އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި މި އެކްސިޑެންޓް ހިނގީ ކާރަކާއި ބައިސްކަލެއް ޖެހިގެންނެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި، ކާރު ކާރު ދުއްވާފައި އައީ ވަރަށް ބާރަށެވެ. ކާރު ދުއްވަން އިނީ އަންހެނެކެވެ. އެ ކާރު އައިސް ބައިސްކަލްގައި ޖެހުމާއެކު ބައިސްކަލުގައި އިން އުމުރުން ދުވަސްވީ މީހާ ވަނީ ވިއްސައިގެން ދުރަށް ގޮސްފައެވެ.

މި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހާއަށް އަނިޔާތަކެއް ލިބުމުން އޭނާ އަށް ފަރުވާދެމުން ގޮސްފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ. އޭނާ ނިޔާވީ އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އާދީއްތަ ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައި މި އެކްސިޑެންޓް ހިނގިއިރު، މި އެކްސިޑެންޓްގައި އޭނާ ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

މިދިޔަ މަހު ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަސްވެރިޔާ

  މިކަން ހުއްޓުވަން ލިންކް ރޯޑްގައި ބާރަށް ނުދުއްވޭނެގޮތަށް ކައިރި ކައިރީގައި އުސް ބުރެކަރ ތަކެއް ކޮންކްރީޓުން އަވަހަށް އަޅަންވީ.

 2. ކިޔު5

  މަނިކުފާނަށް ފާފަފުއްސަވައި ރަހުމަތް ލައްވާށި!
  އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި!

 3. ާައއ

  ލިންކް ރޯޑުގެ ނަން ބަދަލު ކުރަން ވީ

 4. ހަސަނު

  ކޮބޭ ފުލުހުން ހައްޔަރުކުރޭ އެނަުލަފާ އަންހެނާ

 5. މނތ

  އެ އަންހެން މީހާ ހައްޔަރު ނުކުރަނީތޯ؟

 6. އަހްމަދު

  އަންހެނަކު ދުއްވިޔަސް ހެޔޮ ހައްޔަކުކުރާތި..

 7. ރާގީ

  އައްޑޫ ލިންކް ރޯޑަކީ އެހާ ނުރައްކާތެރި ތަނެއް ނޫން. ނުރައްކާތެރި ވަނީ އަހަރުމެންގެ އަމަލާ ހެދިފައި ހުންނަ ގަވާޢިދު ތަކުގެ ސަބަބުން. މި ދިވެހިރާއްޖެއަކީ ވަރަށް ކުޑަ އާބާދީ އަކާއި ކުދި ރަށްތަކެއްގެ މައްޗަށް އޮންނަ ޤައުމެއް. މިތަނަކަށް ހަޤީޤަތުގައި ބޭނުމެއްނުވާނެ ރޭސިން ކާރާއި ސައިކަލް. މިޤައުމަށް އެތެރެކުރަން ވީ 50ސީސީ އިން ދަށުގެ ވެހިކަލް. އޭރުން އެކަންތައް ހައްލުވީ. ކުރީގަ ޗެލީ ދުއްވި އިރު މިހާ ކަންތައް ބޮޑެއް ނުވޭ.

 8. އޯގާ

  ސަރުކާރުން ހަރުދަނާ ގޮތަކައް ޤާނޫނައް ބަދަލުގެނެސް 50ސީސީ އަށްވުރެ މަތީ އުޅަނދު އެތެރެކޮށް ވިއްކުމަކީ މަނާކަމަކަށް ހައްދަވާލަދެއްވާ.

 9. އައްޑޫ

  މަރު ޚަބަރު ގެނެސްދޭ ލިޔުންތަކުގައި ނިޔާވި މީހާގެ ފުރާނަައަށް ރަހްމަތްލެއްވުން އެދި ދުޢާކޮށްލުން ރަގަޅުވާނެ. އެހެނީ އެ ޚަބަރު ކިޔާ އެންމެނަށް އެ ދުޢާގައި ބައިވެރިވެވޭނެތީ. އަދި ހިތާމަވެރި ދަނޑިވަޅުގައި ގާތްތިމާގެ މީހުނާއި ރަހްމަތްތެރިންނަށް ކޮންމެވެސް ވަރެއްގެ ތަަސައްލީއެއް ލިބޭނެތީ. #ރެސްޕޮންސިބްލްޖާނަޒިލަމް