ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޕްރައިވެޓް ހަޔާރ ގެ ގޮތުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެޕްލިކޭޝަންގެ ތެރެއިން އެޕްލިކޭޝަންގައި ބައިވެރިވެގެން ކުރިއަށް ދެވޭނެ ކަމަށެވެ.

އަދި އެކަމުގެ ހުއްދަ ދެވޭނީ ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކާ އެކު ހުށަހެޅުމުން ކަމަށް އެ އިއުލާނުގައިވެއެވެެ.

އެ އޮތީރިޓީން ހުއްދަ ދީފައި ވަނީ ތިން އެޕްލިކޭޝްއަކަށެވެ.

އަވަސް ރައިޑް

ޕިކްމީ

އެއައީ

ޕްރައިވެޓް ހަޔަރގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް

  • ޑުރައިވިންގ ލައިސަންސްގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ
  • ޕޮލިސް ރެކޯޑު
  • ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ޟިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓް (ހެއްދި ފަހުން 1 އަހަރު ނުވާ ސެޓްފިކެޓް)
  • މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ޓްރެފިކް ފުލުހުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޮޓް އޮތޯރިޓީން ހުއްދަ ދީގެން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވެ ލިބިފައިވާ ލިޔުން ހުށަހެޅުމުން (06 މަސް ދުވަހުގެ ތެރޭގައި މި ސެޓްފިކެޓް ހުށަހަޅާގޮތަށް ޕްރައިވެޓް ހަޔަރ އަށް ފަށައިގަންނަ އިރު ޕްރައިވެޓް ހަޔާރ ޑުރައިވަރުންނަށް މި ސެޓްފިކެޓް ނެތް ނަމަވެސް ހުއްދަ ދޫކުރެވޭނެ)

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޔާސްމީން

    ކޮން ހާ ހާސަރު ޗަރުތު ތަކެއް. ހަމަ ބިއުރޯކްރެސީ ބޮޑު ކޮށް މަ ޓައިއެއްް އަޅައިގެން ހުދު ގަމީސް ލައިގެން ހުންނަ ކަން ދައްކަން އުޅޭ ވައްތަރު ކަމެއް މިއީ

    7
    27
  2. ރައްޔިތު މީހާ

    ހަޖަމު ނުވެގެން މިއުޅޭ ބައެއް ޓެކްސީ ޑްރައިވަރުން އުޅުނަސް މިމީހުން ނޫނަސް ފެންވަރު ރަނގަޅު ރައްޔިތުންނަށް ވެސް ފައިދާ ވާ ގޮތަށް ހިދުމަތް ދޭނެ ފަރާތްތައް ރާއްޖޭގަ މަދެއް ނޫން. މިހާރު މިތިބަ ކަޑަ ޓެކްސީ ސެންޓަރުތައް އުވާލާފަ ރައްޔިތުންނަށް ފަސޭހަކޮށް ފައިދާ ވާ ގޮތަށް ހިދުމަތް ދޭނެ ފެންވަރު ރަނގަޅު އާ ޓެކްސީ ސެންޓަރު ތަކެއް ހެދުމަށް ގޮވާލަން !

    99
    4
  3. ވިސްނާ

    ބަރާބަރު... ޓެކްސީ ޑުރަިވަރުން ސައިޒުކުރަންޖެހޭ.

    62
    4
  4. ފާތުމަ

    ކުރިން އޮތް ގޮތައް ބަހުގެ ހިދުމަތް ފެށުން ވަރަށް މުޙިއްމު.... އޭރުން ރައްޔިތުން ނަށް ވަރަށްބޮޑު ލުޔެއް ލިބޭނެ ....

    43
    5
  5. އަހުމަދު

    ރަނގަޅު!

    32
    3
  6. މޫސަ

    ތިޔަހެން ހެދީމަ ޓެކްސީ ޑްރައިވަރުން ސައިޒަށް ތިރިވާނެ.

    54
    4
  7. އާމިނަ

    ގާނޫނަށް ބޯލެނބުމުގައި އަވަސް ރައިޑަކީ ނަމޫނާއެއް .ވ. އިތުބާރު ކުރެވޭ.

    51
    6
  8. ކޮކީ

    ރަނގަޅު ނިންމުމެއް

    44
    2
  9. ކޯ

    ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލު ކުރޭ ރައްޔިތުން ހަނާނުވަނީސް

    30
    4
  10. ބަކުރުބެ

    މިހާރު މިވީގޮތުން ޓެކްސީ އަކީބޭކާރު އެއްޗެއް ނު ޕުރައިވެޓް ކާރުގަ ނުޖެހޭ މަތީގަބޯޑް ހަރުކުރާކައް ސެންޓަރައް މަހުފީދައްކާކައް ކާރުގެ އެތެރެ ފެންނަގޮތައް ހުންނާކައް އެހެންވީމަ ޓެކްސީ ތަކުގަވެސް ޕުރައިވެޓް ބޯޑްޖަހައިގެން ދުއްވާ

    11
    27
  11. ގެރި

    އަހަރުން ގެ ޕުރައިވެޓް ކާރުގަ ރީތި އަންހެން ކުދިންނައް ފުރީކޮއް ދަތުރުކޮއްދެން މިހާރު ހުރިއަގު ތަކައް ވުރެންވެސް ތިންގުނަ އަގު ހެޔޮ ކޮއް ދުވަދޭނަން ރައްޔަތުން ހާސްނުވޭ

    32
    2
    • ޑަރޭ

      އެކަމަކު އެކުދިންންށް ގޯނާނުނުރައްޗޭ...

      14
  12. ޢަހުމަދު

    ގޮލްކާޓް ސަޅި

    1
    1
  13. ފަތިފުއް

    ތި ކުރަނީ މިސަރުކާރުން މޮޅު ކަމެއް ޓެކްސީ ޑުރައިވަރުން އެއުޅެނީ ފެންމައްޗައް އަރައިގެން ޓެކްސީ ޑުރައިވަރުން ނާއި ޓެކްސީ ސެންޓަރުތައް ސައިޒައް ތިރިކުރަންޖެހޭ

    18
    3
  14. ޕާޓޭ ގެ ޑެޑީ

    Aaan shukureeyaaa.. taxi drivarun maa gaddaa vegen ulhenyaa vaany mihen libey minvarah shukuru nukuraa baeh dhw. Taxi libey laari kolhun nuvanyaa mashaa taxi havaalu kurey dhuhvan neyngunas ma ovedhaanan gey dhorumathee baruganu alhaala alhaala

    1
    1
  15. ާިކަނބުލޮ

    ޞބޯހިޔާވަހިކަމުންވެސްއަގުތައް ކުޑަކުރަން ޖެހޭ ފުލެޓުތަކުގެ އަގުތިރިކުރަންވީ