މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ނުކުރާނެ ކަަމަށާއި، އެ މިނިސްޓްރީން އެދިފައިވާ ގޮތަަށް އެޕްލިކޭޝަންވެސް ބޭނުން ނުކުރާނެ ކަމަށް ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަންގެ ފަރާތުން އެ އެސޯސިއޭޝަންގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހިމް ސޮއިކޮށް، މިނިސްޓަރ ނަހުލާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން ކަނޑައެޅި އަގުުތަކަކީ އާމްދަނީއަށާއި، ދިރިއުޅުމަށް ދަތިވެ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކަށް އެކަށޭނެ އާމްދަނީއެއް ލިބޭނެ އަގުތަކެއް ނޫން ކަމަށެވެ.

އަދި މި އަގުތައް ހެދިފައި ވަނީ މަޝްވަރާ ކުރެވިގެން ނޫން ކަމަށާއި، ސެންޓަރުތަކުން މި އަގުތައް ބަލައި ނުގަނެ، މި އަގުތަކަށް އަމަލު "ނުކުރާނެ"ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

"ވީމާ މި އިއުލާނުގައިވާ ޓެކްސީ ކުރުމުގެ އަގުތަކަށް އަޅުގަނޑުމެންގެ ސެންޓަރުތަކުން ބަލައެއް ނުގަންނަނާނެކަން އަދި މި އަގުތަކަށް އަމަލު ނުކުރާނެކަމަށް އަބަދުވެރިކަމާއެކު ދަންނަވަމެވެ". އެ ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ސެންޓަރުތަކުން ނަގަން ނިންމި އަގުތައްވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ކޮންމެ ދަތުރަކަށް 30 ރުފިޔާ، އެއާޕޯޓް ދަތުރުގެ އަގު ލަގެޖާއި އެކު 120 ރުފިޔާ ހުޅުމާލޭ ފޭސް-1 އަށް 120 ރުފިޔާ އަދި ހުޅުމާލޭ ފޭސް-2 އަށް 150 ރުފިޔާ އެވެ.

މީގެ އިތުރުން ލަގެޖަށް ކުރިން ނަގަމުން ގެންދިޔަ އަގު ނެގުމާއި އެކު ވެއިޓިން ޗާޖްގެ ގޮތުގައި ކޮންމެ ފަސް މިނެޓަކަށް 4 ރުފިޔާ ނެގުމަށް ހުށަހަޅާ ކަމަށް ވެސް ސިޓީގައި ވެއެވެ.

"އަޅުގަނޑުމެެން މި އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީ ޑްރައިވަރުންނަކީ އެތައް ހަރަދުތަކެއް ކުރަން ޖެހޭ ބަޔަކަށްވާތީއެވެ. އަދި އަޅުގަނޑުމެންގެ ސެންޓަރުތަކުން މި ދަނީ މިހާރުވެސް ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ހިދުމަތް ދެމުންނެވެ". އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެ އެސޯސިއޭޝަނުން ގަބޫލުކުރަނީ ރާއްޖެއަށް ޓެކްސީ އެޕްލިކޭޝަންއެއް ބޭނުން ނުވާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ އެއްވެސް ސެންޓަރަކުން ހުއްދަދީފައިވާ އެއްވެސް އެޕްލިކޭޝަންއަކަށް ނުވަނުމަށް ވަނީ ނިންމާފައެވެ". އެ ބަޔާނުގައި ވެއެވެ.

މި އެސޯސިއޭޝަނުން މިގޮތަށް ބުނި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާދަމާ އިން ފެށިގެން އާ އަގުތަކަށް އަމަލު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ޓެކްސީއެއްވެސް އެޕްލިކޭޝަންއަށް ވަނުމަށް ދެ މަސް ދުވަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޜހ

  ޚުޑަކުރަންޖެހޭނީ ހަމަ

  15
  1
 2. އިންސާނާ

  ކަލޯ ޓެކްސީ ޑޮރައިވަރުން އެކަނިތަ ހަރަދުކުރަން ޖެހޭބަޔަކައްތިބީ ދެން ބުނެލަން އޮތީ ރަނގަޅުފެންވަރެއްގެ ހިތުމަތެއް ކަލޯޔައް ދުއަހަކުވެސް ލިބުނުތޯ

  45
  1
  • ެައަލިބިޔާއްކަލޯ

   ދެވުނުތޯ

   11
   1
  • ލާރި

   ލާރި ލާރި ޔޭސް ސޯ....ހޭބަލި ވެފަ ލާރިއާގެން.
   ދިރިއުޅުން ދަތިވަނީޔޯ ސަރުކާރުން ކަނޑައެޅި އަގުގެ ސަބަބުން.ސަރުކާރުން ހަދާބަލަ މާލެ ހުޅުމާލެ ދަތުރު 250 ރުފިޔާއަށް.އޭރުން އެމީހުން އުފާވާނީ.25 ރުފިޔާއަށް ކުރަން ހުއްދަދިނީ ތެޔޮ އަގު ބޮޑުވީމަ.ތެޔޮ އަގު މިހާރު ހުރީ ދަށުގަ ކީއްވެބާ އަގުހެޔޮ ނުވަނީ.ޔާމީނު ސަރުކާރުން ކާޑު އަގުބޮޑު ކުރީމަ ހޮޓާތަކުން ވިއްކާ ހެދިކާ ބަތް ރޮށި އަގު ބޮޑުކުރި.އޭގެ ފަހުން ކާޑު އަގުހެޔޮވީމަވެސް ހޮޓާތަކުގެ އަގުތައް ހުރީ ބޮޑުކުރި އިރު ހުރިވަރުގަ.މިއޮތީވާ ގައުމެއް.

 3. އަމްރު

  ކޮން ޤައުމެއްގައިތޯ ލަގެޖަށް ޗާޖް ކުރަނީ؟ ތިބޭފުޅުން 3 މަސްދުވަހު ޓެކްސީ ކޮށްފައި އަމިއްލަ ކާރު ގަނޭ. މަނުދޭނަން އެންމެ ރުފިޔާވެއެއްވެސް. ނިކަން ހޯދަބަލަ.

  24
  1
 4. ގައްޔޫމުގޯތި ސަރީފް

  ނުވިސްނަން!!!!

 5. ެައަލިބިޔާއްކަލޯ

  އެހެންވެއްޖެއްޔާ ކަލޭމެންއަމިއްލަ ރަޟެއްތައްޔާރު ކުރޭ ޓެކުސީ ދުއްވަން މި ދިވެހިބިމުގަ ދުއްވޭނީ ދިވެހި ސަރުކާރުންއަންގާ ގޮތަކަށް
  ދިވެހި ދިދަ ދަޟުގައި އުޅޭނަމަ ސަރުކާރުން ބުނާގޮތަކަށް ކުރަންޖެހޭނީ ނޫނީ ކަލޭމެނަށްވުރެ ކަލޭމެން ދިޔަފެލާ ރައްޔިތުން ގިނަކަން އެނގިދާނެ ވ ސަލާމް
  ދަތުރު =/150ރ އަށް ރަނގަޅު އެކަމް ކާރުގަ އެޅޭ 1 ކޫރުފިލުވަން 700ރ އައި 2500ރ ގެ އަގެއްދައްކަން ޖެހުނީމަ ތިހަޅޭ ލަވާ ބޮޑެތިމީހުނަށް ވ އަސަރު ކުރާނެ،،،،؛،،،،،؛،،،،،،؛،،،

  16
 6. އަދާލަތު

  ސަރުކާރަށް ގޮތްހުސްވާނެބާ؟ ޓެކްސީ ޑްރައިވަރުން ބިރުއެދައްކަނީ، ސަރުކާރަށް. ގޮންޖަހަނީ ސަރުކާރަށް. ސަރުކާރަކީ، ރައްޔިތު އެއްމެން. ޑްރައިވަރުން އެކަންޏެއްނޫން. އަމުރަށް ނުކިޔަމަންތެރިވާ ޑްރައިވަރުންނަށް ފިޔަވަޅު އަޅުއްވާދެއްވާ. އަޅުގަނޑުމެން އަތުން ފޭރެން އެ ނިންމަނީ ޑްރައިވަރުން.

  19
  1
 7. ނޫރ

  މިމަށްސަލަ ހައްލުކުރުމަށް އެމްޓީ ސީސީގެ ޓުރާންސްޕޯޓް ވިއުގަޔަށް 100 ކާރުގެ ޓެކްސީ ޚިދުމަތްދިނުމުން މިކަން ހައްލުނުވާނެ. މިރީޖަނަށް ބަލާއިރުވެސް މާލެ އޭރިއާއަކީ އެންމެ އަގުބޮޑްކޮށް ޓެކްސީ ފައރ އޮންނަތަން. ސަރުކާރުގެ އާދައިގެ މުވައްޒަފަކަށް މަހަކު 6000 ރ ލިބޭއިރު ޓެކްސީ ޑުރައިވަރެއްގެ މުސާރަ އުޅެނީ 12000ރ، ގަ އަދި އަމިއްލަ ޓެކްސީއެއްނަމަ އެމީހަކަށް މަހަކު 25000 ރ ލިބޭ، އިންސާފުގެ ތިލަފަތް އަބަދުވެސް މިބަރުވަނީ އަޑުގަދަކޮޅަކަށް.

  18
 8. ވިސްނާ

  ބޯހަރުކަންނޫން ދެން ކޮންކަމެއް. ބޮޑުފައިދާ އިރުކޮޅެއްގެ ތެރޭގަ ނަގަން. ފުރަތަމަވެސް ބުރިޖު ހުރަސްކުރެވޭނީ ސަރުކާރުން ކަނޑައަޅާ އަގެއްގައިކަން އަންގާ. ޢެ އަގުގައި ނުކުރާ ޓެކްސީތަކަށް ބުރިޖު ހުރަސް ނުކުރެވޭގޮތް ހެދިނަމަ ހިތް މައްޗަށް އަރައިގެން ނޫޅެވޭނެ. މިހާރު މިތިބީ ބޮޑު އަގުގައި ކޮށްކޮށް އަދިވެސް އެޔަށްވުރެ ބޮޑުކުރަން ދިމާކޮށްފަ. 2 ގަޑިއިރު ދުއްވާފަ ލާރިހަމަވީމަ ކާރު ޕާކުކޮށްފަ ގޭގަ.

  15
 9. ޫތޔތ

  ށަރުކާރުން އަންގާގޮތާޙިލާފްވާ ޓެކްސީތަކުގެ ހުއްދަބާތިލްކުރުމައްގޮވާލަން

  13
 10. އިބްރާހީމް

  އަޅުގަނޑުމެން ޓެކްސީ ބޫކްކުރާ ވަގުތުންފެށިގެން ނައިސް ލަސްވާ ކޮންމެ 5 މިނެޓަކަށް 10ރުފިޔާ ކަނޑާފަ ފައިސާ ދިނަސް އޯކޭ ތޯ އެސޯސިއޭޝަން؟

  29
  1
 11. ކަސްޓަމަރ

  ހިތްމޮޅު ބައިގަނޑެއްމީ... ރައްޔިތުންނަށް ނުކެރެނީ މުޒާހަރާ ކުރަން.. މިބައިގަނޑު ފުއްޕާވަރަށް ރައްޔިތުންނަށް ފުއްޕަން ނުކެރެނީ...

 12. ޢަފްލާ

  ޓެކްސީ ޑްރައިވަރުން އެކަނި ކުއްޔައް އުޅެނީ އެހެންމީހުން އުޚެނީ އަމިއްލަ ގޭގަޔޯ

  13
 13. ބުރާންތި

  ޓެކްސީ ޑުރައިވަރުން ޔުނީފޯމް ލާންޖެހޭ ގޮތައް ގަވައިދު ހައްދަވާ އެޔައްވެސް އަމަލުކުރުން އަވަސް ކޮއްދެއްވާ.

  11
  1
 14. ޗޮސް

  ކޮން ރަނގަޅު ހިދުމަތެއްތަ ކަލޭމެން ދެނީ. ފޯނުކޮށްގެން ފޯނުނަގާނަމަ ރަނގަޅު. ނެދިޔަސް ދެފަހަރަކު ގޮވާލާފަދެން ބުނާނީ ކާރެެއް ނެތޭ. ނަހުލާ ގޮތް ދޫނުކޮށް ހިފަހައްޓާލާތި. ހަމަ އެޕްވެސް ބޭނުން ކުރަންޖެހޭނީ. ދެން ދުވާލަކު 5 ދަތުރުކޮށްލާފަ ކޮފީ ބޯންނޯވެވޭނެ. ޓެކްސީ ކުރުމަކީ ހިދުމަތެކޭ ފޫހިވީމަ ޓެކްސީއަށް އަރާފަ މިހާރު ތިއުޅޭހެން ދެން ނޫޅެވޭނެ

  14
  2
 15. ކުލީކާރު

  ގިނައީ ޕާޓް ޓައިމް ޓެކްސީ ޑްރައިވަރުން.ރަސްމީ ވަޒީފާއިން 20 ހާސްލިބިފަ މާލޭގަ 10 ބުރީގެ އަމިއްލަގެ ހުރޭ.ގޭގެ އެޕާޓްމަންޓްތައް ހުންނަނީ ބޮޑު އަގުގަ ކުއްޔަށްދީފަ.އަމިއްލަ ކާރުގަ ޓެކްސީ ކުރަނީ ދެތިން ގަޑިއިރު.އެވަގުތު ކޮޅު މިމީހުނަށް މިލިއަނެއްހާ ރުފިޔާ ލިބޭނެ ގޮތެއް މަޖިލީހަށް ގަރާރެއް ހުށަހަޅާގެންވެސް ހޯދދީގެން މިކަން ހައްލު ވާނީ

 16. ހަސަންބެ

  ދަތުރުގެ އަގު ކުޑަކުރަން ޖެހޭނީ ސަރުކާރަކައް ގޮތެއް ހުހެއްނުވާނެ ސެންޓަރުތައް ބަންދުކޮއްލާފަ ދޭމަހައް އޭރުން ރަގަޅުވާނެ

  5
  1
 17. މޮހޮދު

  މިފަހަރު މޭފުއްޕާލާފަ އެއުޅޭ ޑުރައިވަރުންނަށް ރަނގަޅު ފިލާވަޅެއްދޭތި. މާލޭގެ ޓެކްސީ ދަތުރުގެ އަގު 20ރުފިޔާ އަށް ބަދަލުކޮށްވެއްވާ. ދުރަައިވަރުން އެތިބީ އަމިއްލަ އެދުމުން ފޯވެފަ އެމީހުނައް ވިސްނަައިދީ އެމީހުން އެދަނީ ހަމައިންނެއްޓެމުން

 18. ސަޓޯ

  އޯކޭ އަޅުގަނޑުމެން ނަހުލާއަށް ގޮވާލަން އެމީހުން އެބުނާ އަގުތައް ފާސްކޮއްދިނުމަށް. އެކަމަކު ކާރުތައް ގެނެސްފައިވާ ގަރާޖު ފިޔަވާ އެހެންތާކު ޕާރކު ކުރާނަމަ ވަގުތުން ސްޓިކާ ޖަހަންޖެހޭނެ.... މަގުމަތީ ބޭނުންތާކު ޓެކްސީ ބާއްވާފަ ގޮސް ގޭގަ އޮވެވިގެން ނުވާނެ...