ހދ. ކުޅުދުއްފުށީގައި ވަގަށް ބަނބުކެޔޮ ކަނޑަން ގަހަށް އަރައި އުޅެނިކޮށް ގަހުގެ ގޮފިގަނޑަކާއެކު ވެއްޓި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިދިޔަ ހަފުތާ ތެރޭ ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ބަނބުކެޔޮ ގަހުން ވެއްޓި، އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ކުޅުދުއްފުށި ހޮސްޕިޓަލްގައެވެ.

އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވާ އިރު، އޭނާގެ މައިބަނދައަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެެވެ.

އޭނާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖިއެމް ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ވަގަށް ބަނބުކެޔޮ ކަނޑަން އުޅުނީ އެރަށު މީހެއްގެ ގެވަޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޢާޒު ލޯންގލީހާޓު

    ކެޔޮކެނޑީ ވަގަކަށްނޫން... ހުއްދަލިބުނު ގަސް އޮޅުނީ... ބޯޑު ބާދޭ ބެންޑަ އަދި އޮއްކޮ އަށް އެގޭނެ ހުއްދަ ލިބުނުކަން އައްބެމެން ކަންވީމަ ފިލީ

    14
    4