މާދަމާ އަކީ މާލެ ސަރަހައްދުގައި ޓެކްސީ ތަކުން އައު ގަވާއިދުގައިވާ އަގުތަކަށް އަމަލު ކުރަން ފަށަން ޖެހޭ ދުވަހެވެ. އައު އަގުތަކާއެކު ރައްޔިތުންނަށް އެތައް ގޮތަކުން އުފާވެރިކަން ގެނެސްދިން ނަމަވެސް، ބައެއް ޓެކްސީ ޑްރައިވަރުންނަށް އެ އަގުތައް ކަމަކު ނުދިޔައެވެ. އެ އަގުތަކަކީ މާ ކުޑަ އަގުތަކެއް ކަމަށާއި، އެ އަގުގެ ސަބަބުން ހަރަދުތައް ނުބެލެހެއްޓޭނެ ކަމަށް ބައެއް ޑްރައިވަރުން ވަނީ ބުނެފައެވެ. އަދި އެ ގަވާއިދަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ.

މިގޮތަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވާހަކަދައްކާފައިވަނިކޮށް މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން އަބްދުﷲ އިބްރާހިމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ވެސް ޑްރައިވަރުންގެ މައްސަލައެއް ނެތް ކަމަށެވެ.

އަބްދުﷲ އިބްރާހިމް ވިދާޅުވީ، މައްސަލައަކަށް ވަނީ ސަރުކާރުންވެސް އެންމެ ފުރަތަމަ ދެއްކި މީޓަރު ހަރުކުރާ ވާހަކަ ކަމަށާއި، އަދި މީގެ ކުރިން މަޝްވަރާ ވެސް ކުރެވުނީ އެކަމަށް ކަމަށްވެފައި، އެކަން ކުރުމުގެ ބަދަލުގައި ވަކި އަގުތަކެއް ކަނޑައެޅުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތައް ކުޑަކަމަށް ބުނެ ދިވެހި ޑްރައިވަރުގެ ޖަމިއްޔާގެ ނަމުގައި ހަތަރު ޓެކްސީ ސެންޓަރަކުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ފޮނުވާފައިވާ ސިޓީއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

އެ ސިޓީގައި ބުނެފައި ވަނީ މިނިސްޓްރީން އަގުތައް ކަނޑައަޅާފައި ވަނީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށް ކަމަށެވެ. "އިއުލާނުގައިވާ ޓެކްސީ ކުރުމުގެ އަގުތައް އަޅުގަނޑުމެންގެ ސެންޓަރުތަކުން ބަލައި ނުގަންނާނެކަމާއި އަދި މިއަގުތަކަށް އަމަލެއް ނުކުރާނެ ކަމުގައި އަދަބުވެރިކަމާއި އެކު ދަންނަވަމެވެ." ސިޓީގައި ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

ޑްރައިވަރުން ދަތުރު ކުރާނެ އަގުކަމަށް އެ ސިޓީގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކޮންމެ ދަތުރަކަށް 30 ރުފިޔާ، އެއާޕޯޓް ދަތުރުގެ އަގު ލަގެޖާ އެކު 120 ރުފިޔާ ހުޅުމާލޭ ފޭސް-1 އަށް 120 ރުފިޔާ އަދި ހުޅުމާލޭ ފޭސް-2 އަށް 150 ރުފިޔާއެވެ.

މިއީ މިހާރު މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުތަކެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރައިވަރުން ބުނީ، ޑްރައިވާސް އެސޯސިއޭޝަންގެ ނަމުގައި ދައުރުވަމުންދާ ސިޓީއަކީ ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެފަދަ ސިޓީއެއް އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި ސިވިލް ކޯޓަށް ވަގުތީ އަމުރެއް ހޯދަން އެދުނީ، ޓްރާންސްޕޯޓުން އެކުލަވާލި ގަވާއިދު ހަދާފައި ވަނީ ޑްރައިވަރުންނާއި، މަޝްވަރާކޮށްފައިކަަމަށް ބުނި ނަމަވެސް މަޝްވަރާނުކޮށް އެކަން ކުރުމުން ކަމަށް، މިއަދު ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރައިވަރުން ވަނީ ބުނެފައެެވެ.

އައު ގަވާއިދުގައިވާ އަގުތަކަށްވުރެ ބޮޑު އަގެއްގައި ޓެކްސީތަކުން ދަތުރު ކުރޭތޯ ބެލުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ތެދު

    ޓެކްސީ ޑްރައިވަރުންވެސް އުޅެނީ ރައްޔިތުން ދޮވެލަން ވިއްޔާ. މިހާރު އޮންނާނެ އެއްޗެއް ވިސްނިފަ

    112
    1
  2. ބޮކި

    ކޮބާ މިހާރު ތިބޭނީ ރަގަޅަވެސް ރާކަނި މަސް ކެވިފަ !

    59
    1
  3. Anonymous

    ޓެކްސީތަކުން ނަފާއެއް ނުވާވާހަކަ ދެއްކީމަ ގަބޫލެއް ނުކުރަން.ކާރުގެ ވެރިމީހާއަށް 500 ރުފިޔާ ދުވާލަކު ދޭގޮތަށް ކާރުދުއްވައިދޭ މީހުން ގިނައިންއުޅެނީ.ކާރަށް ގެއްލުމެއް ވެއްޖެނަމަ މަރާމާތުކުރަނީ ދުވާލަކު 500 ރުފިޔާ ލިބޭ ކާރުގެ ވެރިމީހާ.ޑްރައިވަރަށް ވެރިމީހާއަށް ދޭނެ 500 ލިބިފަ ޕެޓްްރޯލް އަޅަން 200 ލިބިފަ 800 ނުވަތަ 1000 ރުފިޔާ ލިބުނީމަ އެވީ ކާރުބާއްވާފަ ފައިބަން. ޕާޓްޓައިމް ޖޮބެއްގަ އުޅުމަށްވުރެވެސް ލުއިކޮށް.ހެނދުނު ސުކޫލްދަތުރާ އޮފީސް ދަތުރުތަށް ނިންމާލާފަ ކޮފީގަ ގަޑިއިރެއްވަރު ކޮށްލާފަ ދެންއަރާ މެންދުރުކާން ވާއިރަށް ހަރަދުކަނޑާ 1000 ވަރު ހުންނާނީ ހޯދާފަ.ގިނަކާރުތަކުގަ ދެ މީހުން އުޅޭނެ އެކަކު ފޭބީމަ އަނެކަކު އަރާގޮތަށް.މި ދެމީހުންވެސް އެމީހުންގެ އާއިލާއަށް ހަރަދުކުރަނީ ހަމަ ކާރުދުއްވައިގެން ދެންކިހިނެއް އެއްޗެއްނުލިބޭޔޭ ބުނީމަ ގަބޫލުކުރާނީ.އަނެއްކާ ލަންބަރގިނީކާރުގަ ޓެކްސީކުރަން ވިސްނާނީވެސް އެކާރުދުއްވައިގެން ނަފާއެއް ލިބޭނެކަމަށް ވާތީނޫންތަ؟އެއަށްވުރެ އަގުހެޔޮ ކާރެއްވެސް ޓެކްސީއަކަށް ހަމަ ކަމުދާނެދޯ؟ކަންނެލި އޮޑިއެއް ދުއްވަންޏާ ވާވެލާވެލި އަދި ބުޅިކަންވާރު ހޯދަންޖެހޭނެ ކާރުދުއްވަންޏާ މަރާމާތުކުރަންވެސް ޖެހޭނެކަން އެނގިތިބެ ނޫންތަ

    46
    1
  4. ސަޓޯ

    އޭތިވީ ކިހިނެއް.. ޓެކްސީތަކުގެ ޓެކުސް ކަނޑާލީތަ ؟؟

    30
  5. ޓަގުބެ (އަދީބުރޯ)

    ރިސްވަތޭ ރިސްވަތޭ ހަމަހިފީ

    24
    2
  6. ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުން

    މިއޮތީ ވިންކޮށްފަ... ދެންއަތްޖަހާ...

    29
    3
  7. ޟ

    ސަރުކަާރުން ޑީލެއް ހެދީ ދުވަސް ކޮޅަކުން އަގު ބޮޑު ކޮއްދޭނަމޭ ބުނި. މިއީ ކައުންސިލް އިނތިހާބަށް ޖެހި މަޅި އެއް ބަލަން ތިބޭތި.

    35
    8
  8. ކަނބުލޮ

    ށސަރުކާރުންވެސް ފުލެޓުތަކުގެ އަގުތައްވެސް ތިރިކުރަން ފެނޭ

    26
    1
  9. މޫސަ

    ގަޓު ހުރިކަމަށް ހެދިގެން އުޅުނު ޓެކުސީ ޑުރައިވަރުން އަންހެނުނެއްގެ ކުރިމަތީގައި ސައިޒަށް ތިރިވެއްޖެ. ސާބަސް މިނިސްޓަރ ނަހުލާ.

    50
    1
  10. ސަޅި

    އެއީ މިސަރުކާރުގެ މޮޅުކަން. ހިންގާ ސިޔާސަތުގެ ހަރުދަނާކަން. އެމީހުން ރުއްސައިގެން ކަންކަން ރަނގަޅު އެކޮށްލީ

    19
    43
  11. ނަގޫރޯޅި

    އެމީހުން މިސަރުކާރައްވުރެ ބޯރަނގަޅު. ގޮތްދޫކުރީ މީޓަރ ހަރުކުރަން ސަރުކާރުންއެއްބަސް ވީމަ. މީޓަރ ހަރުކުރީ އެމީހުންނައް މޮޅު، މިކާރުބާރު ބޮޑު މާލޭގަ އެއްތަނުން އަނެއްތަނައްދާން ލައްކަވުގުތުދެ. މީޓަރ އިންނާނީޖެހިފަ، ކިތަންމެ އިރެއްވިޔަސް އެމީހުންނައްކީއް ރަނގަޅީވެސް ދެން ބޮޑައް މަގުތައް ތޮއްޖެހިފައޮތީޔާ.

  12. ނަޝީދު

    ވައްތަރު ޖެއްސުމުގެ ބަދަލުގައި ރީތިކޮއް ޖަޒީރާ ދިރިއުޅުމުގައި ދަތުރު ފަތުރު ތަކުން ދިވެހިން އަތް ފޯރާ ފަޝައް ގެނުއުމަކީ އަޅުގަންޑުމެންގެ އެދުން މިކަން މިކުރެވުނު ގޮތާމެދު ސަރުކާރުން ހިން ހަމަޖެހޭ ކުރިޔައް އޮތް ތަނުގައި މިއަގައް ހޮޔޮ ކުރެވެން ޖެހޭނެކަމަށް ދެކެން ނޫނީ ޓެކުސީ އުވާލާ އެފެންވަރުގެ ނުވަތަ އެއައްވުރެ ފުޅާ އަގު ހެޔޮ އެހެން ބުަރޭންޑެއް ތަޢާރަފު ކުރަން ވިސް ނަން # ރައްޔަތުން ގެ އުފާވެރިކަން ރައްޔަރުންގެ ތާހިރު ދިރި އުޅުން

  13. ާއަލީ

    ޢަންނިގެ ލޭބޮއިފަ ތިބި މީހުން މިސަރުކާރުން ކުރާކޮންމެ ކަމެއްއޯކޭވާނެ

  14. ީޔުފތ

    ދެން ޓެޖްސީ ސެންޓަރަކަށް ނުގުޅާނަން
    ތިހާ މުޑުދާރުވީމާ ބަލައެއް ނުގަނެވޭނެ.

  15. ހައި

    ވަރަށް ރަނގަޅު ބަދަލެއް މި ގެނެވުނީ. އުފާކުރަން.. ހިތަށް އެރި ގޮތަކަށް ކަންތައްތައް ނުވާނެކަން މިއިން އިނގެނީ.. އަދި ޓެކްސީ މިހާ ބައިވަރު ތިބޭ އިރު ޓެކްސީ ގަނޑެއް ލިބޭނީވެސް އެހާ އުނދަގުލުން. ދުވަހަށް ބޭނުންވާ ވަރު ހަމަކޮށްފައި މަގުމަތީ ކޮންމެވެސް ދިމާލެއްގައި ޕާކުކޮށްފައި ގޮސް ތިބޭނީ ނިދަން. ވަރަށް ޒިންމާދާރު މަކަރުވެރި ބައެއް މިއީ. އަދި ބައެއް ޓެކްސީ ޑްރައިވަރުން ވަރަށް ރޫޑް ވާނެ މީހުނަށް.

  16. ބަރުގޮނު

    މިފަހަރު ތަމްސީލުވެ މިދިޔައީ ރަޢިއްޔަތުންގެ ބާރު. ޓެކްސީ ޑްރައިވަރުން ގެ ގޮތުގައި މަސައްކަތްކުރާ މީސްކޮޅުގެ އަޑަށްވުރެ ބޮޑަށް ރަޢިއްޔަތުންގެ އަޑަށް ސަރުކާރުން ކަންފަތް ދެއްވިކަމީ ވަރަށް ވިސްނުންތެރިކަމާއެކު ސަރުކާރުން ކުރެއްވި މޮޅުކަމެއް. ބަޔަކު މާބޮޑަށް ބޮޑާވެގެންފިނަމަ އެބަޔަކު ބިމަށް ތިރިވާނެ ދުވަސް ވަރަށް ގާތްވާނެ. މަގުމަތިން އަތްނެގުމުން ހުއްޓާފާމެ ދާން ބޭނުންވާ ތަން ބުނީމާ ބޯ ހޫރާލާފައި ދިއުން.. ޓެކްސީ ބޯޑްގައި ފެހިއަލި ބަހައްޓާގެން ހުސް ޓެކްސީ އަންނަނިކޮށް މީހަކު އަތް ނެގުމުން ކުއްލިއަކަށް ރަތް އައްޔަށް ބަދަލު ކޮއްލުން ފަދަ ބޮޑާ ޢަމަލުތައް މިހާރުއްސުރެ ހުއްޓާލުން ރަގަޅު.

    1
    2