މާލެ ސަރަހައްދުގައި ޓްކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ހަމަޖެއްސުމުން ހަޅުތާލު ކުރަން ކުރިން ޓެކްސީ ޑްރައިވަރުން ނިންމި ނަމަވެސް، މިހާރު އެކަން ނުކުރުމަށް ޓެކްސީ ޑްރައިވަރުން ނިންމައިފިއެވެ.

ބައެއް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ކުރިން ނިންމާފައި ވަނީ މާދަމާއެވެ. މާދަމާ އަކީ ޓެކްސީ ދަތުރުތަކުގެ އާ އަގަށް އަމަލު ކުރަން ފަށާ ދުވަހެވެ. އެހެން ނަމަވެސް އެކަން ނުކުރާނެ ކަަން މިހާރު ވަނީ ޑްރައިވާސް އެސޯސިއޭޝަނުން ބުނެފައެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޑްރައިވަރުން އިހުތިޖާޖަކަށް ދާން ނިންމާފައި ނުވާ ކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.

ކުރިންވެސް ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްފައި ވެއެވެ.

ޓެކްސީ ޑްރައިވަރުން އޭރު މުޒާހަަރާކޮށްފައި ވަނީ ބުރިޖް ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގާ ގުޅިގެނާއި ޕާކު ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެކަން މިނިސްޓްރީން ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްފައެވެ.

މާލެ ސަރަހައްދުގައި ކުރާ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އެންމެ ބޮޑު އަދަދަކީ 100 ރުފިޔާއެވެ. ބައެއް ޓެކްސީ ޑްރައިވަރުން ޑިކީއަށް އެއްޗެއް ލާނަމަ އިތުރަށް ޗާޖް ކުރެއެވެ. މާދަމާ އިން ފެށިގެން މި އަދަދު ކުޑަކޮށް، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ވަނީ ހަމަޖައްސާފައެވެ.

އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތު

    ކޮބާ ތަންދޮރު ނުދަންނަ ކިބުރުވެރިތައް ސައިޒު ވެއްޖެނު..؟! ރާކަނިމަސް ކެވިފަ މިހާރު ހުންނާނީ..! ކެކެކެކެ. މަރުހަބާ މިނިސްޓަރު ނަހުލާ.

    40
    6
  2. ޔާމިން

    ސާބަހޭނަހުލާ ޓެކްސީ ތިބެންޖެހޭނީ ސައިޒްވެފާ ދެންލަލަލާ

    26
    1
  3. ޔާމިން

    ދެންލަލަލާ

    11
    1
  4. ޓަގުބެ (އަދީބުރޯ)

    ރިސްވަތުހިފީ

    5
    3
  5. ނަހުލާ

    ނުކެރޭނެ ހަޅުތާލުކުރާކަށް ހަޅުތާލުކޮށްފިއްޔާ ގޮވާނީ އަތަށް
    ހަޅުތާލު ކުރިނަމަ އަހަރެންގެ ވިސްނުމުގަހުރީ ހުރިހާ ޓެކުސީތަކެއް ކެންސަލުކޮށްފަ (ޓެކްސީބޯޑް ބާޠިލްކޮށްފަ) ސަރުކާރުން މިހާރު ކަނޑައަޅާފަ މިއޮތް ރޭޓަށް ޓެކްސީ ކޮށްދޭނެ ފަރާތެއްހޯދުމަށް އިޢުލާނު ކޮށްގެން ފުރުސަތު ހުޅުވާލުމަށް

    21
    1
  6. ކިޔުންތެރިޔާ

    މަރުހަބާ ރަގަޅު ނިންމުމަކުން ނުބައެެއް ނުވާނެ
    2 ފަރާތް ހިތްހަމަޖެހޭ ވިޔަފާރީ ގައި ބަރަކާއްލައްވާނެ

    12