ޓްރާންސްޕޯޓް މިނިސްޓީގެ ޓެކްސީ އަގުތަކާއި ގުޅިގެން މާދަމާ ޓެކްްސީ ޑްރައިވަރުން ހަޅުތާލު ކުރަން ޓެކްސީ ދުއްވުން ހުއްޓާ ވަގުތު ޕްރިވެޓް ވެހިކަލްތަކަކުން ހިލޭ ދަތުރުކޮށްދިނުމަށް ކެމްޕޭނެއް ފަށައިފިއެވެ.
މިގޮތުން މާދަމާ ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރުމުގެ ގޮތުން ޓެކްސީގެ ހިދުމަތް ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޓްވިޓާގަ RideEhBeynun# ހޭޝްްޓެގް ބޭނުންކޮށްގެން ފަށާފައިވާ މި ކެމްޕޭނުގައި މާލެ,ހުޅުމާލެ,ހުޅުލެ އަށް ދާން ބެނުންވާ މީހުން މި ހޭޝް ޓެގް 10 މިނެޓު ކުރިން ބޭނުންކޮށް ދާނެ ބޭނުންވާތަން ބުނުމުން އެހީތެރިވާނެކަމަށް ކެމްޕޭނުގަ ހަރަކާތްތެރިވާ މީހުން ބުނެއެވެ.
https://twitter.com/nutzeeh/status/1158323273077125120?s=19
ގިނަ ޓެކްސީ ޑްރައިވަރުން އަންނަނީ މާދަމާ އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ޚިދުމަތުގެ އަގުތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ. އަގުތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ސެންޓަރުތަކުން ވަނީ މާދަމާ ދަތުރުތައް ހުއްޓާލުމަށް ފަހު މުޒާހަރާ ކުރަން ނިންމާފައެވެ.
ޓެކުސީ ޑުރާވަރުންނަކަށް ނުވިއެންނު.
މުޒާހަރާ ކުރާނެ ވަގުތު ލިބެނީ، ކުރިން ދަތުރު ތަކުން އެވަރަށް ފައިސާވެސް ލިބިފަ ހުރީމަ
ސާބަސް ތިނޫން ގޮތަކަށް ފަރުދުންގެ ޒިއްމާ އަދައެއް މިސަދޫމަކު ނުކުރެވޭނެ
ސާބަސް މ
ހެހެހެހެހޭ ކަލޯމެންގެ ނެތްފެންވަރު ދައްކަން އުޅެންޏާ ވާނީ ތިޔަހެން. މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތައް ހަމަ ބަރާބަރު.....!!!
ކެންޕޭން އިންތިޒާމުކޮށް ހިންގި ބަޔަކަށް ފަށްފަށުން ޝުކުރިއްްޔާ. ކޮންމެ ފަހަރަކު އެމީހުންގެކޮޅު ގަދަވާތީ.ގަދަ ދައްކައިގެން އުޅެން ދިމާކޮށްްފަ އެތިބީ. އެހެން އުޅޭ މީހުން މައިތިރި ކުރަން ރައްޔިތުންގެ ތެރޭން ވަޔަކު ތިހެން އިސް ނަގާ ނުކުންނާން އެބަޖެހޭ.
ތީވާބައެއް މާލޭ ހެންވޭރުން އޭޑީކޭޔައްވެސް 25 ރުފިޔާ ބޮޑުވަރުދޯތީ
ފޭރޭޑުރައިވަރުން ތިއުޅެނީ ތިދުއްވަމީހުން ސައިޒުކޮަްލާ..
ކޮންމެ ކަސްޓަމަރަކަށް 1 ލަގެޖްގެ އިތުރުން ޑިކީއަށް ނުވަތަ ކާރު އެތެރެއަށް އަރުވާ ކޮންމެ ލަގެޖަކަށް، =/05ރ. ނެގުން އެއީ ވަރަށް އިންޞާފުވެރި އުޞޫލެއްކަމަށް ފެނޭ. (2' އަށްވުރެ ބޮޑުނޫން އަތްދަބަސް ލަގެޖް ކަމަކަށް ނުބެލޭނެއެވެ.) އެހެންނޫނީ ޕިކަޕެއްގެ މުދާވެސް އަރުވަފާނެ. އެއިރުން އެއީ މަޞްލަޙަތު ފުށުއަރާ ކަމަކަށްވޭ.
ތި ދުއްވަނީ ކާރެއް އެއަރ ލައިނެއް ނޫން.
އަހަރެން މިހިރީ ތިހިލޭ ދަތުރު ކޮށްދޭ ބަޔެއްގެ ހުރި މޮޅު ކަމެއް ދެކިލާހިތުން ކެއްމަދުވެފަ.
ކިހާދުވަހަކު ހިލޭ ދަތުރު ކޮށްދެވޭނެބާ.
ގިނަވެގެން ދެދުވަހުވެސް ދަތުރު ނުކޮށްދެވޭނެކަން މަށަށްހަމަ ޔަޤީން ކޮށް ބުނަން އެގޭ
ތިބަޔަކަށް ޕެޓްރޯލާއި ކާންދީގެންވެސް ...