އަގު ބޮޑުކޮށް ޓެކްސީ ދަތުރު ކޮށްދިނުމަކީ ހުއްދަވާނެކަމެއް ނޫން ކަމުގައި ރާއްޖޭގެ މަޝްހޫރި ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވިޓްގައި ޝެއިޚް ވިދާޅުވެފައިވަނީ ސަރުކާރުން ޓެކްސީ އަށް ވަކި އަގެއް ކަނޑައެޅުމުން، އަމިއްލައަށް އަގު ހައްދަވައި އެއަށްވުރެ ބޮޑުކޮށް ޓެކްސީ ދަތުރު ކޮށްދިނުމަކީ ހުއްދަވާނެކަމެއް ނޫން ކަމަށެވެ.

" މިހާރު މާލެއިން މާލެއަށް ޓެކްސީ ދަތުރުތައް ވަރަށް ނުލިބޭ އެހެން ނަމަވެސް ހުޅުމާލެއަށާއި ހުޅުލެއަށް ޓެކްސީ ދަތުރުތައް ލިބޭ " ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ޓެކްސީ ދަތުރުތަކަކީ ޚިދުމަތެއްކަން ދެނެގެން ޚިދުމަތް ދެއްވުމަށްވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ގިނަ ޓެކްސީ ޑްރައިވަރުން އަންނަނީ މާދަމާ އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ޚިދުމަތުގެ އަގުތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ. އަގުތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ސެންޓަރުތަކުން މާދަމާ ދަތުރުތައް ނުުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޯސް

    މިއީ ރޯދަމަހުގައި މިރުސް އަގުބޮޑު ކުރާހެން ޓެކްސީގެ އަގުވެސް ބޮޑުކޮއްލުން. ރާއްޖެއަކީ މިސަރަހައްދުގައިވެސް ޓެކްސީގެ އަގު އެންމެ ބޮޑުގައުމު. މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދާން ނަގާނެ ބޭރުގައުމަކުން އެއް ސްޓޭޓޫން އަނެއް ސްޓޭޓަށްދާ އަގު. އެއްވެސް ހައްގަކާނުލާ އެއްޗެހި އަގުބޮޑުކުރާ ފަރާތްތަކަށް ހަލާކުހުރި! ?

    17
    2
  2. ހަސަންތަކުރު

    ކުރަންނުވާކަންތައްނޭގޭބަޔަކުމިހާރަކުނޫޅޭ

    10
    2
  3. ާަބިޖޫ

    ޙަމައެކަނި ހުއްދަނުވަނީ އަގުބޮޑުކޮއް ޓެކްސީ ކުރުންތޯ މިސަރުކާރު އޯކޭ ދޯ ރައްޔިތުމީހާ ފެލާލިޔަސް ހަމަ ސާބަސް ސޭހައް ތީވާސޭހެއް

    15
    14
  4. ޢަދުރޭ

    ރަސޫލާގެ ޙަދީޘް ފުޅެއްގައި އޮވެ އަހަރުމެން ނަށް އޮޅުވާލާ މީހުންނަކީ އަހަރުމެންތެރެއިން ވާ ބައެއް ނޫނޭ . އެހެން ކަމުން. މި އޮޅުވާލުމުގައި ބައިވެރިވާ ޓެކްސީ ޑްރައިވަރުން ނަކީ ރަސޫލާގެ ސުއްނަތަށް އިންކާރު ކުރާ ބައެއް ކަމުގައި ބެލެވިދާނެ. ވެރިކަމުގެ ފަރާތުން ވަކި ގޮތެއް ކަމެއްގައި ޢާއްމު ކުރުމުން އެ ނޫން ގޮތްތޮތަށް ޢަމަލު ކުރުމަކީ އޮޅުވާލުމާ ނުކިއަމަންތެރި ވުން .. قال رسول الله صلي الله عليه وسلم من غشنا فليس منا (متفق عليه)

    2
    1
  5. ފަތިފުއް

    الشيخ علي زيد ރަނގަޅު އެހެންނަމަވެސް ދަންނަވާލަން އޮތީ ދީނީ ޖާހިލެއް ގެ ގޮތުން މަސައްކަތް ކޮށް މިސަރުކާގެނައުމަށް ފަހު މި ކުރަނީ ހުސް ހުއްދަ ކަންތައްތޯ

  6. ާއަޙުމަދު

    ޝެއިޚޫ ދަލީލު ދައްކަވާ. ޝެއިޚުގެ ޓްވީޓުން ދޭހަވަނީ ސަރުކާރުން މަނާކޮށްފި ކަމެއް ކުރުން ދީނުގައި ހުއްދަނޫންކަމަށް. ޝެއިޚަކީވެސް އެއްގަމު އުޅަދު ދުއްވުމުގެ ލައިސެންސް ހޯއްދަވައިގެން އެއްގަމު އުޅަދު ދުއްވަވާ ބޭފުޅަކަށް
    ވީއިރު ސަރުކާރުން ހަމަޖައްސާފަ އޮންނަނީ މަގުގެ ވާއަތްފަރާތުން ދުއްވަންކަން އެގިވަޑައިގަންނަވާނެެެއެވެ. އެހެނެއްކަމަކު މަޖީދީމަގުގެ އެއްފަޅީގައި ދެކާރު އެކަތިއަނެކައްޗާ މޫނުދިމާވާގޮތަށް ޕާކްކޮށްފާ އޮންނައިރު އެތަނުން އެއްކާރު އެތަނުގައި ޕާކްކޮށްފައި އެއޮންނަނީ ސަރުކާރުން ކަޑައަޅައިފާވާ ދުއްވުން ހުއްދަނޫން ފަޅިން ދުއްވާފަ އައިސްކަން ހަމަކޮންމެމީހަކަށްވެސް އެގޭނެއެވެ. މިކަމަކީ މާކުރިން ފެށިގެން ހިގަމުންއައި އަދިމިހާރުވެސް ހިގާކަމަކަށްވީއިރު މިނުބައި ކަމުންމީސްތަކުން ސަލާމަތްކުރުމަށް ޝެއިޚް ބަހެއްވިދާޅުނުވެ ލަސްކުރެއްވީ ކީއްވެބާއޭ ހިތަށް އަރައެވެ.

  7. Anonymous

    މީއެއްކަލަ ހުރިހާކަމެއް ދަންނަ ކަލޭގެ... ހުރިހާކަމަކާނުބެހި ހުރެބަލަ މާއިނގިގެން

  8. ާއަލީ

    މީއެއްކަލަ ހުރިހާކަމެއް ދަންނަ ކަލޭގެ... ހުރިހާކަމަކާނުބެހި ހުރެބަލަ މާއިނގިގެން

  9. ...

    ކެރޭ ކުއްޖަކު އަހާލަބަލަ ޒައިދު ކައިރީ ޓެކްސް ނެގުން އިސްލާމްދީނުގައި ހުއްދަތޯ....ޒިނޭ ކުރުމާއި ޓެކްސް ނެގުމާއި ފާފާގެ ބޮޑު ކުޑަ މިނުގަ ހުރި ތަފާތަކި ކޮބާތޯ....
    ސައްހަ ސަނަދުން ދަލީލާއެކު ޖަވާބަށް އެދުން ބުއްދިވެރިވާނެ....