ވަރަށް ގަންބާ ނުލަނީސް މައިތިރި ވާން ފެނޭ

    74
  4. ހސނ

    ދެން ބޮޑުވަރު ތީ. ރައްޔިތުން ފެލައިގެން ޓެކްސީ ޑުރައިވަރުން ލާރި ހޯދައިގެން މިއުޅެނީ.

    140
    3
  5. ދަތުރުވެރިއެއް

    ސަރުކާރެއް އޮތްކަން މިފަހަރު ޓޭކްސީ ޑްރައިވަރުންނަށް އަންގައިދޭނެކަމަށް ހީކުރަން. އޮނަރަބްލް ޢާއިޝާއަށް މިކަން ވިއްޔާ ވާނީ.

    79
    1
  6. މަ

    ޤަވާއިދަށް އަމަލު ނުކުރާ ޑްރައިވަރުންގެ ހުއްދަ ބާތިލް ކުރޭ!! ބިދޭސީންލައްވާ ތިކަންކުރަން ފެނޭ

    59
    4
  7. އަދާލަތު

    =/500ރ، =/300ރ، =/200ރ ކަމަކު ނުދޭތޯ؟ . ސަރުކާރުން ގޮތެއް ނިންމަވާނީ، އެއްވެސް ރައްޔިތަކަށް ގެއްލުން ނުވާގޮތަށް ބައްލަވާފައި. މިހާރު ޓްރާންސްޕޯރޓްން އެ ނިންމެވި އަގުތަކުން ބޮޑު ފައިދާއެއް އޮންނާނެ. ޤަވަޢިދާ ޚިލާފުވާ، ނުވަތަ ޚިލާފުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޓެކްސީ ހުއްދަ ވަކި މުއްދަތަކަށް ހިފަހައްޓަން ފެނޭ.

    64
  8. ޝާން

    ޞުހަހަހަހަހަަހަހަހަހ

  9. ބަކުރު

    އެއާޕޯޓަށް 120، ހުޅުމާލެއަށް 150، މާލެ އަށް 30 އަސްލު ތިޔަ އަގުތައް ބޮޑެއްނޫން. އެއާޕޯޓަށް 1500، ހުޅުމާލެއަށް 1800، މާލެ އަށް 700 އަށް ހަދަން ޓެކްސީ ސެންޓަރ ތަކަށް ގޮވާލަން..

    60
  10. ބަބަން

    މާލެ 500, ހުޅުލެ 1000, ހުޅުމާލެ 1500 ސަޅިނު؟

    47
    2
  11. Anonymous

    މީގެ އިތުރުން ލަގެޖަށް ކުރިން ނަގަމުން ގެންދިޔަ އަގު ނެގުމާއި އެކު ވެއިޓިން ޗާޖްގެ ގޮތުގައި ކޮންމެ ފަސް މިނެޓަކަށް 4 ރުފިޔާ ނެގުމަށް ހުށަހަޅާ ކަމަށް ވެސް ސިޓީގައި ވެއެވެ.

    ސިޓީގައި ބުނެފައި ވަނީ މިނިސްޓްރީން އަގުތައް ކަނޑައަޅާފައި ވަނީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށް ކަމަށެވެ. "އިއުލާނުގައިވާ ޓެކްސީ ކުރުމުގެ އަގުތައް އަޅުގަނޑުމެންގެ ސެންޓަރުތަކުން ބަލައި ނުގަންނާނެކަމާއި އަދި މިއަގުތަކަށް އަމަލެއް ނުކުރާނެ ކަމުގައި އަދަބުވެރިކަމާއި އެކު ދަންނަވަމެވެ." ސިޓީގައި ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

    ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

    ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް

    • ދެން ބޮޑުވަރު

      ދެދަތުރުކޮށްފައި ލާރި ހަމަވީމަ ޓެކްސީ ޕާކްކޮށްފައި ބާއްވަން މޮޅުގޮތެއްމީ. ރައްޔިތުންނަށް ޙިދުމަތްދިނުމަށް އުޅޭ ބަޔެއްނޫން މީ.

      22
  12. ދެބޯ ގެރި

    މީކީ ޓެކްސީ ޑްރައިވަރުން ރުއްސައިގެން ކުރަން ޖެހޭ ކަމެއް ނޫން.. ޓެކްސީ ޑްރައިވަރުންނައްވުރެން ޓެކްސީގެ ޚހިދުމަތް ހޯދާ ރައްޔިތުން ގެ އަދަދު މާބޮޑައްވެސް އިތުރު...

    59
  13. ދަ ލާސްޓް

    ވަގު ބޯޑު ތަކުގައި ރެޖިސްޓްރީ ކޮށްފައިވާ ޓެކްސީތައް ގިނައީ އެހެން ކަމުން ޓްރާންސް ޕޯރޓްގެ އަގާއި މެދު އިންކާރުކުރާ ޓެކްސީތައް ނައްތާލުމަށް ނަހުލާއަށް ދަންނަވަން. ހިފަހައްޓާ އަގު ކުޑަކޮށް ދަތުރު ކުރަން ޖެހޭނީ. އެމީހުން މުޒާހަރާ ކުރާނީ މާދަން އެކަނި. އަނެއް ދުވަހު ދަތުރު ކުރާނެ. ދަތުރު ނުކޮށްފިއްޔާ ނުކާ ތިބެން ޖެހޭނީ. މިފަދަ މީހުންނަށް ދޫދެވޭތީ މައްސަލައަކީ.

    54
  14. ހޫން

    ދެން އެޕްތައް ބޭނުންކުރަން ފެށީމަ ހަމަ ތިބެން ޖެހޭނީ. ސެންޓަރުތަކުގެ ބޭނުންވެސް ކެނޑުނީ. ޕޮއް

    46
  15. މަރީ

    ޓެކްސީ އަށް ގުޅައިގެން އިންތިޒާރުގަ ތިބެން ޖެހޭ މީހުނައް ވެސް ވެއިޓިން ޗާޖެއް ދޭން ވާނެ.

    69
    • ޢިބޫ

      ޢެމް.ޓީ.ސީ.ޝީ ޕްރައިވެޓް ހަޔަރ އަދިވެސް 150 ރ ހުޅުމާލެ ރައްޔިތުން ހަމަ އޯކޭ

  16. އަސްލު

    އަދަބުވެރިކަމާއި އެކު ތި ސެންޓަރުތަކުގެ "ހުއްދަބާތިލްކޮށްދިނުމަށް" އެދި ޓްރާންސްޕޯޓް މިނިސްޓަރ އަށް ދަންނަވަމެވެ.

    60
  17. އާދިލޭ

    ދެން ތިބޭ!!!
    ޢަދަދު ކަނޑައަޅައިގެން !!!

    33
  18. Anonymous

    ޓެކްސީގައި މާލޭތެރޭގައި ކުރާ ދަތުރައް 50 ހުޅުމާލެއައް 500 ހުޅުލެއައް 250 ހަމަ ޖައްސަން ފެނޭ

    26
  19. ޓްރޭސް

    އައްޗީޑި! ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ މަޤާމުތަކަށް ހަމަޖައްސަންވީނު ޓެކްސީ ޑްރައިވަރުން!

    37
  20. ފިރުޓޭ

    ހިނގާ އެންމެން އެއްފަހަރާ ތި ޓެކްސީ ތައް ބޯއިކޮޓް ކުރަން! މީ ދެން ފުކެއް ބޮޑު ވަރުދޯ؟ ހިތަށް އެރި ދުވަހަކު ހިތަށް އެރި ގަޑިޔަކު މަސައްކަތް ކުރާ ބަޔެއް މި ނޫނީ ނުދެކެން އިނގޭ! އެމްޓީސީސީ ވީނު ޓެކްސީގެ ޚިދްމަތް އާއްމު ރައްޔިތުންނަށް ފޯރު ކޮށްދޭން!

    43
  21. ތުނިޔަ

    ހޭބަލިބެބަލަ ޑްރައިވަރުން!

    35
  22. ނަބާ

    އަވަސް ރައިޑް އެއޮތީ އެއް ނޫން ! ހާސްވާކަށް ނުޖެހޭ ! ރައްޔިތުންގެ ޚިދުމަތުގައި ?

    43
    • ރަނާ

      ޢެމީހުނަކަށްވެސްް މާލެ ހުޅުމާލޭގެ ހުރިހާ މީހުންގެ ދަތުރުތައް ކޮށެއްނުދެވޭނެ ދޮތަ މިހާރު މާލެއިންހުޅުމާލެ އަށް ދަތުރެއްްކޮށްދޭ 100ރުފިޔާ އަށްމިހާރަށް ވުރެވެސް އަގު ބޮޑު ކޮއްލީ ހާދަވަރެއްގެ ބަޔެކޭ މީ އަދި ނަހުލާ ތިކަމާ އެއްބަސްވާނެ އިނގޭ

  23. ާރަސީދު

    ރައްޔަތުމީހާ ހޯދާ ފައިސާކޮޅު ފޭރެން ހާދަ ހާ ހިއްވަރެއް އެބަހުޓޭ

    32
  24. ....

    ޓެކްސީ ރަނގަޅަށް ކުރާ މީހަކު މިހާރުވެސް ހެނދުނުން ފެށިގެން އަސުރަށް ވާ އިރަށް ޚަރަދު ކަނޑާފަ 2000ރ އަށްވުރެ ރަނގަޅަށް ގެއަށް އެބަ ގެންދޭ....އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ މީހަކަށް މިލިބެނީ 300ރ ދުވާލަކަށް.....އަދިވެސް ޓެކްސީ ކުރާ މީހުންނައްތަ ބޮޑުކޮށް ދޭންވީ.....
    ދަތުރެއް 10ރ އަށް ހަދަން ފެންނަނީ...

    44
  25. މޯޑު ި

    ދެކޮޅު ހަދާ މީހުންގެ ހުއްދަ ބާތިލް ކުރަން ވީ

    38
  26. އައްބާސް ކަރީމު

    ހާދަ ހަޔާތްކުޑަ ބަޔެކޭ މީހެއްގެ ދުވާލު މުސާރަޔައް ހަތަރުސަތޭކަ ނުލީބޭއިރު؛ ތިންދަތުރުން ދުވަހުގެ މުސާރަ ހަމަކުރަން ތީންކާރެއް ފުޓޭންކުން ކިތައްފަހަރު ހުޅުމާލެ ދަރެއްކުރެވޭނެ ފައިސާބޭނުންވިއަސް ތީބޮޑުވަރު! ބޭނުންމީހަކައް ސައިލުގަވެސް ބޭނުންގަޑިޔަކު ޓެކުސީ ބޯޑެއް ބަހައްޓައިގެން ބެކުސީ ކުރެވޭގޮތް ހަދަންވީ! ދުއޭގެ އެންތާހެން ކެކީ ދަތުކުރާ އެފެއް ހަދައިގެން ފުރެވެކާތައް ހުސްކޮއް އެކަކު ދަތުކުމުގެ ބަލުގަ އަބަދުވެސް ބަޔަކު ގޮވައިން ފަސޭހަ ކަމާއެކު ދަތުރު ކުރެވޭގޮތް ހަދަންވީ ނޫނީ ޓެކުސީ ޑުރައިވަރުންގެ އަތްދަށުން ރައްޔިތުން ސަލާމަތް ނުވާނެ

    25
  27. ކުޑަބަޖަރާ

    ތިއަގުތައް މާކުޑަ މާބޮޑަށްވެސްކުޑަ.. ތިއީ ހަމަހިލޭއެއްނު. މާލޭން ހުޅުމާލެއަށް އެމްނެމަދުއަދަދު 500ރުފިޔާ ރަނގަޅު. ސަރުކާރުގެ އެންގުމެއްބޮލާލަޖަހާ އެގޮތަށްއެކަމެއްނުކުރާނެކަމަށް އަންގާ ސިޓީފޮނުވުމަކީ ސަރުކާރަށްބިރުދެއްކުން. ގާނޫނީފިޔަވަޅުއަޅަންޖެހޭކަމެއް.

    23
    1
  28. ވިސްނާ

    ޓެކްސީ ޑުރައިވަރުން ނޫނި ކާންބޯން މިޤައުނުގައި މަސައްކަތް ކުރާބައެއްނެތް. އެމީހުންގެ އެކަނި އަނބިދަރިން ތިބީ އަދި ކުލި ދައްކައިގެން އުޅެނީ. ސަރުކާރުން ވެއްޖެ މި މީހުން ހަމަ މަގަށް އަޅުވަން. ކުރާ ދަތުރާއި އެކަށީގެންވާ އަގެއް ނެގުން މައްސަލައެއްނެތް އެކަމަކު މީދެން ބޮޑުވަރު. ދެދަތުރުކޮށްފަ މުއްސަދިވާން. ސަރުކާރުން އިއުލާނުކުރި އަގު ނުނަގާ ޓެކްސީ ތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން.

    27
  29. ސަޓޯ

    އައްޗީޑި... ޑްރައިވަރުން ކަލޭމެން ކާރު ހިފައިގެން ދޭ ރަށަށް ނޫނީ ފަރަށް... އެއްފަހަރާ މުއްސަނދިވާން.... ރައްޔިތުންގެ ފައިސާ ކާން އުޅުއްވާނެ ކަމެއް ނެތް

    14
  30. ފޫހި ޓެކްސީ

    ޓެކްސީ ސެންޓަރު ތަކުގައި ތިބެނީ ވ ބޮޑާ ބައެއް.ޓެކްސީ އެެއް ހޯދަން ގުޅީމަ ބުނަނީ ގޭގެ އެޑްރެސް ނުބުންނަނިސް ކާރެއް ނުފޮނުވާނަމޯ.ގޭގެ ދޮރުމަތީގައި ތަ ކާރެއް ބޭނުންވާ ކޮންމެ ފަހަރަކު ހުންނަނީ؟ކޮންމެތާކު ހުރެފައިވެސް ކާރެއް ހޯދަން ޖެހިދާނެ ތޯއްޗެއް

    11
  31. ދިވެހި ދަރިން

    އަހަރެންވެސް އަރީފީއެއްނުދައްކާނަންމީމާމޮޅުގޮތެއް އެމީހުންނަކީ މާވަރުގަދަ ބައެކޯ ރާއްޖޭގަ ޓިކްސީއެއް ނުގެނަގުޅޭމިހާރަކު މިހާރު ރާއްޖޭގަ ދުއްވަނީ މިނީބަސް މީހުންއަރުވަމުން އަރުވަމުން ކާރުމަށްޗައްވެސް މީހުންއަރަނީ ހުރިހާ ޓެކްސީގެ ހުއްދަބާތިލްކޮށް އަލުން ރަޖިސްޓޫކުރަން އަންވީ

    10
  32. ފިއުޗަރ007

    ޓެކްސީއަށްވެސް އަރާނަން، ދާންބޭނުން ތަނަކަށް ޖެހޭނީ ގެންދަން.. ދިންވަރެއް ލިބޭނީ!!

    17
  33. ވަގު

    ހުޅުމާލެއައް500 ހުޅުލެއައް1000 މާލެއައް300 އޯކޭތަ 2ލީޓަރު ޕެޓްރޯނުދެޔޭ ދަތުރަކައް އަހަރުނެން 8 ގަޑިއިރު މަސައްކަތްކުރީމަ ދުވާލަކައް 225 ރުފިޔާލިބެނީ މިމީހުންނައް 1500 ވަރައް ބަރާބަރު

  34. އުސްމާނުބެ

    ކިހާބުޑު ކަމެއް، ސަރުކާރުން އެމްޓީސީސީ މިކަންވެސް ކުރަންވީދެން ، ހަމަގައިމުވެސް ސަރުކާރައް ފައިދާވާނެ، އަދި ރައްޔިތުންނައްވެސް ފައިދާފާނެ....

  35. ބޮކި

    ބަލަ ކާރު ޑްރައިވަރު އެކަނި ކާގެން ، ބޮއިގެން އުޅެންވީ.... އެހެންނަމެވެސް މީތަންކޮޅެއް ބޮޑުވަރުދޯ !

  36. ޓަވަރު

    ކަލޭމެން ހޭބަލިވަނީތަ؟

  37. ރާއްޖެ

    އެއްކޮޅުން ގޭގެ ކުލި މައްޗަށް. އަނެއްކޮޅުން ޓެކްސީވެސް އެހެން މި ވަނީ. ނަހުލާ އިސްތިއުފާ. ޤައުމު އިސްތިއުފާ. ރައްޔިތުންނެއް ނެތް. ސަރުކާރުން ބަލަނީ ކެވޭތޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެހެންވީމަ ރައްޔިތުންވެސް ބަލަނީ ކެވޭތޯ. ރައްބެއް ރަސޫލެއް އާޙިރަތެއް ނެތް ބައެއް. މިޤައުމުގެ ނިމުން އައިސްސި. އަދިވެސް ދެބޯގެރިންނަށް ވޯޓުލާ.

  38. ޓަވަރު

    ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފަށާ!

  39. ރައްޔިތު

    ޓެކްސީ ޑުރައިވަރުން ބުނަނީ އަގު ބޮޑުވެގެން ދުވަހަކުވެސް ކަސްޓަމަރަކު ޝަކުވާ ކަމަށް..! ޢެކަމަު މާތްﷲ ގަންދީ ބުނަން...! ޝަކުވާ ނުކުރިޔަސް މާލެއިން އެއަރޕޯރޓަށް ނޫނީ އެއަރޕޯޓުން މާލެއަށް ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ އަހަރެން ދެނީ ހިތުން ރުހުމަކުން ނޫން. އެހެން ގޮތެއް ނެތީމަ މަޖުބޫރުވެގެން. އަދި ދަހިވެތިކަމުގެ ހައްދު ފަހަނަޅާފަ އެ އަތުލާ މީހާއަށް ހިތުން ބަދު ދުޢާ ކުރަމުން.

  40. ޓަގުބެ (އަދީބުރޯ)

    ނަހުލާ ޖެހޭނީ ކުޑަކަކޫ ޖަހަން...

  41. ނަފުރަތު

    ރާއްޖޭގެ ގިނަ ޓެކްސީ ޑުރައިވަރުންނަކީ އަދަބު އިހުތިރާމެއް ނުހުންނަތާގަ ވަރަށް ގޮތެއް ފޮތެއް ނުހުންނަ ބައެއް. ކޮންމެ ގޮތަކުންވެސް "ލިބޭތާ ލިބިގަންނަން ނުލިބޭތާ ޖަހައިގަންނަން" ފޫގަޅާފަ ތިބޭ އިންތިހާ ދަރަޖައިގެ ދަހިވެތި ބައެއް. ދީންވެރި ތެދުވެރި އިހުލާސްތެރި އެހީތެރި ރަނގަޅު ދެތިން ޑުރައިވަރަކާ ދިމާވި. ހިތަށް އެރި މީވެސް މާލޭގަ ޓެކްސީ ކުރާ މީހުންބާއޭ..!

  42. ހަގީގަތް

    މިހާރު މާލޭގަ ޓެކްސީ ކުރަނީ ހާދަ ބާ ކާރުތަކުގައޭ..! ތަންތަން ގަނޑު ނެއްޓި ވީދި ހަލާކުވެ "ތޯޑުވަން ޖެހިފަ" ހުންނަ ކާރު ގަނޑަަކަށް މީހުން އަރުވައިގެން ގޮސް ހިތަށް އެރި ވަރަކަށް ފައިސާ ނަގަން މިއުޅޭ ބަޚީލު ޑުރައިވަރުން ލަދެއްވެސް ނުގަނޭ ބާއޭ ހިތަށް އަރާ...!

  43. މޮޔަ

    ހުރިހާ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަންވީ ޓެކްސީ ޑުރައިވަރުންނާ އިދިކޮޅަށް އެކަކުވެސް އަވަސްރައިޑް ޓެކްސީ އަކަށް ނޫނީ ނާރަންވީ އެއިރުން ސައިޒްވާން ޖެހޭނީ.... ސެންޓަރަށް ގުޅައިގެން ދުވަހަކުވެސް ފޯނެއްނުނަގާނެ އަވަސްރައިޑް އެޕްއިން ވަގުތުން ރައިޑް ލިބޭ ހަބޭސް ބައެއް އެއީ.....
    ޓެކްސީ ސެންޓަރުތައްވެސް ޓެކްސީތައް ވެސް ބޯއިކޮޓް ކުރަންވީ

  44. އަބުލޯ

    މިއީ މަދުބަޔަކަށްޓެކްސީކުރުމުގެ ހުއްދަދިނީމައިވާގޮތް ޑިމާންޑާއިއެއްވަރަށް ޓެކުސީކުރުމުގެ ހުއްދަދިނީމައި މިކަންހައްލުވާނެ 2000 މީހުންނަށްޓެކްސީކުރުމުގެހުއްދަ އަލަށްދޫކުރާގޮތަ ނިންމީމައިމިކަންތައްހައްލުވީ ޓެކްސީތަކުގެ އަގު އޮޓަމެޓިކުން އަމިއްލައަށްތިރިވާ %100ޔަގީން ބޭނުންބަޔަކަށް ޓެކުސީކުރުމުގެ ހުއްދަ ދިނީމައި މިއަގުގެމައްސަލަހައްލުވީ

  45. މިޔަރު

    މިހާރު ޓްރާންސްޕޯޓުން ކަނޑްއަޅާފަވަނީ 2 ފަރާތަށްވެސް ވ ރަނގަޅު އަގުތަކެއް..މިއަގުތަކަށް ގުޑުމެއްވެސް އަރުވާނެކަމެއް ނެތް.. ޑްރައިވަރުން އެތެޅެނީ ރޯގިތެޔޮމިރުސް ކައިގެންތަ..ހުރިހާ ހުއްދަބާތިލް ކުރޭ

  46. މަކޯނީ

    އަޖައިބު އަންތަރީސް

  47. ޓެކްސީ

    ބާ ބަކަރި ގަނޑެއްގަ ދާން ޖެހުނަސް ތިއަގު ދީގެން ޓެކްސީއަކަށް ނާރާނަން! ވަރަށް ސާފުކޮށް މިބުނީ! ބޮޑުވަރު ތީ އެހެންމީހުންވެސް އާންމްދަނީ ހޯދަނީ އަނބިދަރިންނަށް ހަރަދުކުރަން! ކަލޭމެން އެކަންޏެއްނޫން! .. ފެލާސީ

  48. ސަންތިމަރިޔަބު

    ޓެކްސީ ޑުރައިވަރުން ބޭނުން ވަނީ 2ތިން ދަތުރު ދުވާލެއްގެ މަށްޗަށް ކުރުމަށް ފަހު ކާރު ޕާކްކޮއްފާ ނިދަން ރަށްޔިތުން ޓެކްސީ ނުލިބިގެން ތެޅިބާލަންވީ އަގުތަށް އަދިވެސް ތިރިކުރަންވީ 8 ގަޑިއިރު މަސައްކަތް ކުރުމުން ލިބޭ އާމްދަނީ ބަލާ އަގު ކަޑައަޅަންވީ -/15ރ މާލެ ތެރޭގެ ދަތުރަކަށް ރަގަޅު މާލެ ހުޅުމާލެ ދެކޮޅު ލަގެޖާއެކު -/50ރ ރަގަޅު މާލެ ހުޅުލެ މާލެ ދަތުރެއްގެ އަގު ލަގެޖާއެކު -/60ރ ރަގަޅު ހަމަ ހިނިއަންނަނީ

  49. 1111

    ޑްރައިވަރުންނާ ފުރަތަމަ ފަހަރު ވާނީ މަޝްވަރާ ކުރެވިފަ. އެހެންނޫނަސް ހަމަ އެކަނި އަމިއްލަ ފައިދާއަށް ވީސްނާ ބަޔަކާ މަޝްވަރާ ކުުރުމުގެ މާނައެއް ނެތް! ތިހުންނަނީ ކަލޭމެންގެ ވިސްނުން ހުރިގޮތް. އަދި ދަތުރު ނަގައިގެން (އެވަގުތަކަށް ކާރު ކުއްޔަށް ހިފައިގެން) ދާއިރުވެސް ޑިކީއަށް އެއްޗެއް ލާއިފިއްޔާ އެޔަށް އަދި ވަކިން ޗާޖް ކުރަންޖެހޭ! ހީވަނީ ޓެކްސީތައް ހުންނަނީ ފިނިބުރު އަޅަންދާންހެން. ނުވަތަ ފަސެންޖަރުންނަކީ އަބަދު ހުސްއަތާ ދާމީހުންހެން. މާދަމާ ދަތުރު ނުކުރިޔަސް ލާރިކޮޅުނުލިބޭނީވެސް ކަލޭމެންނަށް.
    ޢެންމެން ނުކުމެ 5 ވަރަކަށްދުވަހަށް ޓެކްސީތައް ބޮއިކެޓް ކޮއްލަބަ. ވާގޮތެއް ބަލަން.