މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ޓެކްސީ ތަކުން އަގުބޮޑުކޮށް ދަތުރު ކުރޭތޯ ބަލަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ގިނައިން ފަސާ ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށާއި، ރޯޑް ވާދިނެސް މިންގަނޑަށް ފެތޭތޯ ބެލުމަށާއި، އުޅަނދު އުފެއްދި ތާހީރުން ފެށިގެން 20 އަހަރަު ނުވާ އުޅަނދުތައް ތޯ ބެލުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

ފުލުހުން މި އޮޕަރޭޝަންތައް ފެށިއިރު، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ތަކުން ކުރާ ދަތުރުތައް ކުރަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އާ އަގުތަކަށެވެ.

އެ އަގުތަކަށް ދަތުރު ނުކުރާނެކަމަށް ބައެއް ޓެކްސީ ސެންޓަރުތަކުން ދަނީ ބުނަމުންނެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އާ އަގުތަކަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިކިކި

    މިހާރު ޕުރައިވެޓް ކާރުގަވެސް ޓެކްސީ ކުރެވޭންނު ދެން ޓެކްސީ ތަކުގަވެސް ޕުރައިވެޓް ބޯޑްޖަހައިގެން އެތެރެނުފެންނަ ގޮތައްދުއްވަބަލަ މިހާރު ޓެކްސީ އަކީ ބޭކާރުއެއްޗެންނު

    11
  2. ލޯއަނދިރި

    ޓްރާންސްޕޯޓް އޮންނަނީ ސައިޒުގަ. ހަ ހަ ހަ.. ނުވާނެ ތިކަމެއް!

    3
    1
  3. .....

    މިފަހަރުކޮންމެޓެކްސީއެއްގެފަހަތުގަފުލުހެއް.
    ހެހެހެ

    3
    1
  4. މ

    މިއަގުތައް ފުރަތަމަ ކަނޑައެޅީ 2018 ސެޕްޓެމް ބަރުން ފެށިގެން. ބްރިޖު ހުޅުވުނީމާ. ޢިންތިހާބަށް ފަހު އާސަރުކާރުން ޓެކްސީ މީހުން ދެކެ ބިރުން ތިޔަކަން ނުވީ ނަހުލާ އަށް ބިރު ދައްކާަ ރައީސް އޮފީހުގެ މީހުންގެ ނުފޫޒުގައި އެކަން ނުވީ މިހާޜުވެސް އެޕް ބޭނުން ކުރުން ވެސް ތޮޅި އަށް ދިޔައީ . ޢޭރުގެ ސަރުކާރުން މި އަގު ކަނދަ އެޅިކަން މިނިސްޓްރީގެ ޔައުމިޔާ އިން ފެންނަން އެބައޮތް .