މާލޭ މަގުމަތީގައި ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ފުލުސް މީހާއަށް ހަމަލާދީފައި ވަނީ، އާދިއްތަ ދުވަހު 14:00 ހާއިރު ކެނެރީ މަގުން ވަންވޭ އިދިކޮޅަށް ސައިކަލެއްގައިދިޔަ ބަޔަކު ހުއްޓުވަން ފުލުސް މީހާ މަސައްކަތް ކުރުމުން އެސައިކަލުގައި ތިބި ދެމީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ގުޅިގެން މިހާތަނަށް ފުލުހުންވަނީ ދެމީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައި ވަނީ ދެ ދިވެހިންނެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އޭނާގެ އުމުރަކީ 32 އަހަރެވެ. ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. އޭނާގެ އުމުރަކީ 36 އަހަރެވެ.
ފުލުހުން ވިދާޅުވީ ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
ހައްޔަރުކުރި ދެމީހުންތެރޭ މައިމޫނު ކިޔާ މީހަކު ނުވޭތަ؟
ފުލުހުންގެ ޑިސިޕްލިން ނެތިއްޔާ ތަޅަންވެސްތަޅާނެ
ފުލުހަކަށް ހަމަލާދިނީމަ ވަގުތުން ހައްޔަރުވެސް ކުރެވިއްޖެ...
އާންމުންގެ މުދަލާ ލެޔާ ފޭރެމުންދާ އިރު އެއީ ކޮން މައެއްކަންވެސް ނުހޯދޭ....
މަރުހަބާކިޔަން އެކަމަކު މަސް އަލަޔަކީ މާދަމާ އަނެއްކާ ތިޔަމީހާ މިނިވަން ކަމާއެކު އަނެއްކާ ތިޔަ ފުލުސް މީހާޔާހަމަލަ ދީފާނެތީ އަދަބުލިބެންޖެހޭނެ ނޫނީ ކުއްތަކުރާރުވާނީ މިހާތަނަ ފެނިގެން ގޮސްސަ ހުރީ އެމަންޒަރު މީހިތާމަޔަކީ ފުލުހުންނަށް ސިފައިންނަށް އިހުތިރާމް ކުރަން ޖެހޭނެ މިހާރު ފެންނަނީ ހައްދުފަހަނަ އަޅަފައިވާ މަންޒަރު އެމީހާކާ އެމީހެއް
މީހަކު ފޮންއެއް ވަގަނަގަިގެން އެކަމަކު ކެމެރާއެއްނެތިގެން ވަގުކަލޭގެ ނުހޯދުނުކަމަ ބުނާ މަގުތީ... ކިހިނެި ބާތިމީހުން ހޯދައިގަތީ؟
އެއްކަލަ މައެމޫން ކިޔާ ސޮރު އެބަ އުޅޭތަ ތިކަމުގައި އޭނަ ހައްޔަރުކުރޭ ފަހަތުގަ އަޅުވައިގެން ބަލާވެރިކަމެއް މަށައް ބޮޑުއުނދަގުލެއް
ފުލުހުން ގެ ކަންތަން ބޮއްސުން ލާފަ ހުރީ. ޢެމީހުން އެބަދޭ ދުވާލު ލޯކަލް މާރކެޓަށް ބިދޭސީ ސޭޓުން ތިބޭ ތޯ ބަލާ ހިފާ ހައްޔަރު ކުރާން. ޙަވީރު ޑިއުޓީ ނިންމާފަ ފުލުސް މީހާ ގެ ރަށުން ގެންނަ މިރުހާ ރިހާކުރު ހިފައިގެން ހަމަ އެބިދޭސީ ސޭޓު ކައިރި އަށް ކިލޯ ޢެއް 500ރ އަށޭ ކިޔަމުން އެބަ ދޭ.
ހެހެހެހެ ގަންޖާފޯސް ތަފާތުވާނެ.
އަވަހަށް ތިޔަ ދެމީހުންވެސް ދޫކޮށްލާފަ ކޮންމެވެސް މިނިސްޓްރީއެއްގެ އެގްޒެކެޓިވް ޑައިރެކްޓަރކަން ދީ.....!!!