މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ މައުލޫމާތު ތަހުގީގަށް ހާމަކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތީ ޅ.އަތޮޅު މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އަށް އަހަރު ދުވަހުގެ ޖަލު ޙުކުމް ހައި ކޯޓުން ބާތިލް ކުރުމުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާތީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމެވެ.

އެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އަށް ވީގޮތް ދައުލަތާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އެގޮތުން ފައިސާ ލިބުނު މީހުންނާއި ދިޔަ ތަންތަނުގެ މައުލޫމާތު ތަހުގީގަށް ހާމަކުރައްވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

މާބިންހުރާގެ ޚިޔާނާތުގެ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓައިދިނުމަށް ދަޢުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނުނިންމަވައެވެ.

ޅ.މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލުމުން އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރިއެވެ.

ނަމަވެސް ހައިކޯޓުގައި އަދީބު އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަދުރޭ

    ރައީސް ޔާމީނަކަށް ނުވިއެންނު. ދެން ޖަލައް ދާން ތައްޔާރުވޭ. ޕާޓީ މަށާ ހަވާލުކޮށްފަ.

    9
    91
  2. ވކަރު

    ތިހެން ތިކަން ކޮއްފިޔާ އަހަރުމެންގެ ޕާޓީގެ މެޖޯރިޓީ ގެއްލޭނެ ދޯ

    21
    1
  3. ކޯލިޝަން

    ތި ލައިވް ކުރާކަށް ނުކެރޭނެ.. އޭރުން ބޮޑެތި ހުރިހާ އެންމެން ހުރިހާ ޕާރޓީއެއް ހަމަކޮށް ފައިބާނެ

    41
    1
  4. ހުސޭނުބޭ

    މިހާ ދުވަސްވަންދެން ހާމަނުކޮށް ތިއޮތީ ކީއްވެޔޯ! މިހާރުގެ ސަރުކާރުން ދޭ ލިސްޓަކު އޮންނަ ނަންތައް ކިޔައިލުމް ތިއޮއްބޮޑު ވައްކަން އަދީބަށް މާފުކޮށްދޭން މިހާރުގެ ސަރުކާރު ތައްޔާރަށް އޮތްކަން އެންމެނަށް އެނގޭ!

    72
    5
  5. އާމިނަ

    ޢަދީބަށް ތިކަންވެސް އޮޅުވާލުމެއް މަކަރެއް ނެތި ކުރެވޭނެ ކަމާމެދު ޝައްކު.އެނގިދާނެތާ .ކިޔާ އަޑު އިވޭވިއްޔަ އެމްޑީޕީ މީހުންނަށް ވެސް ބައި އެޅިކަމަށް.

    62
    2
  6. ނެރޭޓަރ

    އަދީބު: އެމްއެމްޕީއާރްސީގެ ހުރިހާ ފައިސާއެއް ދިޔައީ ޔާމީނުގެ އެކައުންޓަށް. ތިމަންނަ ހުވާ!
    ބޭންކް އޮފް މޯލްޑިވްސް: ޔާމީނުގެ އެކައުންޓަށް ފައިސާ ދިޔަކަމެއް ބޭނުްކުގެ ސިސްޓަމުން ފެންނާކަށް ނެތް.
    ކޮރަޕްޓްވެފައިވާ ތަހުގީގީ ކޯޓް: ބޭންކުން ދިން ހެކި ގަބޫލު ނުކުރެވޭނެ. އަދީބުގެ ބަހަކީ ތެދުބަސްފުޅެއް. އަދީބަކީ ދުވަހަކުވެސް ދޮގެއް ހަދާފައިނުވާ މައުސޫމެއް. އަދީބު މިނިވަން ކުރުމަށް ހުކުމް. ޔާމީނު 13 އަހަރަށް ޖަލަށްލާން ހުކުމް.
    އަދީބު: ????
    ރައްޔިތުން: ????

    28
    2
  7. ޔަގީން

    މިފަހަރު ސަލާމަތެއްނުވެވޭނެ

    2
    16
  8. ޢަލީރާޖާ

    މިހާރުއޮތީ އެއްބަސްވުންހަދާފަކަންއެންމެންނައްވެސްއެނގޭ ވަކިމީހެއްގެވާހަކަބުނަން އެކަމަކު ޝަރީޢަތުގަ ކުށައްއެއްބަސްވިގޮތައް ތިފައިސާގެންދިޔަ ހުރިހާމީހުންގެނަމާ ތަނާވެސް ރައްޔިތުންނައް އަންގާދޭންވީނު

    41
  9. އަހްމަދު

    އަދީބު ނައިބުރައީސްކަމަށް އަންނަން ތިފައިސާއިން ބޮޑުބައެއް އޭރުގެ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެޕީޖީލީޑަޜ އިބޫއަށްދިން.