ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިލަން މަސައްކަތް ކުރި ޓަގް ބޯޓާއި ގުޅޭ މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އަދީބު ފިލަން މަސައްކަތް ކުރި ޓަގް ބޯޓު ވަރްގޯ 9 އާއި ގުޅޭ މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ތަހުގީގެ ބޭނުމަށްޓަކައި އެ ބޯޓު ރާއްޖެ އައުމުން ހިފަހައްޓާ ދިނުމަށް އެދި ކަސްޓަމްގެ އަރިހުގައި ދެންނެވިފައިވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ޓަގް ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އެ ޓަގް ބޯޓުގައި އެތެެރެވުމަށް މަސައްކަތްކޮށްފައި ވަނީ އިންޑިއާއަށެވެ. އެހެން ނަމަވެސް އޭނާ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން އެ ބޯޓާއެކު އަދީބުވެސް ހިފެހެއްޓިއެވެ. އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކޮށްފައި ވަނީ އެ ބޯޓުގެ ކްރޫއެއްގެ ގޮތުގައެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އަދީބު އެ ބޯޓުގައި ހުރިކަން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައި ވަނީ އެ ބޯޓުގެ ކްރޫއެކެވެ.

އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އެގައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުންނެވީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނިހާނު

  އަދީބު ފުރުވާލުމުގެ އަޑީގާ ހުރީ ޔާމީނު. ޔާމީނު ބޭނުންވީ ހެކިތަށް ނައްތާލަން. ޔާމީނު ހައްޔަރުކުރޭ.

  10
  63
  • އަދުރޭ

   އަދީބު ފުރުވާލުމުގެ އަޑީގާ ތިބި ބޮޑުންނަކީ އިބޫ ސޯލިހު، އެމްސީ ހަމީދު، މާރިޔާ، އިމްރާނު. އިބޫ ބޭނުންވަނީ އެމްޑީޕީއިން އައްޔަންކޮށްފައިވާ މިނިސްޓަރުންގެ ކޮރަޕްޝަނުގެ ހެކިތަށް ނައްތާލަން. އިބޫ އިސްތިއުފާދީ. އަދީބު ރާއްޖެއިން ބޭރަށް ފިލުވީ މިސަރުކާރުން. އަދީބު ޖަލުން ދޫކުރީވެސް މިސަރުކާރުން. އަދީބަކީ ކުށެއްނެތް މީހެކޭވެސް ބުނީ ހަމަ މިސަރުކާރުން. ޔާމިނުގެ ސަރުކާރުގައި އަދީބަށް އެހީވީވެސް ހަމަ މިސަރުކާރުގެ ވެރިން. ޔުއަރ އެކިޔުސޭޝަންސް އާރ ވީކް!

   33
   3
  • ކެނެރީގޭ ގުންޑާ

   ބުއްޅަބެޔަށް އެއްމިލިޔަން ޑޮލަރު ދީގެން އެސޮރު ފިލަން ސަރުކާރުން އެއްބާރުލުން ދިނީ. ބޯޓުގެ ކަންތައް ހަމަޖެއްސީ ސަވާދު.

   31
   2
   • މޯދީ

    ކިހާ ދެރަ ކަމެއް ދެން ތިވާހަކަ ހުއްޓާލަބަލަ، ކެމްޕޭނަށް މަވެސް ހަރަދު ކުރިން އެކަމަކު މަދިޔައީމަ ހަދިޔާއަކަށްވެސް ދިނީ ޗައިނާގަ އުފައްދާފަވާ އެއްޗެއް.

    6
    7
 2. އަސްލަމް

  ކޮބާ މިސަރުކާރު ގެންނަން އަދީބުއަތުން އިބޫ ނެގި 40 މިލިއަން ޑޮލަރު..؟

  16
 3. ނަވާރަ

  މިހާރު ޔާމީނޭ ބުންޏަސް ޤަބޫލެއްނުކުރާނަން އެއީ ވަކިމީހެއްގެބޮލުގައަޅުވަން ސަރުކާރާއެކު އެއްބަސްވުންހަދާފައޮތީމަ އެހެންނޫންނަމަ ޤަބޫލުކުރީމުސް

  14
 4. ނޫރު

  ޓަގް ބޯޓްގެ ކުރޫވް ލިސްޓްގައިވާ އިންޑިއާގެ ބޯސަން ކަމަށްޖަހާފައިވާ މީހާއަކީ އިންޓަލިޖެންސް މީހަކަށްވުމީ ވަރަށް އެކަށީގެންވާކަމެއް، އޭނާ ކޮމިއުނޭޓްކުރިކަމަށްބެލެވެނީ ސެޓްލައިޓް ފޯނެއް ބޭނުންކޮށްގެންކަމަށްބެލެވޭ، ސަބަބަކީ
  ބޯސަނަކީ ޓަގްބޯޓްގެ ކޮމިއުނިކޭޝަން ބޭނުންކުރަން އިގޭނެމީހެއްނޫން، އަދި އެއީ ބޯޓްގެ2 އޮފިސަރުންފިޔަވާ އެހެންމީހަކަށް ބޭނުންކުރެވޭނެ އެއްޗަކަށްނުވުން..... މިކަމުގަމިކަމުގައި ވަރަށްބޮޑެތި ސިއްރުތަކެއްހުރެދާނެ.....

  16
  1
 5. ފައިރޫޒު

  އެނގޭ ތިހެންވާނެކަން. ޓަގުބޯޓުގެ މައްސަލައެއް ނޫން ތިޮބަލަނީކީ. ތި އުޅެނީ އެކަން ފަޅާއަރުވާލި މީހަކު ހޯދާ އެމީހަކަށް އަދަބުދޭން. ސަރުކާރުން އެހާ ސިއްރުން ކުރަން އުޅުނުކަމެއް ފްލޮޕްވީމާ ލަދުން ތިއުޅެނީ އެމީހާ ފްރޭމްކުރަން. މިނިސްޓަރ އޮފް ފްރޭމް އެފެއާޒް

 6. ނަސީދު

  އަދިވެސް މިގޯސްވީ ޓަގް މިޓަގް ބްރޯ ކުއްވެރިޔެއްނުވޭ. މިނޫނީ ގައުމެއް ނޯންނާނެ ކުއްކުރާ މީހުން ކުއްކުރިކަމައް އެއްބަސްވެއްޖިއްޔާ ސަލާމެތް ވަނީ ކުއްކުރިމީހާ އަދަބިލިބެނީ އަނެއްމީހާއައް ސަދޫމް އައްގޮސް ހުސްވެއްޖެ