ޓެކްސީތަކުން ރޭގަނޑު 12:00 އިން އިން ހެނދުނު 6:00 އަށް ކުރާ ދަތުރުތަކަށް އިތުރު ޗާޖެއްގެ ގޮތުގައި ނެގޭނީ ފަސް ރުފިޔާ ކަމަށް ތްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިހާރު ކަނޑައަޅާފައިވާ އަގުތަކުގެ އިތުރުން ރޭގަނޑު 12 އިން ހެނދުނު 6 އާއި ދެމެދު ކުރާ ދަތުރަކަށް -/5 ރުފިޔާ ނެގިދާނެކަމަށެވެ.

އެ އޮތޮރިޓީން ބުނީ، ޓެކްސީ ކުރުމުގެ އަގުތަަަކަށް ބަދަލު ގެނެސްފައި ވަނީމާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަދާލަތު

  ރަނގަޅު ޗާރޖެއް. އިންޗި އެއް ދެއްވައިފިނަމަ، ރިޔަނެއް ދަމައިގަންނާނެކަން ސަރުކާރުން ވިސްނަވާތި. އެހެން ރައްޔިތުންނަށްވެސް ސަރުކާރުން ވިސްނަވަންވާނެ.

  8
  1
 2. ބޭރު

  ބޭރުގައުމު ތަކުގައި 40ކިލޯ މީޓަރަށް ދުއްވާލިޔަސް އެންމެ ގިނަވެގެން ވިޔަސް އަރާނީ 200-300 ރުފިޔާ. ވިލިމާލޭ ފެރީޓާމިނަލްއިން ފެށިކަމުގައިވިޔަސް ހުޅުމާލެއަށް ދާން 10ކިލޯމީޓަރެއްވެސް ނުވާނެ. އެކަމަކު މާލެއިން ހުޅުމާލެއަށް ދާންވެސް 75ރުފިޔާ. (5 ކިލޯމީޓަރު) (އޭރުން 40 ކިލޯމީޓަރަކީ 600 ރުފިޔާ)

  • ކުލި

   10_7 ފޫޓް ކޮޓަރިއެއް 12000ރުފިޔާ އަށް ކަލޭ އޯކޭ ދޯ